ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާ އިންޖެކްޝަނެއްގައި މައްސަލައެއް އުޅޭތީ އެ އިންޖެކްޝަންގެ ވަކި ބެޗުތަކެއް ބޭނުންކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ (Ranitidine Injection) Aciloc ގެ ބެޗަކުން ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ޕްރޮޑަކްޓްގެ ބެޗް ނަންބަރު RP21311 ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.
“އެހެންކަމުން މި ބޭހުހެ މި ބެޗް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން މި އޮތޯރިޓީގެ ހޮޓްލައިން ނަމްބަރ 7200321 އަށް އެންގެވުން އެދެން.“
ހަމައެހެންމެ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު, ޚާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ގެންދާނެކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.