ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ ފަރާތުން ތުރުކީގެ އިސްތާންބުލްގައި ހުންނަވާ އޮނޮރަރީ ކޮންސުލްގެ މަގާމަށް ޚަލީލް އިބްރާހިމް ބަކާސީ އައްޔަނުކުރީ 12 ފެބުރުވަރީ 2019 ގައެވެ.
ތުރުކީއަށްދާ ދިވެހީންނަށް ދިމާވާ އުނދަގޫތަކުގައި އެހީތެރިކަން ފޯރުކޮށްދީ އަޅާލުމަކީ މި މަގާމުގައި ހުންނަވާ ކޮންމެ ދޭސީ އަދި ބިދޭސީ ފަރާތެއްގެ ވެސް ޒިންމާއެކެވެ. އެހެންނަމަވެސް، 2019 ވަނަ އަހަރުން ފެށިގެން ތުރުކީގައި ދިވެހީންނަށް ދިމާވާ އިމިގްރޭޝަނާއި، ވިސާ އަދި ފުލުހުންގެ މައްސަލަތަކާއި އެހެނިހެން ދަތިތަކުގައި ބަކާސީއާއި ބައްދަލުކުރުމަށާއި، ގުޅުމަށާއި، ވާހަކަދެއްކުމަކީ ވަރަށް އުނދަގޫކަމެއްކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ގުޅަން އެހާ އުނދަގޫއިރު، ވާހަކަދެއްކޭނެ މަގެއް އަލިވިނަމަވެސް، ކުއްލި ހާލަތްތަކުގައި ވެސް ބޭނުންވާ ކަންކަން އޮންނަނީ ނުވެފައެވެ. އެއީ ތުރުކީގެ ނަންވިދާ ބޮޑު ވިޔަފާރިވެރިއެއްކަމުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ވަގުތު ނުވަނީ ކަންނޭނގެއެވެ.
މީގެކުރިން، ވައްކަމުގެ މައްސަލައެއްގައި ހޯދަމުން ގެންދާ މީހެއްގެ ނަމާއި އޮޅުން އަރައިގެން އޭނާކަމަށް ގަބޫލުކުރެވިގެން ދިވެހި އަންހެނަކު އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަން ގެންދިޔުމުން، އަންހެންމީހާގެ އާއިލާއިންވަނީ ދިވެހި ޚާރިޖީ ވުޒާރާ ހިމެނޭގޮތަށް އެހީތެރިވެވޭނެކަމަށް ބެލެވޭ އެންމެހާ ފަރާތްތަކާއި ގުޅާފައެވެ. އެހެންނަމަވެސް ދޭދޭގައުމުގެ މެދުގައި އޮންނަ އިޖުރާއީ ސިޔާސަތުތަކުގެ ސަބަބުން އެއްވެސް ފަރާތެއްގެ އެއްބާރުލުން ލިބިފައެއް ނުވެއެވެ. އެންމެ ފަހުން އެއާއިލާއަށް އެހީތެރިކަމެއް ލިބިފައިވަނީ ތުރުކީގެ ބައެއް ސިޔާސީ ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ދިވެއްސެއްކަމުގައިވާ މުޢާދު މުޙައްމަދު ޒަކީ (ނަޒާކީ ޒަކީގެ ފިރިހެން ދަރިއެއް) އާއި ގުޅައިގެންނެވެ.
ދިވެހީންނަށް ދިމާވާ އެހެނިހެން ކުއްލި ހާލަތްތަކުގައި ވެސް ދިވެހި ޚާރިޖީ ވުޒާރާއާއި، ދިވެހި ސަރުކާރުން އައްޔަނުކޮށްފައި ހުންނަވާ އޮނޮރަރީ ކޮންސުލްގެ އެހީތެރިކަމެއް ދިވެހީންނަކަށް ނުލިބެއެވެ. އަދި އާއިލާއިން މުޢާދު ޒަކީ ގާތުން އެހީތެރިކަމަށް އެދިފައިވަނީ އާއިލީ ރަހުމަތްތެރިންނާއި ދަންނަ ފަރާތްތަކުން ތުރުކީގައި ދިމާވި މައްސަލާގައި އެހީވެވޭނެ ފަރާތެއްގެ މައުލޫމާތު ހޯދުމުގެ ތެރޭގައެވެ. އަދި މުޢާދު ވަނީ މިމައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދެއްވާފައެވެ.
FM Shahid presents the letter of Appointment to Mr. Halil Ibrahim Bacacı, newly appointed Honorary Consul of Maldives in Istanbul. Minister Shahid congratulated Mr. Bacaci and highlighted the vital role of the Honorary Consul in strengthening relations between Turkey & Maldives. pic.twitter.com/fGT5awcQnK
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 12, 2019
އެހެންކަމުން އުފެދޭ ސުވާލަކީ، މިހާރު ހުންނެވި އޮނޮރަރީ ކޮންސުލާއި ދެކޮޅަށް އެތައް ޝަކުވާއެއް ޚާރިޖީ ވުޒާރާއަށް ލިބޭއިރުވެސް، ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެތޯއެވެ؟ އަދި މިހާރު މަގާމުގައި ހުންވި ފަރާތްނޫން އެހެން ފަރާތެއް އައްޔަނު ނުކުރައްވަނީ ކީއްވެ ހެއްޔެވެ؟ އެންމެ ބޭނުންޖެހޭ ވަގުތުގައްޔާއި، ކުއްލި ހާލަތްތަކުގައި ދިވެހީންނަށް އަޅާނުލެވޭ ފަރާތަކަށް މަގާމުގެ މަސްއޫލިއްޔަތުތައް ދީފައިވަނީ ކީއްވެތޯއެވެ؟ މިއީ ހަމައެކަނި ތުރުކީއަށް ޚާއްސަ ހާލަތެއް ތޯއެވެ؟ ނޫނީ އެހެން ގައުމުތަކުގައި ތިއްބަވާ ކޮންސުލްތަކުގެ ހާލަކީވެސް މިއީބާއެވެ؟
ޚާއްސަ ހާލަތަކާއި އިމިގްރޭޝަން މައްސަލަތަކުގައި ކަންބޮޑުވާ ހާލަތްތަކުގައި އެފަރާތްތަކަށް އެންމެ މުހިންމުކަމަކީ އަވަސް އެހީ އަދި ރަނގަޅު ހައްލެއް ލިބިގެން ދިޔުންކަން ގައުމުން ބޭރުގައި ދިރިއުޅޭ ދިވެހީން ގަބޫލުކުރާނެއެވެ. އަދި އެއީ އެމްބަސީއަކުން ކަމުގައިވިޔަސް ނުވަތަ އޮނޮރަރީ ކޮންސުލެއްގެ ފަރާތުންކަމުގައި ވިޔަސް، އެފަދަ މަގާމެއްގެ ބޭނުމަކީ ދިވެހީންނަށް ދިމާވާ އުނދަގޫތައް ދެނެގަނެ އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސީ ފޯރުންތެރިކަމާއި ބާރުގެ ބޭނުންކޮށް އެކަންކަން ހައްލުކޮށްދިނުމެވެ.
ދިވެހި ރައްޔިތުން ބޭނުންވަނީ ދިވެހީންނަށް ވަފާތެރި ބަޔަކު އެހެން ގައުމުތަކުގެ މިފަދަ މަގާމުތަކުގައި ދިވެހީން ތަމްސީލްކުރުމަށް ތިބުމެވެ.
2 Responses
Thikan hallu kuran jeheynee abdulla shahid turkeye ah dhaan. Mivaguthu
iskandhenee dhauru nimidhaanethee mihaaru nudhevi huri qaumuthakah avahah dhiumah. Ehenveemaa thikamaa alhaaleveynee ithuru dhaureh libigen kamah fennanee.
ދިވެހިރާއްޖޭގައި އާންމުކޮށް ކަންތައް ކުރެވޭގޮތަށް ބަލާއިރު ތިޔައީ ހައިރާންވެ ކަންބޮޑުވާވަރުގެ ކަމެއްނޫނެވެ. އަޅުގަނޑުގެ ވިސްނުމުގައި ދިވެހި ސަރުކާރުން ( މިދައްކަނީ ރައްޔިތުން މުސާރަދީގެން ގެްގުޅޭ ނޯކަރުންތަކެއްގެ ވާހަކަ ކަން ހަނދާނެއް ނުނެތޭ ) ދިވެހިރައްޔިތުންނަށް ކަންތައްތައް ކޮށްދީ މަގުފަހިކޮށްދޭން ބޭނުންވާ މިންވަރާއި ގޮތް އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ މިންވަރާއި ގޮތާއި ތަފާތުވަނީއެވެ. މިސާލަކަށް:
އަތޮޅުވެރިންގެ ޒަމާނުގައި އަތޮޅުވެރިން ޚިޔާރުކޮށްފައި ތިބެނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްޔިތުންނަށް ކަންތައްތައް ފަހިކޮށްދިނުމުގެ މަގްސަދުގައެވެ. މިއީ ފޮތުގައި ލިއެވިފައި އޮންނަ ގޮތެވެ. އެކަމަކު އަމަލު ކުރަންޖެހޭގޮތަކީ ސަރުކާރުން އަތޮޅުތެރެއަށް ދާ ވަފުދުތަކަށް މީރުހާ ކެއުންތައް ތައްޔާރުކޮށްދީގެން މިއީ ވަރަށް ބަރާބަރު އަތޮޅުވެރިއެކޭ ބުނުވުމެވެ. މިހާރުގެ ކައުންސިލްތަކުންވެސް ގިނަބޭފުޅުންގެ ވިސްނުން ހުންނަނީ މިކަހަލަ ގޮތަކަށޭ ބުނެވިދާނެއެވެ. ޒިންމާއާއި މަސްއޫލިއްޔަތަށް ވުރެން ބޮޑަށް މުހިންވާ ގިނަ ކަންތަކެއް ހުންނަ ކަމަށްވެއެވެ.