ޗިލީގައި ބޭއްވި ޑާރތް ވޭޑާ ”ޝަރީޢަތް“

Loading

Facebook
Twitter
WhatsApp

ޗިލީގެ ވަލްޕަރައިސޯ ކޯޓް އޮފް އެޕީލްގައި ބޭއްވި ޝަރީޢަތެއްގައި، މަޝްހޫރު ފެންޓަސީ ފްރެންޗައިޒެއްކަމަށްވާ ”ސްޓާ ވާރޒް“ ސާގާގެ ވިލަނުގެ ރޯލުން ފެނިގެންދިޔާ ޑާރތް ވޭޑާގެ އަދަބު ކުޑަކުރުމަށް ހުކުމްކޮށްފިއެވެ. އަބަދަށް ގަނޑުކުރެވުމުގެ ބަދަލުގައި ޑާރތް ވޭޑާއަށް އިއްވާފައިވަނީ ކާބޮނައިޓްގައި 30 އަހަރު ބަންދުކުރުމުގެ ހުކުމެކެވެ.  

އަދި އޭނާގެ ލައިޓް ސޭބަރ ބޭނުންކުރުމާއި، ”ފޯސް“ ގެ ”ޑާކް ސައިޑް“ ބޭނުންކުރުންވެސް ޑާރތް ވޭޑާއަށް ވަނީ މަނާކޮށްފައެވެ.

ޗިލީގައި ބޭއްވުނު މި ”މޮކް ޓްރަޔަލް“ އަކީ އެގައުމުގެ ޘަޤާފީ ދުވަސް ފާހަގަކޮށް އާންމުންނަށް ކޯޓުތަކުގެ މަސައްކަތް ދައްކުވައި ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޝަރީޢަތެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް