އީރާނުން އަލަށް ގާއިމްކުރާ ނިއުކްލިއަރ ހަތިޔާރު ހުއްޓުވޭނެ ގޮތެއްނެތް

Loading

June 3, 2023
profile
Facebook
Twitter
WhatsApp

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ބައްޓަންކުރަންޖެހޭ މިންގަނޑުތަކަށް ބާރުގަދަ ގައުމުތަކުން އީރާނާއެކު ހެދި އެއްބަސްވުމުން ޑޮނާލްޑް ޓްރަމްޕުގެ ރިޔާސަތުގައި އެމެރިކާއިން އަމިއްލައަށް އެކަހެރި ވީ ފަހުން ފަސް އަހަރު ފުރުނީއެވެ. 

އެހެންކަމުން ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި އީރާންވެސް ޚިޔާރުކުރީއަކީ ނިދާފަ އޮތުމަކަށް ނޫނެވެ.

އެއްބަސްވެފައިވާ ނިއުކްލިއަރ ޕްރޮގްރާމްގެ ހުދޫދު ކަނޑައެޅުނު ގޮތަށް އެމެރިކާ އެކަހެރިވެ އީރާނާ ދެކޮޅަށް އިތުރު އިގްތިސާދީ ދަތިކުރުންތަށް ދިމާކުރަން ފެށުމާއިއެކު ލިބުނު ފުރުސަތުގައި އީރާނުންވެސް ނިއުކްލިއަރ ޕްރޮގްރާމްގެ ހޫދޫދުން ބޭރުވީއެވެ. 

އެންމެފަހުގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަގޮތުގައި މީގެކުރިންވެސް ނިއުކްލިއަރ ހަކަތަ ތައްޔާރުކުރަމުން ގެންދިޔަ ނަތަންޒް ސަރަޙައްދު ކައިރީގައި އޮންނަ ޒަގްރޯސް ފަރުބަދަތަކުގެ އަޑީގައި އިތުރު ނިއުކްލިއަރ ވަސީލަތްތަކެއް ގާއިމްކުރަމުން ގެންދާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އަދި އެ ސަރަޙައްދުގެ ފުންމީނުގެ ސަބަބުން އެމެރިކާއިން ބިންގަރާސްތައް ގޮއްވާލަން ބޭނުންކުރާ  އެންމެ ބާރުގަދަ ބޮމް އަޅައިގެންވެސް އެހިސާބަކަށް ނުދެވޭނެކަމަށް ބުނެފާވެއެވެ.                                                    

ފަހުގެ ޚަބަރުތައް ބުނާގޮތުގައި ހައިޕަރސޯނިކް ހަތިޔާރު ލިބިފައިވާ ތިންވަނަ ގައުމަކަށް އީރާން ވެގެންދާނެއެވެ. މިހާރު ހައިޕަރސޯނިކް ހަތިޔާރުގެ ގާބިލުކަން ލިބިފައިވަނީ ހަމައެކަނި ރަޝިޔާއާއި ޗައިނާއަށެވެ. 

އީރާނުގެ އެއަރ އަދި ސްޕޭސް ފޯރސަސްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަމީރު ޢަލީ ޙާޖީ ޒާދާ ވިދާޅުވިކަމަށް އީރާނުގެ މީޑިޔާގައި ހާމަކޮށްފައިވަނީ ހައިޕަރސޯނިކް މިސައިލްގެ ހުރިހާ ޓެސްޓްތަކެއް މިހާރު ވަނީ ފުރިހަމަ ކުރެވިފައިކަމަށާއި ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖައްވުގެ ތެރެއަށް އުދުއްސާލެވޭނެ ކަމަށެވެ. 

އީރާނުގެ ހައިޕަރސޯނިކް މިސައިލް ދަތުރުކުރާ ބާރުމިން އުޅޭނީ ގަޑިއަކު 16000 ކިލޯމީޓަރުގެ ތެރޭގައެވެ. މިއީ މިހާރު ރަޝިޔާއިން އުފައްދާފައިވާ ހައިޕަރސޯނިކް މިސައިލަށްވުރެވެސް މާބޮޑަށް ކުރިއަރާފައިވާ ޓެކްނޯލޮޖީއެއް ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ މިސައިލެއް ކަމަށް ރަޝިޔާއިންވެސް ބުނެފައި ވެއެވެ. 

މީގެ ކުޑަދުވަސްކޮޅެއް ކުރިން އީރާނުންވަނީ ޚޮރަމްޝަހްރް-4 ގެނަމުގައި 1500 ކިލޯގްރާމުގެ ހަތިޔާރާއެކު 2000 ކިލޯމީޓަރަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލް ޓެސްޓުކުރުމުގެ ހުރިހާ މަރުޙަލާއެއްވެސްކާމިޔާބުކަމާއިއެކު ނިންމާލާފައެވެ.     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް