ކަޅުފޮއި ކަޅުއަނދިރިއޭ އުންމީދުގެ ބައްތިއޭ!

Loading

Facebook
Twitter
WhatsApp

ފައިހިލަވަޅުއޮބިއްޖޭ ކަޅުފޮއިކަޅު އަނދިރިއޭ

ޣައިބުންކީ އަޑުއެހީމޭ އޭ ޣާފިލުވެފަތިބިކަތުންނޭ

ހޭލާށޭ ހޭލާށޭ އުމުރުގެ ތަށިހުސްވާނޭ

އިންދާށޭ ހައްދާށޭ އުންމީދުން ފެންދޭށޭ

ކުޅެދުންތެރި ރައްބުގެ ނިޢުމަތުގައި

ފިކުރާނުވެދާ އަސަރުން ދުރުވާށޭ

މާޒީގެހަނދާން އާވަންޏާ ވާށޭ

ދިރިހުރުމުގެބައްތިން އަލިކޮށްދޭށޭ

މަގުގެއްލި ނުދާނީ އޭރުން ނޭ

ފިކުރާނުވެދާ އަސަރުން ދުރުވާށޭ

ފާގަތިކަން ހޯދުން ގޯހެއް ނޫނޭ

އަދުނޫން މާދަންނޭ ނުކިޔާށޭ

މާފަތި އަޅުވާނެ ބަޔަކު އަޅުވާނޭ

ހުރިހައި ކަމަކަށް ކޮސްނުގޮވާށޭ

މާދަމާއެއް ނެތްކަން ދަންނާށެ

ލާ ފެންނުވަނީސް ބޮމަކަނދު ނުދެމޭނޭ

ވާދަވެރީން މާ ބައްޔޭ ހިތުނާޅާށޭ

ކަންނެތް ނިންޖެއް ނުނިދައި ހޭލާށޭ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް