ދިވެހި އަންހެނަކު ގެއްލިގެން ހޯދަނީ

Loading

Facebook
Twitter
WhatsApp

ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މ.އާޒާދީގުލްޝަން / އާޠިފާ ޢަބްދުﷲ (53އ) ގެއްލުނީ އިއްޔެގައެވެ.

އޭނާ ގެއްލިފައިވާ ކަމަށް މިއަދު 10:25 ހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން ރޭ 22:45 ހާއިރުއެވެ. އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމަކާއި އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެކެވެ.

ފުލުހުން ވަނީ އާޠިފާ ޢަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

Loading

One Response

  1. ތީ ކޮންމެވެސް ފުރެންޑް ގެއަކަށް ޢީދު މަޖާކޮށްލަން ދާނީ. ގިނައިން ވަނީ އެހެނެވެ. ދެން 2 ދުވަހެއް ފަހުން އިވޭނީ ފެނުނު ޚަބަރެއް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް