މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވައިލަން އިލެކްޝަން ކޮމިޝަނުން ނިންމީ ގާނޫނީ ތަރަހައިން ބޭރުން ކަމަށާއި އެ ނިންމުމުގެ މައްޗަށް ކުރި ހޯއްދަވާނެކަމަށް އެ ޕާޓީގެ ރައީސް ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ފާރިޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވައިލެއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމަވައި އެކަން މިއަދު އަންގަވާފައިވާ ކަމަށެވެ.
ފާރިޝް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން ގާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމަށެވެ. މިކަމުން އަންގައިދެނީ ގައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިއްޕާލާފައިވާ މިންވަރު ކަމަށާއި ގައުމުގައި ގާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރުކަމަށް ވެސް ފާރިޝް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ ހައްގުގެ މަގުގައި އަޅުގަނޑުމެން ސާބިވެ ތިބެ ގާނޫނީ އިމުން ބޭރުން ނިންމަވާފައިވާ މި ނިންމެވުމުގެ މައްޗަށް އަޅުގަނޑުމެން ކުރި ހޯދާނަން. ފަސާދައާއި ނާޖާއިޒު މަންފާ ހޯދުމަށް ހިންގޭ ސިޔާސީ މިފަދަ ހުތުރު އަމަލުތަކުން ސަލާމަތްކުރުމަށް އަޅުގަނޑުމެންގެ ޕާޓީގެ ލޮބުވެތި މެންބަރުންނާއި އަދި ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ސާބިތުކަމާއެކު ދެމި ތިއްބަވައި މި މުހިއްމު މަސައްކަތުގައި އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަން.“ ފާރިޝް ވިދާޅުވިއެވެ.
އީސީން އެމްއާރްއެމް އުވައިލަން ނިންމީ މެންބަރުން ހަމަކުރުމަށް ދެވުނު 3 މަސްދުވަހުގެ މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީއެވެ.
މިއަދުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް ވެސް އީސީން ވަނީ އަންގާފައެވެ.
2 Responses
ކަލޯ އަގަނުތހޅާ ތިންހާސް ހަމަކޮއްބަލަ
ހަމައެންމެގޮތެއް އޮތީ. އެއީ އިބޫކާރީ މަޢާފަށް އެދި ކޯލިޝަން ހަދާލާ. އޭރުން އަދާލަތަށްވެސް ވެދެއްވި އެނހީ ވެދެއްވާނެއެވެ. 10000 މީހުންވެސް ހަމަ ކޮށްދެއްވަފާނެއެވެ.