އިންޑިއާ ބާކީވެދާނެކަމުގެ ބިރު އެބައޮތް - އޮބާމާ

Loading

Facebook
Twitter
WhatsApp


އިންޑިއާގެ ހިންދޫ ވިސްނުމުގެ ބޮޑުވަޒީރު މޯދީ އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ ދައުވަތަކަށް އެމެރިކާއަށް ވަޑައިގަތުމުގެ މައުޟޫއުގައި ސީ. އެން. އެން. ގައި ވާހަކަފުޅު އެމެރިކާގެ ކުރީގެ ރައީސް އޮބާމާ އިންޑިއާގެ ނަސްލީތަފާތު ކުރުން އިތުރުވަމުން ދާތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އޮބާމާ ވިދާޅުވީ އިންޑިއާގައި ބައިމަދު މުސްލިމުންގެ ޙައްގުތަކަށް އަޅާލުން ކުޑަވުމުގެ ސަބަބުން ބައިނަލް އަގްވާމީ މައިދާނުގައި އިންޑިއާ ބާކީ ވެދާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ. އަދި އެއީ އިންޑިއާއަށް ނުރައްކާތެރި ކަމެއްކަމުގައި ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ.              

މިވަގުތު ގުރީކަށް ވަޑައިގެން ދުނިޔޭގެ ސިޔާސީ ވެއްޓަށް އަލަށް ތަޢާރުފް ވަމުންދާ ގިނަ ލީޑަރުން ތަކަކާއިއެކު ބާއްވަމުން ގެންދަވާ ބައްދަލުކުރެއްވުން ތަކެއްގައި އިންޑިއާގެ ބޮޑުވަޒީރާއެކު ބައިޑްން އާއި ދެއްކެވި ވާހަކަފުޅުތަކަށް އޮބަމާ ކޮމެންޓްކުރަށް ވަމުން ވިދާލުވިއެވެ. 

ގިނަ ދީންތަކެއްގެ އެއްބައިވަންތަ ކަމުގެ މުހިންމުކަމަށް އިޝާރާތް ކުރައްވައިބޭނުންކުރެއްވި މަޑުމައިތިރި ބަސްމަގަށް ރައްދު ދެއްވައި އޮބާމާ ވިދާޅުވީ ބައިވެރިންނާއި އެކު ބޭއްވޭ ބައްދަލުވުން ތަކުގައި އިންސާނީ ޙައްގުތަކުގެ މައުޟޫއުގައި ވާހަކަދައްކަން ގަސްދު ނުކުރުމަށް ވުރެން ސިޔާސި މައިދާނުގައި ހެދޭނެ ބޮޑު ގޯހެއް ނޯންނާނެ ކަމަށެވެ. 

އެގޮތުން އެ ދެބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި އިންޑިއާގެ މުސްލިމުންގެ މައްސަލާގައި މަޝްވަރާ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ބޮޑުވަޒީރު މޯދީ އަކީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެކެވެ. 

އެބޭފުޅާއާއިއެކު އަހަރެން ވާހަކަދައްކާނަމަ އިންޑިއާގައި ބައިމަދު ސޮސައިޓީތައް އެއްފަރާތް ކޮށް އެމީހުންގެ ޙައްގުތަކަށް ފަރުވާކުޑަ ކުރުމުގެ ނަތީޖާއަކަށް ބައިނަލް އަގްވާމީ މައިދާނުގައި އިންޑިއާ ބާކީ ވެދާނެ ކަމުގެ އިންޒާރު ދެއްވާނެ ކަމަށް އޮބާމާ ވިދާޅުވިއެވެ.

މިބާވަތުގެ ނަސްލީ ތަފާތުކުރުމުން އުފެދެމުންދާ ހަމަނުޖެހުންތައް ކޮންމެ ދުވަހަކު ލޮލުގެ ކުރިމަތީގައި ހާމަވަމުން ދާއިރު އިންޑިއާ އިސްތިސްނާއެއް ނުކުރެވޭނެއެވެ. އެ ގެއްލުން ލިބޭނީ ހަމައެކަނި މުސްލިމުން ނަކަށް ނޫނެވެ. 

