ރައީސް ބައިޑްން އަށް އެމެރިކާގެ ގައުމީސަލާމް އޮޅިއްޖެ

Loading

June 25, 2023
profile
Facebook
Twitter
WhatsApp

އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިއާގެ ބޮޑުވަޒީރަށް ވައިޓް ހައުސްގައި މަރުޙަބާ ދެންނެވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޖޯ ބައިޑްން ޑޭސް އަށް އަރާވަޑައިގަތުމާއި އެކު ދެގައުމުގެ ގައުމީ ސަލާމް ކުޅެވޭނެ ކަމަށާއި އެންމެ ފުރަތަމަ އިވިގެންދާނީ އިންޑިއާގެ ގައުމީ ސަލާމް ކަން ޢިއުލާން ކުރެވިގެންދިޔައެވެ. އަދި އިންޑިއާގެ ގައުމީ ސަލާމް ޖަނަ ގަނަ މަނަ ފެށުމާއެކު އިޙްތިރާމް އަދާކުރުމުގެ ގޮތުންރައީސް ބައިޑްން ގެ އަތްޕުޅު މޭމަތީގައި ބޭއްވިއެވެ. 

އެހެންނަމަވެސް ދިހަވަރަކަށް ސިކުންތު ފަހުން ރައީސް ބައިޑްންއަށް އެނގިވަޑައިގަތީ އަދި މިކުރެވުނީ ރަނގަޅަށް ނޫންކަމަށާއި މިއީ އެމެރިކާގެ ގައުމީ ސަލާމް ނޫންކަމަށެވެ. ދެން މަޑުމަޑުން އަތްޕުޅު މޭމަތިން ނަންގަވައި ތިރިކުރެއްވިއެވެ. އޭރު ބޮޑުވަޒީރު މޯދީ ގެންދެވީ އިންޑިއާގެ ގައުމީ ސަލާމް ވިދާޅުވަމުންނެވެ. އޭގެފަހުން އެމެރިކާގެ ގައުމީ ސަލާމް ފެށުމާއެކު ރައީސް ބައިޑް އަނެއްކާވެސް ގައުމީ ސަލާމަށް މޭމަތީގައި އަތްޕުޅު ބޭއްވިއެވެ.        

ރިޕަބްލިކަން ސޯޝަލްމީޑިއާގައި ބުނެފައިވަނީ ރައީސް ބައިޑްއަކީ މި ގައުމަށް ދިމާވެފައިވާ ބޮޑު ލަދަކަށް ވެއްޖެކަމަށެވެ. ރިޕަބްލިކަންގެ ޑިޖިޓަލް ސްޓްރާޖިސްޓް އެލެކް ސިއާރސް ބުނެފައިވަނީ މިއީ އަހަރެމެން ލަދުގަނެ ދެރަވާން ޖެހޭ ކަމަކަށްނުވާނަމަ ދެން ބުނަންޖެހޭނީ މިއީ ކޮމެޑީއެއް ކަމަށެވެ.

އަދި އެމެރިކާ އާއި ޗައިނާގެ ގުޅުން ރަނގަޅު ކުރުމަށް މަގު ތަނަވަސް ކުރުމަށްޓަކައި ޚާރިޖީ ވަޒީރު ބްލިންކަން ޗައިނާގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވަން ކުރެއްވި ދަތުރުފުޅު ނިންމަވާފައި އެނބުރި އެމެރިކާއަށް ވަޑައިގެންނެވިތާ އެއްދުވަސް ފަހުން މި ހަފުތާގެ ކުރީކޮޅު ޗައިނާގެ ރައީސަށް މުޚާތަބު ކުރައްވައި އެއީ ޑިކްޓޭޓަރެކޭ ވިދާޅު ވުމަކީވެސް އެމެރިކާގެ ޑިޕްލޮމެސީގައި ބަލާގަނެވޭނެ ކަމެއް ނޫނެވެ.                               

މިފަހަކަށް އައިސް ރައީސް ބައިޑްން ކުރެއްވި ބައެއް ހެއްވާ އަދި މަގާމުގެ ހައިސިއްޔަތާ ނުގުޅޭ ބައެއް ކަންތައްތަކަކީ މުސްކުޅިފުޅު ވުމުގެ ސަބަބުން މެދުވެރިވާ ކަންތައް ކަމަށާއި 2024 ގެ އިންތިޚާބުގައި ނޭދެވޭ ނަތީޖާއެއް ލިބުމަށް މިކަންކަމުން މަގުފަހިވެގެން ދާނެކަމަށް ބެލެވެއެވެ.                          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް