އެމެރިކާގެ މި ކުދިންގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ޖޯޒީ (6 އ) އާއި ބަރތާ (6 އ) އަދި ސޯފީ (10 އ)، އަކީ މީގެ 119 އަހަރުކުރިން 1904 ގައި މެޖިއޯނީ ކޭނިންގް ކޮމްޕެނީގައި މަސައްކަތްކުރި ތިން ކުދިންނެވެ.

ފަތިހު ހަތަރެއް ޖަހާއިރު ދުވަހުގެ މަސައްކަތް ފެށޭއިރު، ހަފްތާއަކު އާމްދަނީގެ ގޮތުގައި ލިބެނީ ނުވަ އެމެރިކާ ޑޮލަރާއި ފަނަރަ އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދެކެވެ. ސޯފީ ކޮންމެ ދުވަހަކު 6 ތެލީގެ އިތާ ތައްޔާރުކުރާނެއެވެ. 

”އޭނާ ސްކޫލަކަށް ނުދާނެ. އަބަދު މަސައްކަތް ކުރާނީ.“ ސޯފީއާއެކު މަސައްކަތްކުރި އޭނާގެ މަންމަ ކިޔައިދީފައިވެއެވެ.

މިފަދަ ފޮޓޯތަކުގެ އެހީގައި އެތައްހާސް ކުދިންނެއް ތަހައްމަލުކުރަމުންދިޔަ ދެރަ އަދި ރަހުމުކުޑަ މަސައްކަތު މާހައުލުތައް, ލުވިސް ހައިން ވަނީސަމާލުކަމަށް ގެނެސްފައެވެ.

އޭނާ ބުނެފައިވަނީ، މި ކުދިންނަކީ އަމިއްލައަށް ހިނގެން ފެށީއްސުރެ ބުރަ މަސައްކަތް ކުރަމުން އަންނަ ކުދިން ކަމަށާއި، މި ކުދިންނަށް އާމްދަނީ ލިބެނީ ހުސްކުރެވޭ އިތާ ބާލިދީގެ އަދަދަށް ބަލާފައި ކަމުގައެވެ. 

”އެންމެ ތުއްތުކުދިން ލައްވައި ވެސް މަސައްކަތް ކުރުވާ. ފަތިހު 3:30 އިން ހަވީރު 5 ޖަހަންދެން މަސައްކަތް ކުރުވާ.“ ހައިންސް ނެގި ފޮޓޯއަކާ ބެހޭގޮތުން އޭނާ ލިޔެފައިވެއެވެ.

ހައިންސް ވަނީ ބޯޓުދެލި ނަގާ މައިންތަކުގަޔާއި ކާރުޚާނާތަކުގައި މަސައްކަތްކުރާ ކުޑަކުދިންގެ ފޮޓޯ ނަގަމުން، އެމެރިކާގެ ޗިކާގޯއިން ފްލޮރިޑާއާއި ދެމެދު ފަންސާސް ހާސް މޭލު ކަޑަތުކޮށްފައެވެ. 

ކުޑަކުދިން ލައްވައި ކުރުވާ މަސައްކަތާމެދު އާންމުންގެ ސަމާލުކަން އިތުރުކުރުމަށް އޭނާ ނެގި ފޮޓޯތަކުގެ ސަބަބުން އޭރު އެމެރިކާގައި މިކަން ފެތުރިފައި އޮތް މިންވަރުގެ ބޮޑުކަން ފޮޓޯތަކުން ދައްކުވައިދެއެވެ.

މިކަމަށް އާންމުންގެ ސަމާލުކަން ލިބުމުގެ ނަތީޖާއަކަށްވީ ކުޑަކުދިން ލައްވައި ކުރުވާ މަސައްކަތާއި ދެކޮޅަށް މަސައްކަތްކުރުމަށް 1904 ވަނަ އަހަރު ނެޝަނަލް ޗައިލް ލޭބަރ ކޮމިޓީ ފަދަ ޖަމިއްޔާތައް އުފެދިގެން ދިޔުމެވެ. 

Loading

One Response

  1. އޯ ޔޫ އެމެރިކާ. ތިބާގެ ޑިމޮކްރެސީއާއި ދެފުއްކެހެރިކަން ދެކެނަލާށެވެ. އަބަދުވެސް އެހެން ގައުމުތަކަށް ފާޑުކިޔާ އިނގިލި ދިއްކުރާނެއެވެ. ސަހަރޯހީވެއްޖެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް