ގަވަރނަރު ހުދޫދު ތެރޭގައި ބެހެއްޓުމަށް ސްޓާރލިންގެ އިންޒާރު

Loading

July 4, 2023
profile
Facebook
Twitter
WhatsApp


ދަ ހިންދޫ ނޫހުގެ ފުރަތަމަ ސަފްޙާއިން ފާހަގަކުރެވުނު އެންމެ ފަލަ އެއް ސުރުޚީއަކީ ޓެމިލްނާޑޫ އަށް މަރުކަޒީ ސަރުކާރުން ކަނޑައޅުއްވާފައިވާ ގަވަރނަރު އެމަނިކުފާނުގެ ހުދޫދުތެރޭގައި ބެހެއްޓުމަށް އެ ސްޓޭޓުގެ ޗީފްމިނިސްޓަރ މަރުކަޒީ ސަރުކާރަށް އިންޒާރު ދެއްވި ޚަބަރެވެ.

ޗީފް މިނިސްޓަރުގެ އިންޒާރުގައި ގަވަރނަރ އާރ. އެން. ރަވީ ހުދޫދުގެތެރޭގައި ނުބަހައްޓަވައިފި ނަމަ ދެން މަރުކަޒީ ސަރުކާރަށް ޖެހިވަޑައި ގަންނަވާނީ ތަމަޅައިންގެ ރުޅިވެރިކަމާ ކުރިމަތި ލައްވާށެވެ. އަދި ބީ ޖޭ ޕީ އާއި ދެކޮޅަށް ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޑީ. އެމް. ކޭ. ގެ ވަޒީރަކުގެ އަޑުކަނޑުވާލުމަށް ސެންޓްރަލް އޭޖެންސީތައް ބޭނުންކޮށްގެން މަރުކަޒީ ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ސުވާލު އުފެދިގެންއުޅޭ ވަޒީރު ސެންތިލް ބާލާޖީއާއި މެދު އުފެދިފައިވާ މަނީ ލޯންޑްރިންގެ ތުޙުމަތުގައި ވަގުތީގޮތުން އެއްފަރާތް ކޮށްފައިވަނިކޮށް ގަވަރނަރު އަމިއްލައަކަށް ވަޒީރު ސެންތިލް ބާލާޖީ މަގާމުން ދުރުކުރުމާގުޅިގެން ދަ ހިންދޫއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޗީފްމިނިސްޓަރ ވިދާޅުވީ ގަވަރނަރު ރަވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ބީ ޖޭ ޕީ ގެ ސިޔާސަތާ އެއްގޮތަށެވެ. 

އަދި އެ މައްސަލާގައި އެންފޯސްމެންޓް ޑިރެކްޓްރޭޓުން މިނިސްޓަރ ބާލާޖީ ހައްޔަރު ކޮށްފައިވީ ނަމަވެސް އެބޭފުޅާގެ ދިފާއުގައި ސްޓާރލިން ވިދާޅުވީ މަރުކަޒީ ސަރުކާރުގެ ބައެއް ވަޒީރުންގެ އެފަދަ މައްސަލަތައް ނުހިންގާ ބޭއްވުމަށްފަހު ބާލާޖީގެ މައްސަލާގައިއެހެންގޮތަކަށް ކަންތައް ކުރަމުންގެންދާތީ އަޚްލާގީ މިންގަނޑަކީ އެއްކޮޅަށް ދުއްވާ މަގަކަށް ނުހެދޭނެ ކަމަށެވެ. 

ބީ ޖޭ ޕީ ސަރުކާރުން އެންފޯސްމެންޓް ޑިރެކްޓްރޭޓްގެ ގޮފިތައް ބޭނުންކޮށްގެން ސިޔާސީ ދެކޮޅުވެރިންނާއި ދިމާކުރަމުން ގެންދާތީ އަހަރެންވެސް މިހުންނަނީ އަހަރެންދެކޭ އެންމެ ރަނގަޅުގޮތުގައެވެ. އަދި ގަވަރނަރުގެ މަގާމަކީ އެއްވެސް ބޭނުމެއްނެތް ބޭކާރު އެއްޗެއް ކަމަށާއި އެހެންނަމަވެސް ގަވަރނަރ ރަވީ ކަންތައް ކުރައްވާފައި ވަނީ މި ސްޓޭޓުގެ ސަރުކާރު ހިންގުމަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށްވެސް ވިދާޅުވެ ތަމަޅައިންނާއި ދޭތެރޭ އަވަސްއަރުވާލައިގެން ކުޅިވަރުކުޅެން ނޫޅުއްވުމަށް ވިދާޅުވިއެވެ.                                                            

މިނިސްޓަރ މަގާމުން ދުރުވުރެއްވި ސިޓީގައި ގަވަރނަރުގެ ބައިވެރިވުމެއް ނެތްކަމަށާއި އެއީ ބަންޑާރަ ނައިބުގެ ލަފާފުޅެއް ހޯދުމަށް މަރުކަޒީ ސަރުކާރުގެ ދާޚިލީ ވަޒީރު ދެއްވާފައިވާ މަޝްވަރާގެ މަތިން ނިންމަވާފައިވާ ނިންމެވުމެއް ކަމަށް އެނގޭއިރު މިނިސްޓަރ ސެންތިލް ބާލާޖީ މަގާމުން ދުރުކުރުމުގައި ގަވަރނަރުގެ އަތެއްވާކަމަށް ތުޙުމަތު ކުރެއްވީ ކިއްވެގެންތޯ ސުވާލު ދެންނެވުމުން ސްޓާރލިން ވިދާޅުވީ ގަވަރުނަރަކީ ސްޓޭޓް ސަރުކާރުތަކަށް ވަޒީރުން އައްޔަންކޮށް އެމީހުން މަގާމުން ވަކިކުރުމުގެ ބާރު ލިބިދީފައިވާ މަގާމެއް ނޫންކަމަށާއި މަރުކަޒީ ސަރުކާރުން އެބޭފުޅާގެ ހުދޫދުތެރޭގައި ނުބަހައްޓަވައިފި ނަމަ ދެން ޖެހިވަޑައިގަންނަވާނީ ތަމަޅައިންގެ ރުޅިވެރިކަމާ ކުރިމަތި ލައްވާން ކަމަށެވެ.                                                

ޓެމިލްނާޑުގެ ސަރުކާރުން ގަވަރނަރާ ދޭތެރޭ ހިތްހަމަ ނުޖެހުންތަކެއް އުފެދިފައިވާއިރު ގަވަރނަރާއިއެކު އިތުރަށް ކުރިއަށް ދެވިދާނެ ގޮތެއް އެބައޮތްތޯ ނުވަތަ ބޭނުންފުޅުވަނީ އެހެން ގަވަރނަރެއްތޯ އެހެން ސުވާލެއްގައި ދެންނެވުމުން ޖަވާބުގައި ސްޓާރލިން ވިދާޅުވީ މިއުޅެނީ ހަމައެކަނި ގަވަރނަރ ރަވީގެ މައްސަލައެއް ނޫން ކަމަށާއި އަހަރެމެންނަށް ގަވަރނަރަކު ބޭނުމެއްނުވެއެވެ.    

Loading

Leave a Reply

ފަހުގެ އަޕްޑޭޓް