ރ.އަތޮޅު ދެކުނު ބިތަށް އިތުރުކުރެވޭ އެއާޕޯޓް ހަދާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާނުކުރައްވައިފިއެވެ.
ރައީސް ޞާލިޙް މިކަން އިއުލާނު ކުރެއްވީޥއައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގަންޖެހޭ މަޝްރޫއުތައް ނުހިނގާ ފަރަކުނުޖެހޭނެ ކަމަށާއި އެއްގަމާއި ކަނޑާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގަތައިލެވިގެން ނޫނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ.
އެގޮތުން ވައިގެ މަގުން ރާއްޖެ ގުޅައިލުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށްދާއިރު, މި މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނު ބިތަށް އިތުރުކުރެވޭ އެއާޕޯޓް ހަދާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި ސަރުކާރުން މިއަދު ކުރަމުންގެންދާ ކޮންމެ ކަމަކީ ދެމެހެއްޓެނިވި ގޮތަށް މި ރާއްޖެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކެކެވެ.
“ހިފަހައްޓަންޖެހޭ ތަނެއްގައި ނޭވާ ހިފަހައްޓާފައި ނަމަވެސް މިވަގުތު މި މަސައްކަތްތައް މުޅި ރާއްޖޭގައި ކުރުމުން އޭގެ މަންފާ އަންނަން އޮތް ޖީލުތަކަށް ފޯރާނެ.“ ރައީސް ވިދާޅުވިއެވެ.
އަދި މި ވަގުތު މި މަސައްކަތްތައް މުޅި ރާއްޖޭގައި ކުރުމުން އޭގެ މަންފާ އަންނަން އޮތް ޖީލުތަކަށް ފޯރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
One Response
ސާބަހޭ ރައީސް! ދައުލަތުގެ މާލީ ޙާލަތައް ބައްލަވާނެކަމެއްނެތެވެ. ނެގުނުދިމާލަކުން ދަރަނި ނަގައިގެން އެންމެން ދަރުވާލައިގެންވެސް 2 ވަނަ ދައުރެއް ކާމިޔާބު ކުރައްވަންވާނެއެވެ. ހަމަ އައްސަރިބަހާއި ސާބަސްފުޅެވެ.