އަލުންބަލުން މާކެޓް: ބޭނުންކޮށްފައި ހުރި ތަކެތި ވިއްކައިގެން 20،000 ރުފިޔާގެ އާމްދަނީއެއް

Loading

Facebook
Twitter
WhatsApp

އަލުންބަލުން ރީސޭލް މާކެޓަކީ ސޮނޭވާ ނަމޫނާާއާއި ބ.އަތޮޅުގެ 7 ރަށެއްގެ ބައިވެރިވުމާއެކު އޮކްޓޯބަރު 2022 ވީ ދުވަހުގައި ބޭއްވުނު މާކެޓެކެވެ. މި ހަރަކާތް ފުޅާވަމުން އައިސް މިދިޔަ ހަފްތާގައި މި ހަރަކާތް ބާއްވާފައި ވަނީ ނ.އަތޮޅުގެ 6 ރަށެއްގައެވެ.

ސޮނޭވާ ނަމޫނާއާއި ނ. އަތޮތޮޅުގެ 6 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީތަކާއި ގުޅިގެން އަލުންބަލުން ރީސޭލްކުރި މި ހަރަކާތް ބާއްވާފައިވާ ނ. އަތޮޅުގެ 6 ރަށަކީ މަގޫދޫ, ޅޮހި, ކުޑަފަރު, މާފަރު, ލަންދޫ އަދި ހޮޅުދޫއެވެ.

މި މާކެޓްގެ މައިގަނޑު އަމާޒަކީ އަލުން ބަލުން ތަކެތި ބޭނުން ކުރުން އިތުރުކުރުމާއި ރީޔޫޒުކުން ނުވަތަ އަލުންބަލުން ތަކެތިބޭނުން ކުރުމުގެ ސަގާފަތެއް ގާއިމުކުރުމާއެކު ތިމާވެށި ރައްކާތެރި ކުރުމުގެ މުހިންމު ރޯލެއް ކުޅޭ ބައެއްގެ ގޮތުގައި އަންހެނުން ބާރުވެރި ކުރުވުމެވެ.

މި މަސައްކަތުގެ ދަށުން އުކާލަން ހަމަޖެހިފައިވާ ތަކެތީގެ ތެރެއިން އަލުން ބޭނުން ކުރެވޭ ޒާތުގެ މުދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ހޯދައި އެތަކެތި ސާފުކޮށް މަރާތުކޮށް މި ޕްރޮގްރާމުގައި ބައިވެރިވާ ރަށްރަށަށް ވިއްކަން ފޮނުވައެވެ.

އެއްރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށްތަކަށް ވިއްކަން ފޮނުވުމުން ކުދިކުދި ރަށްތަކުގައި ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށްހުރި ގޮންޖެހުން ތަކުން އަރައި ގަނެވޭނެއެވެ. އަލުންބަލުން މާކެޓުން ވަނީ މިހާތަނަށް ސާފު ފައިދާގެ ގޮތުގައި 20000 ރުފިޔާހޯދައި 500 އައިޓަމް ކުނީގެ ގޮތުގައި އުކާލުމުން ސަލާމަތް ކޮށްފައި ކަމަށް ސޮނޭވާއިން މައުލޫމާތުދެއެވެ.

މި މާކެޓްގައި ބައިވެރިވާރަށްތަކަށް ސާފު ފައިދާ ލިބިގެން ދާނޭކަމަށް މިއައިޓަމް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ. އެގޮތުން އަލުންތަކެތި ބޭނުން ކުރުމުގެ ސަބަބުން ރަށްރަށުގެ ވޭސްޓްމެނޭޖްމެންޓް ސެންޓަރުތަކަށް އުކާލަން ގެންދެވޭ ތަކެއްޗާއި އަންދާލަން ގެނެދެވޭ ތަކެތި މަދުވެގެންދެއެވެ.

މީގެ އިތުރުން މިޕްރޮގްރާމުގެ ތެރެއިން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާކޮމެޓީތަކަށް ބޭނުންވާ ލީޑަރޝިޕް ހުނަރުތައް ލިބި އަންހެނުން ބާރުވެރި ވެގެން ދާނެއެވެ. އަދި ރަށްރަށުގެ ތެރޭގައި އަލުން ބަލުން ތަކެތި ބޭނުން ކުރާ މިންވަރު ބޭނުންކުރާމިންވަރު މަދު ކުރުމާމެދު ހޭލުންތެރިކަން އިތުރުވެގެން ދާބޭ ކަމަށްވެސް މި އިވެންޓް އިންތިޒާމު ކުރާފަރާތުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް