އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުން އާ ސިޔާސީ ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފިއެވެ.
އާ ޕާޓީ ހަދަން ހުށަހެޅީ “ދަ ޑިމޮކްރެޓްސް“ ގެ ނަމުގައެވެ. ނަމަވެސް ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅީ ކިތައް ފޯމުކަމެއް އަދި ސާފެއް ނުވެއެވެ.
އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ އެމްޑީޕީން ވަކިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރެވެ.
އާ ޕާޓީ އުފައްދަން ހުށަހެޅި ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ.
ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ވެސް ނިންމާފައެވެ.