އިދިކޮޅު ކޯލިޝަނުން ތިބީ ”އިންޑިއާ އައުޓް“ ގޮވުން ހުއްޓައިލާ ގޮތަކަށް ނޫން

Loading

Facebook
Twitter
WhatsApp

ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އުފައްދާ ސިޔާސީ ޕާޓީ, “ދަ ޑިމޮކްރެޓްސް“ އިން ވަކި ގޮތަކަށް ބުނުމަކީ ޕީޕީއެމް/ޕީއެންސީން ހިންގަމުންދާ ހަރަކާތެއް ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ.

ދަ ޑިމޮކްރެޓްސްއާ އިދިކޮޅު ކޯލިޝަން ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ފަށާފައިވާއިރު މިދިޔަ ޢީދު ދުވަހު އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ ހަރަކާތެއްގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މޫނު ސިފަވާ ގޮތަށް ހަދާފައިވާ މޫނުމަތިތައް އަޅައިގެން ”އިންޑިއާ އައުޓް“ ގޮވައި އަޑުއުފުލައިފައެވެ.

އެ ހަރަކާތް ކުރިއަށްދިޔަ ނަމަވެސް ޑިމޮކްރެޓްސްއިން އިއްޔެ ވަނީ އިދިކޮޅު ކޯލިޝަނާއެކު ތިންވަނަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޑިމޮކްރެޓްސްގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ވިދާޅުވީ އިންޑިއާ އައުޓްފަދަ ޝިއާރުތައް ބޭނުންކޮށްގެން ހަރަކާތްތައް ހިންގާ އެއްވެސް ޕާޓީއަކާއެކު މަސައްކަތް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ޕާޓީއަކާއެކު މަސައްކަތް ކުރަން ދަތިވާނެ ކަމަށެވެ.

ޢަބްދުއްރަޙީމް މިއަދު ވިދާޅުވީ “އިންޑިއާ އައުޓް“ ކަމަށްވިޔަސް އަދި އެހެން ކަމެއް ކަމަށް ވިޔަސް އެކަމެއް ހުއްޓާލާނާމަ ހުއްޓާލާނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މަޝްވަރާއާ އެކީގައި ކަމަށެވެ.

“އިންޑިއާ އައުޓު ކަމަށް ވިޔަސް އަދި އެހެން އެއްޗެއް ކަމަށް ވިޔަސް އެކަމެއް އަޅުގަނޑުމެން ހުއްޓާލަންޏާ ހުއްޓާލާނީ އަޅުގަނޑުމެންގެ ރައީސްގެ މަޝްވަރާއާ އެކީގައި. ރައީސް ދެއްވާ ލަފާފުޅަކާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން.“

ޢަބްދުއްރަޙީމް ވިދާޅުވީ ޑިމޮކްރެޓްސްއިން ވަކި ގޮތަކަށް ބުނުމަކީ އިދިކޮޅުން ހިންގަމުންދާ ހަރަކާތެއް ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް