އިންޑިއާގެ ހުރިހާ ރައްޔިތުންނަށް އެއްގާނޫނެއް ހަދަން ޓެމިލްނާޑޫ ދެކޮޅު

Loading

Facebook
Twitter
WhatsApp

ދަ ހިންދޫ ބިއުރޯ އިން ހުކުރުދުވަހު ޚަބަރުދީފައިވާ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރުނަރެންދުރަ މޯދީގެ މަގްސަދަކީ ހުރިހާރައްޔިތުން ތަބާވާންޖެހޭ ގާނޫނެއް (ޔުނިފައިޑް ސިވިލް ކޯޑެއް) އުފަންކޮށްގެން ގައުމުގައި އިޖްތިމާއީ ދެކޮޅުވެރިކަމާއި ފިތުނަފަސާދަ އުފައްދައިގެން މިއަންނަ އަހަރު ބޭއްވޭ ލޮކް ސަބާގެ އިލެކްޝަން ކާމިޔާބު ކުރެއްވުން ކަމަށް ތުޙުމަތު ކުރައްވައި ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރ ސްޓާރލިން ފާޑުވިދާޅުވެއްޖެއެވެ.

މި ގައުމުގައި ތަފާތު ދީންތަކާއި ތަފާތު މަޒުހަބުތަކަށް ތަފާތު ގާނޫނު އޮވެގެން މި ގައުމު ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވުމުގެ ބޭނުމަކީ މި ގައުމުގައި ދިރިއުޅެމުން ގެންދާ ތަފާތު ދީންތަކާއި މަޒުހަބުތަކާއި ނަސްލުތަކުގެ ރައްޔިތުންގެ މެދުގައި ދެކޮޅުވެރިކަމާއި ލޭއޮހޮރުން އުފައްދައި ގާނޫނާއި ގަވައިދުތައް ތަންފީޒު ނުކުރެވޭނެ ޙާލަތެއް ގާއިމު ކުރުމެވެ.

ބޮޑުވަޒީރު މޯދީ ހީފުޅު ކުރައްވަނީ އެފަދަ މާޙައުލެއް އުފައްދައިގެން އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމަށްހެއްޔެވެ؟ ހަމަހިލާ މިގައުމުގެ ރައްޔިތުން އެކަމަށް ފުރުސަތު ނުދޭނެކަން އަހަރެންނަށް ޔަގީނެވެ. ޗީފް މިނިސްޓަރ ވިދާޅުވިއެވެ.                                         

އެމަނިކުފާނު ރައްޔިތުންނަށް ގޮވާލެއްވީ ޑްރާވިޑިއަން ސިޔާސަތުގެ މައްޗަށް ބިނާކުރެވޭ މައިސަރުކާރެއް އުފެއްދުމަށް ބާރު އެޅުމަށެވެ. ޑީ. އެމް. ކޭ.ސަރުކާރަކަށް ތަމަޅައިން ވޯޓުދީފިނަމަ މުއްސަނދި ވެގެންދާނީ ކަރުނާނިދީގެ ޢާއިލާ ކަމަށް ބޮޑުވަޒީރު މޯދީ ފާޑުވިދާޅުވުން އެއަށް ރައްދު ދެއްވައި ސްޓާލިން ވިދާޅުވީ ތަމަޅަ ނަސްލަކީ ކަރުނާނިދީގެ ޢާއިލާ ކަމަށާއި ފާއިތުވެގެންމިދާ 50 އަހަރުދުވަހުގެ ތެރޭގައި ޓެމިލް ނާޑޫގައި ވެރިކަންކުރަމުން މިގެންދަނީ ޑްރާވިޑިއަން ފަލްސަފާގައި ކަމަށާއި ޓެމިލް ނާޑޫން ހޯދާފައިވާ ކާމިޔާބީތައް މޯދީ ދެކިވަޑައިގަތުމަށް އިލްތިމާސް ކުރެއްވިއެވެ.

  ޓެމިލް ނާޑު ޗީފްމިނިސްޓަރ ސްޓާލިން ސިންގަޕޯތް އެންވޯއި އާއި ބައްދަލު ކުރައްވަނީ : 

ޗީފް މިނިސްޓަރ ސްޓާލިންގެ ވާހަކަފުޅު ކުރިއަށް ގެންދަވމުން ވިދާޅުވީ ޓެމިލް ނާޑޫގެ ރައްޔިތުންނަކީ އެއް އާއިލާއެއް ކަމަށާއި އެމީހުންގެ އެއްބައިވަންތަ ކަމާއި އަދި އުފެދިފައިވާ ދެބަސްވުން ތައްވެސް ޙައްލުކުރާނީ އެކުގައި އިށީންދެ ތިބެގެންނެވެ. 

ވެރިންނާއި ރައްޔިތުން އަދި ބޭނުންވެއްޖެއްޔާ އެމީހުންގެ ދަރިންވެސް ބައިވެރިކޮށްގެންނެވެ. އަހަރެމެން ކައިބޮއި ހަދާނީ އެކުގައެކެވެ. ކައިބޮއި ހަދާނީ އެކައްޗެކެވެ. މަސައްކަތް ކުރަމުން ގެންދާނީ ތަފާތު ކުރުންތައް ނެތިކުރުމަށެވެ.                                    

އެއްވެފައިވާ މީހުންނަށް މުޚާތަބު ކުރައްވައި ސްޓާލިން ވިދާޅުވީ ޑީ އެމް ކޭ ވުޖޫދު ކުރެއްވި ބާނީ އަންނާދުރައި ރައްޔިތުންނާ މުޚާތަބު ކުރައްވަނީ ތަމްބީ ( ކޮއްކޮ ) އަދި  ކަރުނާނިދީ ބޭނުންފުޅު ކުރެއްވީ އުޑަންޕިރައްޕު (އެއްބަނޑު އެއްބަފާ މީހުން) މި މޭރުމުންކަން ނޭގޭ މީހަކު ޓެމިލްނާޑޫ ގައި ނުހުންނާނެއެވެ.

ވީމާ ބައިބައިކޮށް ފިތުނަ އުފައްދައިގެން ވެރިކަން ކުރެއްވުމުގެ ފަލްސަފާ ދޫކޮށްލެއްވުމަށް އޭނާ ބޮޑުވަޒީރު މޯދީގެ އަރިިހުން އެދިވަޑައިގަތެވެ.       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް