އެމްއާރުއެމަށް ސިޔާސީ ހަރަކާތް ހިންގުމުގެ ހުއްދަ ނުދިނަސް މައުމޫނުގެ ސިޔާސީ ހަޔާތް ނުނިމޭނެ

Loading

Facebook
Twitter
WhatsApp

އެމްއާރުއެމަށް ސިޔާސީ ހަރަކާތް ހިންގުމުގެ ހުއްދަ ނުދެއްވިޔަސް ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ސިޔާސީ ހަޔާތުގެ ބައްތިއެެއް ނުއްނިވޭނެއެވެ.

ރައީސް މައުމޫނަކީ އަމިއްލަފުޅު ސިޔާސަތު ތަކެއް ގެންގުޅުއްވި ޒައީމެކެވެ. ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވީ ވެސް އެމަނިކުފާނުގެ ސިޔާސީ ވިސްނުންފުޅުގެ ބޭނުންފުޅު ހިއްޕަވައިގެންނެވެ.

ުރައީސް މައުމޫނުގެ އިސްލާހީ ހަރަކާތް ހިންގުމަށްޓަކައި ސިޔާސީ ތިން ޕާޓީއެއް އިލެކްޝަން ކޮމިޝަނުން ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ.

ރައީސް މައުމޫންގެ ޒައާމަތުގައި އެމަނިކުފާނުގެ ހިކުމަތު އަމަލީ ބޭނުންފުޅު ކުރައްވައިގެން ރައްޔިތުން މަތަކުރެއްވިއެވެ. ދައުލަތާ ދެކޮޅަށް އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކަށް އެމަނިކުފާނު ކުޑަވެސް ފުރުސަތެއް ނުދެއްވައެވެ.

ރައީސް މައުމޫނުގެ ކޮއްކޯފުޅު ޔާމީން ޢަބްދުލްޤައްޔޫމުގެ ސިޔާސަތާ ގުޅުން ހުރި ނަމަވެސް މައުމޫނު ގެންދެވީ ވިސްނުންތެރިކަމާއެކު ގައުމުގެ މަސލަހަތަށް ބައްލަވައިގެން އެމަނިކުފާނުގެ ސިޔާސަތު ހިންގަވަމުންނެވެ.

މިގޮތުން 30 އަހަރު ދުވަހުގެ ދިގު ވެރިކަމެއް ކުރެއްވި ބޭފުޅެއްގެ ސިޔާސީ ބަސް ބުނުމުގެ ހުއްދަ ބާތިލޔކުރުމަކީ ހުތުރުކަން ބޮޑު އަމަލަކަށް މެނުވީ ނުވާނެއެވެ.

ރައީސް މައުމޫން ވަނީ އޮބިއަޅުއްވައިގެން ވިއަސް 30 އަހަރުގެ ދިގު ރާސްތާއެއްގައި ރައްޔިތުން އޮބަހައްޓައިފައެވެ. މި ސިޔާސަތަކީ މުސްތަގުބަލުގެ ވެރިކަމަކަށް ވެސް މުހިންމު ސިޔާސަތަކަށް ވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް