ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި އިހުމާލުވީ މި ސަރުކާރަކުން ނޫން ކަމަށާއި ކުރީ ސަރުކާރުތަކުންނާއި ކުރީގެ ބަންޑާރަނައިބުން ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު މިއަދު ވިދާޅުވެއްޖެއެވެ.
އީއީޒެޑް މައްސަލާގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން ރިފްޢަތު މިއަދު ވިދާޅުވީ ދެކުނުގެ އީއީޒެޑް މައްސަލައަކީ ޒަމާންވީ މާޒީއެއް އޮތް މައްސަލައެއް ކަމަށެވެ.
“1992 ވަނަ އަހަރުން ފެށިގެން މި ހައްސާސް މައްސަލައަށް ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްގުގައި ގޮތެއް ނިންމާކަށް ނުކެރުނު. ނޭނގި ނަމަވެސް ކޮށްފައިވާ ކަމަކީ ބޮޑު ތަނުން އިހުމާލުވުން.“
މީގެއިތުރުން މި މައްސަލައިގައި ކުރީގެ ބަންޑާރަނައިބުން ވެފައިވާ އިހުމާލު ބޮޑު ކަމަށް ވެސް ރިފްޢަތު ވިދާޅުވިއެވެ.
“އެކަން އަޅުގަނޑު ލަދުވެތިކަމާއެކީ ފާހަގަކުރަން“ ރިފްޢަތު ވިދާޅުވިއެވެ.
ދެކުނުގެ އީއީޒެޑް މައްސަލައިގައި އޭނާ އިސްކުރެއްވީ ދިވެހި ދައުލަތުގެ އެނެ މަތީ މަސްލަހަތު ކަމަށް ރިފްޢަތު ވިދާޅުވިއެވެ.
އަދި މައްސަލަ ނިމުނުއިރުގައި މޮރިޝަސް ސަރުކާރުން އޭނައަށް ދިން ރަން މެޑައްޔެއް ނެތް ނުވަތަ ލަގަބެއް ނޫންނަމަ އިއްޒަތެއް ވެސް ނެތް ކަމަށެވެ. އަދި ޑޮލަރު ލާން ހުޅުވި އެސްކްރޯ އެކައުންޓެއް ވެސް ނޯންނާނެ ކަމަށާއި މުޅި ހަޔާތުގައި ވެސް ފައިސާއެއްގައި ޖެހި ރައްޔިތުންނަށް ޚިޔާނަތްތެރިވެ ވަޑައިގެންފައި ނުވާނެ ކަމަށް ވެސް ރިފްޢަތު ވިދާޅުވިއެވެ.
One Response
ގަނެވިއްކާ ވަކީލުންނަށް އެޓޯނީ ޖެނެރެލްކަން ދިނީމާ ވާނެ ގޮތް ތިވަނީއެވެ. އޭނައަށް މިފަހަރު ލިބިފާއެއޮތީ ދައުލަތެވެ. ވީމާ ދައުލަތް ކޮމްޕްރޮމައިޒް ކޮށްގެން ދެން ބާކީ ޢުމުރުގައި އޮތް ދުވަސްކޮޅު ވަކީލްކަން ނުކޮށްވާވަރަށް ކަޅާކޮށްލާނެއެވެ. ޗީޕް އާލާތުން ދައުލަތުގެ ނަމުގައި ކަންކަންނިންމެވޭ ފަންތިއައް އާދެވުމުން ބުރާންތިވާނެއެވެ. އަވަހިއްޔާ އަވަސްތާއެވެ. ދެން ބާކީ އޮތީ 3 މަސްދުވަހެވެ. ކެވުނުވަރަކަށް ކާންވީއެވެ. ރައީސްމީހާ 2 ވަނަ ދައުރެއްގެ މަސްތުގައެވެ. އޭނާއަށްވެސް ބޮޑު ވަރިހަމަ އެވެ.