ހުޅުމާލޭގައި ކުރީގެ ޑިފެންސް މިނިސްޓަރު އެމަނިކުފާނުގެ ބައްޕާފުޅުގެ ހަނދާނުގައި ޢިމާރަތްކޮށްދެއްވި މަސްޖިދުއްރަޝީދުގެ ތަޅުމުގައި ޖަހާފައިވާ މާބުލް ތަށިމުށިގައި
އޮރިޔާން ފޮޓޯ ސިފަވާފަދަ ކުރެހުމެއް ފެންނަ ކަމަށް ބުނެ, އެ މިސްކިތުގައި ނަމާދުކުރަމުން ދިޔަ އެތައް ބަޔަކު އެމިސްކިތުގައި ނަމާދު ކުރުން ހުއްޓާލައިފިއެވެ.
މި މިސްކިތަކީ އާރްސީސީ ކޮމްޕެނީއިން 3 ބުރިޔަށް ޢިމާރާތްކޮށް އެއަރކޯނުކޮށްފައިވާ ވަރަށް ރީތި މިސްކިތެކެވެ. މި މިސްކިތަކީ ހުޅުމާލޭގައި ގާއިމުކުރެވިފަވާ އެންމެ ރީތި މިސްކިތް ކަމަށް ގިނަބަކު ދެކެއެވެ.
މިސްކިތް ހުޅުވައި ދެއްވީ ރައީސުލްް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. އެ މިސްކިތް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރުގެ އިތުރުން ބައެއްވަޒީރުން ވެސް ބައިވެރިވެ ވަޑައިގަތެވެވެ.
މި މިސްކިތް ހިމެނޭ ސަރަހައްދަކީ ވަރަށް މީހުން ގިނަ ސަރަހައްދަކަށްވުމުން މި މިސްކިތް ބަންދު ކޮށްފިނަމަ އެ ސަރަހައްދުގައި ނަމާދުކުރާމީހުންނަށް ވަގުތީ މިސްކިތެއް ބިނާ ކުރަން ޖެހޭނެއެވެ.
ސަރުކާރުން މި މިސްކިތާ ހަވާލުވިއިރު ބަލަންޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން ދިމާވި މިކަަން ވީހާވެސް އަވަހަކަށް ބައްލަވައި އެ މިސްކިތުގައި ޖަހާފައިވާ މާބުލް ބަދަލުކުރަން ޖެހެއެވެ.
އޮރިޔާން ސިފަވާ އެ ކުރެހުން ތަކުގެ މައްޗަށް ސަޖިދަ ކުރުމަކީ ޝިރުކު ކުރުންފަދަ ކަމަކަށް ވެދާނެތީ ސަމާލު ކަމަށްޓަކާ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅު އެޅުމަށް ގޮވައިލަމެވެ.

މި ފޮޓޯތައް ބޮޑު ކޮށްލުމުން މި ދެންނެވި ކުރެހުންތަށް ސިފަ ކުރެވޭނެއެވެ.
3 Responses
މީހާ މާ ބޮޑައް ހިތް ކާފަރު ވީމަ ނެތް އެއްޗެއް އޮރިޔާން ފޮޓޯ ގޮތައް ސިފަވަނީ. މިސްކިތައް ދަނިކޮށް އެނިމުނީ. އުޅުން އިސްލާހެއްނުވީ.
ތިޔަ ފޮޓޯއިން މަށަކަށް ހަމަ އެކައްޗެއްވެސް ސިފައެއް ނުވި..
ލިޔާނެ އެއްޗެއް ނޭގިފައި ތިބޭ ބައެއްކަން ތީގެން ހާމަވަނީ