މަދިރިން ރައްކާތެރިވާނެ ގޮތް، ސައިންސްވެރިންގެ ދުލުން

Loading

Facebook
Twitter
WhatsApp

މަދިރި ދަތް އަޅާ ވަގުތު ކުރާކަމަކީ އިންސާނާގެ ހަންގަނޑުގެ ތެރެއަށް އޭގެ އަނގައިގެ ބައެއް ވައްދައިލާ، ލޭނާރެއް ހޯދުމުގެ މަސައްކަތެވެ. އަދި މަދިރީގެ އަނގައިގާ ރަތް ލޭ ޖެހޭ ހިސާބުން، ހޮޅިއަކުން ފިނި ބުއިމެއް ދަމައިލާހެން ލޭގެ ސެލްތަކާއި ޕްލާޒްމާ ދަމައިގަންނާނެއެވެ.

އަވަސްއަވަހަށް ލޭބޮއި ނިންމާލާފައި މީހަކަށް ނޭނގޭ ގޮތަށް ރައްކާވުމަކީ މަދިރީގެ ނަފްސުގެ ރައްކާތެރިކަމަށް އެންމެ ރަނގަޅު ގޮތެވެ. މިގޮތުން އޮޅުވައިލުމަށްޓަކައި، ލޭބޮއި ނިންމުމަށްފަހު އެކިވައްތަރުގެ ޕްރޮޓީންތައް އިންސާނާގެ ހަށިގަނޑުތެރެއަށް ދޫކޮށްލައެވެ. މި ޕްރޮޓީންތައް މަސައްކަތްކުރާނީ ތަދުކަނޑުވާ އަދި ލޭގަނޑުކުރާ މާއްދާއެއްގެ ގޮތުގައެވެ. އަދި މަދިރި ހެފުމުން ކަހައި ހިރުވަނީ މި ޕްރޮޓީންތަކުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ދިފާޢީ ނިޒާމުންދޭ ރައްދެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ހަމަލާދިން ފަރާތް އޭރުވާނީ ސަލާމަތްވެގެން ގޮސްފައެވެ.

އިންސާނުންގެ ހަށިގަނޑުތަކަކީ އޭގެ ޒާތުގައި އެކަކު އަނެކަކާއި ވަރަށް ތަފާތު އެއްޗަކަށްވީއިރު، އެއްބައި މީހުންގެ ގައިން ދުވާ ވަހާއި، އެހެނިހެން ސިފަތަކަކީ މަދިރިތަކަށް މާ ކަމުދާ ކަންކަމެވެ. އަދި ވަކި ބައެއްގެ ގައިގާ މަދިރި ހަފާ މިންވަރު އިތުރުވެސްމެއެވެ.

އެހެންކަމުން، އިންސާނުން ހޯދުމުގައި އެތައްކަމަކަށް މި ސޫފި ރިއާޔަތްކުރާނެއެވެ.

މަދިރި އެންމެ ފުރަތަމަ ބަލަނީ ވަހެވެ. ދެން ފެންނަނީއެވެ. އަދި މީޓަރެއްހާ ހިސާބަށް ގާތްވެވުމުން ހަންގަނޑުގެ ފިނި ހޫނުމިން އެތަކެއްޗަށް ދެނެގަނެވޭނެއެވެ. އިންސާނާއާއި ކިތަންމެ ދުރުގައި އޮތަސް، މަދިރި އެންމެ އަޅައިގަންނަ އެކައްޗަކީ އިންސާނުން ނޭވާލާއިރު ބޭރުކުރާ ކާބަންޑައޮކްސައިޑެވެ.

އެމެރިކަން މޮސްކިޓޯ ކޮންޓްރޯލް އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި، ”ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ނޭވާލާއިރު ބޭރުކުރާ ކާބަންޑައޮކްސައިޑުގެ ސަބަބުން، އަދި ޚާއްސަކޮށް ގިނަ މީހުން އެއްވާ ތަންތަނުގައި“ މަދިރީގެ ސަމާލުކަން ލިބޭ ހާލަތެކެވެ. އަދި ހަށިގަނޑު ހޫނުވުމާއި، ދާ ހިއްލުމަކީވެސް މަދިރި އިތުރުވުމަށް މެދުވެރިވާ ކަންކަމެވެ.

މަދިރިން ރައްކާތެރިވުމަށްޓަކައި އެ މުއައްސަސާއިން ލަފާދީފައިވަނީ ހޫނު މޫސުމުގައި ވީހާވެސް ގިނައިން ފޮރުވިގެން ތިބުމަށެވެ. އަދި ސޫފިން ރައްކާތެރިވުމަށް ބޭނުންކުރަން އީޕީއޭއިން ހުއްދަދީގެން ޑީއީއީޓީ އަދި ޕިކާޑިން ފަދަ މާއްދާތަށް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ”އިންސެކްޓް ރިޕެލެންޓް“ ބޭނުންކުރުމަށްވެސް ލަފާދީފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް