ޒަޕޯރިންޒިއާ ނިއުކްލިއަރ ޕްލާންޓް ރަޝިޔާއިން ގޮއްވާލާފާނެ

Loading

Facebook
Twitter
WhatsApp

ސްޕޭނުގެ މީޑިއާއަށް ދެއްވި ބަސްދީ ގަތުމެއްގައި ޔޫކުރެއިންގެ ޒަޕޯރިއިޝާ ނިއުކްލިއަރ ޕަވަރޕްލާންޓް ޔޫކްރެއިނާ ޙަވާލުކުރުމަށްފަހު ރިމޯޓުން އެތަން ގޮއްވާލަން ރަޝިޔާއިން ރާވަމުން ގެންދާކަން އެނގިވަޑައިގެންފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ރަޝިޔާއިން މިހާރު ބަލަމުން ގެންދަނީ އެތަން ގޮއްވާލާނެ ވަގުތަކާއި ގޮތަކާ ދޭތެރޭކަން އަހަރެމެންނަށް އޮތީ އެނގިފައެވެ. އަދި އެތަން ގޮއްވާލާނީ ޔޫކްރެއިނާ ޙަވާލުކުރުމަށް ފަހުގައި ކަމަށާއި ގޮއްވާލުމުގެ ބޭނުމަކީ އިންސާނުންނަށް ނުރައްކާތެރި ވިހަ ކެމިކަލެއް ޖައްވު ތެރެއަށް ފަތުރާލުން ކަންވެސް ވަނީ ކަށަވަރު ވެފައެވެ.    

އެ ޕަވަރޕްލާންޓް އަހަރެމެންނާއި ޙަވާލުކުރުމުގެ ކުރިން ބައިނަލްއަގްވާމީ ޙަކަތައާއި ބެހޭ އިދާރާއިން އެތަނުގެ ހުރިހާއެއްޗެއް ރަނގަޅަށް ބަލާ ޗެކްކުރަން ޖެހޭނެއެވެ. އަދި ރަޝިޔާގެ ރޭވުން އަހަރެމެންނަށް އެނގޭކަން ވެސް އަންގަންޖެހޭނެއެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިޔަނުންނަކީ މުޅި ދުނިޔެއަށްވެސް ނުރައްކާތެރި ބައެކެވެ. ރަޝިޔާގެ މަގްސަދަކީ އެ ނިއުކްލިއަރ ޕްލާންޓް ގޮއްވާލުމަށް ފަހު މިހާރު ހިގަމުންދާ ހަނގުރާމަ ފްރީޒް ކޮށްލައިގެން ރަޝިޔާގެ ލަޝްކަރުތައް އިތުރަށް ވަރުގަދަ ކުރުމުގެ ފުރުސަތު ހޯދުން ކަމަށްވެސް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާއިން ބުނާގޮތުގައި އެކަން އެގޮތަށް ޔޫކުރެއިން ކޮށްފާ ރަޝީޔާގެ މަތިއެޅުވުމަކީ ޒެލެންސްކީގެ މަގުސަދުކަމުގައެވެ.   

ޔޫކްރެއިންގެ ނޭޝަނަލް ސެކިއުރިޓީއާއި ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ އޯލެކްސީ ޑެނިލޯވް ވިދާޅުވީ ތަހުޒީބު ޒަމާނެއްގައި ރަޝިޔާއިން އެފަދަ ޙަމަލާއެއް ދީފިނަމަ ބެލެވޭނީ އާންމު ރައްޔިތުންނަށް ދެވޭ ނިއުކްލިއަރ ޙމަލާއެއްގެ ގޮތުގައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް