އެންމެ ގޯސް ހާލަތްތަކަށް ތައްޔާރުވުމަށް ޗައިނާގެ ގައުމީ ސަލާމަތާބެހޭ ފަރާތްތަކަށް ޝީ ޖިންޕިންގް އަންގަވައިފި

Loading

Facebook
Twitter
WhatsApp

ދާޚިލީ އަދި ޚާރިޖީ ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ގަބޫލުކުރެވޭތީ، ތާށި ދުވަސްތަކަކަށް އަދި އޭގެ ސަބަބުން ނުކުމެދާނެ އެންމެ ގޯސް ހާލަތްތަކަށްވެސް ތައްޔާރުވެތިބުމަށް ޗައިނާގެ ގައުމީ ސަލާމަތާއި ބެހޭ އޮފިޝަލުންނަށް ރައީސް ޝީ ޖިންޕިންގް އަމުރުކުރައްވައިފިއެވެ.

”ކުރިމަތިލާން ޖެހިފައި މިވާ ގައުމީ ސަލާމަތަށް އޮތް ނުރައްކާ މިހާރު ބޮޑުވެ، މައްސަލަތައް ވަނީ އިތުރުވެފަ.“ އަންގާރަ ދުވަހު އޮތް ކޮމިއުނިސްޓް ޕާޓީގެ ގައުމީ ސަލާމަތާބެހޭ ކޮމިޝަނުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝީ ޖިންގްޕިންގް ވިދާޅުވެފައިވާކަމަށް ގައުމީ ނޫސް އެޖެންސީ ޝިންހުއައިން ވަނީ ރިޕޯޓުކޮށްފައެވެ.

”އެންމެ ގޯސް ހާލަތްތަކާއި، ”ބޮޓޮމް-ލައިން“ ވިސްނުމަކަށް ރިއާޔަތްކޮށް، ގަދަ ވިއްސާރަޔާއި، ވަޔާއި، ތޫފާނީ ކަނޑުތަކުގެ އިމްތިހާނުތަކަށް އަހަރެމެން ތައްޔާރުވާން އެބަޖެހޭ.“ އޭނާ ވިދާޅުވިކަމަށްވެއެވެ.

Loading

2 Responses

  1. އަބުއާޔޭގާ މަޒާ! މަޖަލެއްނޫންވާނީ! އެންމެން ފުނޑޭނީއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

  2. އެމެރިކާ ދުނިޔެއިން ފުހެނުލާ ދުނިޔެއަށް ސުލުހައެއް ނާންނާނެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް