އާރަށުގެ މައްސަލަ: ޔާމީނަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ބުދަ ދުވަހު ފަށަނީ

Loading

Facebook
Twitter
WhatsApp

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޚިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ އަންނަ ބުދަ ދުވަހު ފަށަން ނިންމައިފިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަރ ކުރެއްވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އެމަނިކުފާނަށް ހުކުމް އިއްވެވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މަނީ ލޯންޑްރިންގެ ދައުވާ: 7 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް.

ރިޝްވަތު ހިފުމުގެ ދައުވާ: 4 އަހަރަށް ޖަލަށް ލުމަށް.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ ފެބްރުއަރީގައެވެ. ނަމަވެސް ބައެއް ލިޔެކިޔުންތަކުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އަލުން ހުށަހަޅަން އެންގިއެވެ. 

މައްސަލައިގެ އަޑުއެހުންތައް ފަށަން ނިންމާފައި މިވަނީ އިސްލާހުކޮށްފައި އަލުން މައްސަލަ ހުށަހެޅިތާ މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

ހައިކޯޓުން ވަނީ އަންނަ ބުދަ ދުވަހު މައްސަލައިގެ އަޑުއެހުންތައް ފަށަން ނިންމާފައިވާކަން އެމަނިކުފާނުގެ ގާނޫނީ ޓީމަށް އަންގާފައެވެ.

ޖޫރިމަނާގެ މައްސަލަ އިސްތިއުނާފުކުރީ ވަކިންނެވެ. އެ މައްސަލާގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓު މަރުހަލާގައި ގާޒީ ހެއްދެވި ގޯހަކާ  ގުޅިގެން ޖޫރިމަނާ ދައްކަން ނުޖެހޭކަމަށް ހުކުމް ކޮށްފައެވެ.

Loading

One Response

  1. ތިޔަހާ އަވަސް އަރުވާލައިގެން ތިޔަ އުޅެނީ އެމަނިކުފާނަކީ ބަލި މީހެކެވެ. ލަސްލަހުން ނުގެންދިއައްޔާ އެމަނިކުގާނަށް ކޯޕެއް ނުކުރެވޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް