މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ދެ މީހަކު ނިޔާވެއްޖެއެވެ.
ދިވެހި ޙައްޖާޖީއަކު ގެއްލިގެން ހޯދަމުން އަންނަތާ 4 ދުވަސް ފަހުން ނޫރު ފަރުބަދަ ކައިރީގައި ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ.
ނިޔާވެފައި އޮއްވާ ފެނުނީ އަލްހަރަމައިން ހައްޖު އުމްރާ ގުރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ ރ.މާކުރަތު އުމުރުން 72 އަހަރުގެ މުޙައްމަދު ނަސީމް ކިޔާ މީހެކެވެ.
އޭގެފަހުން އިތުރު ޙައްޖާޖީއަކު ވެސް ވަނީ ނިޔާވެފައެވެ. އެއީ ދ.މާއެނބޫދުއަށް ނިސްބަތްވާ އުމުރުން 72 އަހަރުގެ ޢަލީ ޙަސަން މަނިކު ކިޔާ މީހެކެވެ.
އޭނާއަކީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދިޔަ މީހެކެވެ.
އޭނާ ނިޔާވީ މައްކާގެ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ރާއްޖެ ގަޑިން 18:17 ގައެވެ.