ހިންދޫންނަށް ލިބޭ ގެއްލުންތައްވެސް ކުޑައެއް ނުވާނެ ކަމަށެވެ. އަދި ސަރުކާރާ ދޭތެރޭ ހިންދޫންގެތެރޭގައި ނަފްރަތު އުފެދުމުގެ ފުރުސަތުވެސް ކުޑައެއް ނުވާނެއެވެ. 2002 ވަނަ އަހަރު ގުޖުރާތުގައި ހިނގި ލޭއޮހޮރުވުމަށް އަލިއަޅުވާލައި އޮބާމާ ވިދާޅުވީ ގިނައަދަދެއްގެ މުސްލިމުން މަރާލެވުނު އިރު އެ ސްޓޭޓުގެ ޗީފްމިނިސްޓަރަކަށް ހުންނެވީ މޯދީއެވެ. އަހަރެންގެ ރިއާސަތުގައި މޯދީ އެމެރިކާއަށް ވަޑައިގަތުން ވާނީ މަނާ ކުރެވިފައެވެ. އެގޮތުން މޯދީ ލިސްޓްކުރެވިފައިވަނީ އެމެރިކާއިން ނެރެފައިވާ އެންމެބޮޑެތި ވޯންޓަޑް 10 ޓެރެރިސްޓުންގެ ތެރޭގައެވެ.           

މޯދީގެ ބޮޑުވަޒީރު ކަމުގައި އިންޑިއާގެ ސިޔާސަތަށް ނުރަނގަޅު ބަދަލުތަކެއް އަންނަނީ ގެނެވެމުންކަން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ގާނޫން އަސާސީގެ ކުރިމަތީގައިވެސް ނަސްލީ ތަފާތުކުރުމަށް މަގުފަހިވެގެން ދިއުމާއި އަދި ކަޝްމީރުގެމައްސަލާގައި ކަންތައް ހިނގަމުންދާގޮތް ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ހާމަކުރަމުން ގެންދާ އިންސާނީ ޙައްގުތަކާއި ބެހޭ އަހަރީ ރިޕޯޓުގައި އިންޑިއާގެ ސަލާމަތީ ބާރުތަކުން ބައިމަދު ސޮސައިޓީ ތަކާމެދު ޢަމަލުކުރަމުން ގެންދާ ހަރުކަށިކަމާއި އަދި ބީ. ޖޭ. ޕީ. ގެ އިސް ބޭފުޅުންގެ ބަސްމަގު ހުންނަގޮތުން އުފެދެމުންދާ ނަފްރަތާއި އަނިޔާވެރިކަން ގެންދަނީ ހާމަކުރަމުންނެވެ.                  

2020 ވަނައަހަރު އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ކަމުގައި ހުންނެވި މަޑުމައިތިރި ސިޔާސަތެއް ގެންގުޅުއްވި މަންމޯހަން ސިންގް އަށް އޮބާމާ ފޮނުއްވި “ އަ ޕްރޮމިސްޑް ލޭންޑް “ ނޯޓުގެ ސަބަބުން މަންމޯހަން ސިންގަށް ވަރަށް މަތިވެރި ދަރަޖައަކަށް ބައިނަލް އަގްވާމީ ރުހުން ލިބިވަޑައިގަތެވެ. 

އޮބާމާގެ ނިއު ދިއްލީ ދަތުރުފުޅުގެ ހަނދާންތަކުގެ ވާހަކަ ދައްކަވަމުން ޑޮނާލްޑް ޓްރަމްޕުގެ ރިޔާސަތުގައި އިންޑިއާ އާއިއެކު ދީނީ މަޒްހަބީ އަދި ނަސްލީ އެއްބައިވަންތަ ކަމުގެ ވާހަކަ ދެއްކުމަކީ މަސްތުވެގެން ހިނގައިދާނެ ވާހަކައެއްކަމަށް މަންމޯހަން ސިންގ އިންޒާރު ދެއްވާފައިވާކަން އެނގިވަޑައިގެންފައިވާކަމަށްވެސް ރައީސް އޮބާމާ ވިދާޅުވިއެވެ.                          

Loading

One Response

  1. އޮބަމާގެ ވާހަކަ ރަނގަޅު . އެހެނަސް އޭނަގެ ވެރިކަމުގައެއްނު ސީރާއާ ފުޑާލީ. ވެރިކަމުގައި ހުންނައިރު އެހެން ލަވައެއް. އެހެން ގޮތެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް