ތުރުކީގެ އިންތިޚާބުގައި އިދިކޮޅު ޕާރޓިތަކަށް މިވީ ކީއްތަ !

Loading

May 18, 2023
profile
Facebook
Twitter
WhatsApp


މިމަހުގެ 14 ވަނަދުވަހު ތުރުކީގައި ބޭއްވުނު ޢާންމު އިންތިޚާބަކީ އުސްމާނީ ވެރިކަމަށްފަހު މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި އަދި އާދަޔާޚިލާފް އިންތިޚާބެވެ. އެއްކޮޅުން ވާދަކުރެއްވީއިސްލާމީވަންތަކަން ތުރުކީގައި ދެމެހެއްޓުމަށް ވަކާލާތު ކުރައްވަމުންގެންދަވާ މިހާރުގެ ރައީސް އުރުދުޣާނެވެ. 

ހުޅަނގުގެ ގައުމުތަކުން ދެކޭގޮތުގައި ސައްދާމް ހުސޭނު ވެރިކަމުން ދޫކުރަން ބޭނުންކުރި އުކުޅުތައް ނޫން އެހެން އުކުޅުތަކެއް ބޭނުން ކޮށްގެންވެސް އެމީހުން ދެކޭގޮތުގައި ވެރިކަމުން ދުރުކުރަން ޖެހިފައިވާ އިސްލާމީ ލީޑަރެކެވެ. 

އެހެނީ އެމީހުންގެ ބަހަށް ނުހެއްލި ބޮޑާ ދައްކާތީއެވެ. ދެން ވާދަކުރެއްވީ ހުޅަނގުހެ ހުރިހާ ރުހުމަކާއި ތާއީދެއް ލިބިވަޑައިގެން ހުންވެ ކަމާލް ކިލިޖްދަރޯލޫ އެވެ. ހުޅަނގުން ބޭނުންވާ ކޮންމެ މިސްރާބަކަށް ގައުމުދުއްވަން ތައްޔާރަށް ހުންނެވި ދީނެއް މަޒްހަބެއް ގަބޫލުނުކުރައްވާ ފަލްސަފާ އެއްގެ މާލިމީއެކެވެ.                                                              

ކޮންމެކަމެއްގައިވެސް މީހެއްގެ ހިތްވަރު އެލުވާލުމަށްޓަކައި ބޭނުންކުރެވިދާނެ ވަސީލަތްތައް ބޭނުންކުރުމަކީ އޭގެ އަސަރު ކުރާނެކަމެކެވެ. އެހެންނަމަވެސް ތިމާއަށް ލިބޭނީ މާތް ﷲ އިރާދަކުރެއްވި މިންވަރަކާއި އެއްޗެއްކަމަށް އީމާން ވެގެން ހުންނަ މީހަކަށް އެކަން ފުދޭނެއެވެ.                              

ތުރުކީގެ އިންތިޚާބުގައި ހުޅަނގުގެ ވަސީލަތްތަކާއި މީޑިއާއިން ކުރެވުނު ކޮންމެ ކަމެއް ރައީސް އުރުދުޣާން ހޮވުނަނުދިނުމަށް ކުރަން ތައްޔާރަށް ތިބިއިރު އިންތިޚާބުގެ ނަތީޖާ އެމީހުން ޔަގީންކޮށްގެން ތިބި ގޮތާއި ދިމާ އިދިކޮޅަށް މި ފެނުނީ ކީއްވެގެންތޯ އެމީހުންކުރި ދިރާސާތައް ސަންދާނުގެ ދުރުމިންވެސް ބަލާލަމާހެއްޔެވެ؟                                    

އިންތިޚާބު ފުރަތަމަބުރުން ކާމިޔާ ކުރުމަށްޓަކައި އުދުޣާނަށް މަދުވެފައިވަނީ ވަރަށް މަދު ވޯޓުކޮޅެކެވެ. އިދިކޮޅު ކިލިޖްދަރޯލޫގެ އިންތިޚާބީ މޮޅު އުކުޅުތަކާއި އިނގިލިތަކުގެ ނިޝާނުން މިއީ ދެހަށިގަނޑެއް ނަމަވެސް އެއްހިތެއްކަން އަންގާދިނުމަށްޓަކައި ރައްޔިތުންނަށް ދެއަތުގެ އިނގިތަކުން ހިތުގެ ނިޝާން ދެއްކުމުންނާއި ވޯޓުތައް ބައިބައިކޮށްލުމުގެ ނިޔަތުގައި ދިވެހިންގެތެރޭގައިވެސް މަޝްހޫރުވިފަދައިން %5 ވޯޓު ލިބުނު ކެންޑިޑޭޓުން ބޭނުން ކޮށްގެންވެސް އުރުދުޢާނާ ކައިރިއަށްވެސް ނާދެވުނެވެ.އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން އިންތިޚާބު ކާމިޔާބު ނުކުރެވުނުކަން ގަބޫލު ކުރަމެވެ. އެކަމަކު 74 އަހަރުގެ އިދިކޮޅު ލީޑަރަށް ތަސައްވުރު  ކުރެވުނީ ރިޔާސީ އިންތިޚާބަކަށް އަދި އެމަނިކުފާނު އަރާ އަރަފޯދިގެން ނުވާކަމަށާއި އޭގެކުރިން ކައުންސިލަރަކަށް ވުން ބުއްދިވެރިކަމަށެވެ. އެހެންނަމަވެސް ސަޕޯރޓަރުން ގާތު ވިދާޅުވީ ހާސްނުވުމަށެވެ.                    

އޭ. އެފް. ޕީން. އިންވެސް ދެކޭގޮތުގައި އާދިއްތަދުވަހު އެންމެ އަޖައިބު ކުރުވަނިވި ކަމަކަށް ފެނިގެންދިޔައީ އިދިކޮޅުން ފަތުރަމުން ގެންދިޔަ އިގްތިސާދީ ރޭވުންތަކުގެ ދޯހަޅިކަމެވެ. ބިލްކްލިންޓަންގެ ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު ލަފާދެއްވަން ހުންނެވި ޖޭމްސް ކާރވައިލް ވިދާޅުވެފައިވަނީ އިގްތިސޯދޭ ކިޔައިގެން އޮތީ ހަޑިހާވާފާ ކަމަށެވެ.

ތުރުކީގެ ރިޔާސަތަށް 1990 ވަނައަހަރު އުރުދުޣާން ނިކުންނެވީއެގައުމުގެ އިގްތިސޯދު ވަރަށް ބޮޑަށް އަރިއަޅާލާފައިވާ ދުވަސްވަރެއްގައެވެ. މިއަހަރު އިންތިޚާބަށް ނިކުތްއިރު އެ އަދަދކީ ރަސްމީގޮތުން 85% އެވެ. އެކަމަކު ތުރުކީގެ ގިނަ ރައްޔިތުންވެސް ގަބޫލުކުރަނީ ރަނގަޅު އަދަދަކީ %200 ކަމަށެވެ. މިއަދަދު ތިރިކުރުމުގެ ބަދަލުގައި އުރުދުޣާން ވިސްނުންފުޅު ގެންގުޅުއްވާފައިވަނީ ރައްޔިތުންނަށް ބޭނުންވާ މަދަދާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މުސާރަބޮޑުކުރުން ކަހަލަ އުކުޅުތަކެވެ.

މިގޮތުގެ މަތިން ކުރެވުނު ހޭދަ އެތައްބިލިއަން ޑޮލަރަކަށް އަރާނެކަމަށް ތަޖްރިބާކަރުން އަންދާޒާކުރެއެވެ. އެންމެފަހުން ސިވިލް ސަރވިސްގެ ހަތް ލައްކަ މީހުންނަށް %45 މުސާރައި ކުރިއެރުމެއް ދިނުމަށް ކުރި ވައުދުވެސް ބޭކާރުވެގެންނެއް ނުދިޔައެވެ. އަދި ފެބްރުއަރީގައި މެދުވެރި ބިންހެލުމުގައި ހާލުގައި ޖެހި ގެދޮރު ގެއްލިފިވާ މީހުންނަށް ވީހާވެސް އަވަހަކަށް ގެދޮރުގެ ކަންތައް ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވުން އެމީހުންވެސް ގަބޫލުކުރިއެވެ. ބިންހެލުމުގައި ޙާލުގައި ޖެހުނު މީހުންގެ ހުރިހާ ސަރަޙައްދެއްގައިވެސް ރައީސް އުރުދުޣާނަށް ވަރަށްބޮޑު ތަރުޙީބެއް ލިބުނެވެ.                                         

ތުރުކީގައި ކުރުދީ ނަސްލުގެ މީހުންނަކީ ވޯޓުގެ ނިސްބަތުން %10 އެވެ. ފުރަތަމަ ދެ ދައުރުގައި އެމީހުންވެސް ރައީސް އުރުދުޣާނަށް ތާއީދުކުރިއެވެ. އެހެންނަމަވެސް އެމީހުންގެ މައްސަލަތަކަށް ރައީސް އުރުދުގާން ފަރުވާލެއް ނުބަހައްޓަވާ ކަމަށްބުނެ އެމީހުންގެ ތާއީދު އަނބުރާ ގެންދިޔައީއެވެ. މިފަހަރުގެ އިންތިޚާބުގައި ކުރުދީންވެސް ކިލިޖްދަރޯލޫއަށް ތާއީދުކުރަން ނިންމުމުން މުޙައްލިލުންވެސް ގަބޫލުކުރީ އެބޭފުޅާއަށް އިންތިޚާބުގައި ކުރިއެރުން ލިބޭނެކަމަށެވެ.

އެހެންނަމަވެސް ރައީސް އުރުދުޣާނުގެ ސިޔާސީ ތަޖްރިބާ ބޭނުންކުރެއްވީ މުޅިން އެހެން ގޮތަކަށެވެ. ގައުމާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ އިދިކޮޅު ލީޑަރުން އަމުރުތައް ނަންގަވަނީ ކުރުދީ މިލިޝިޔާއިން ކަމަށެވެ. ސަރުކާރުންދެކޭ ގޮތުގައި ކުރުދީ މިލިޝިޔާއަކީ ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ. 

އެހެންވީމާ ރައީސް އުރުދުޣާންގެ ވިދާޅުވުން ގަބޫލުކުރަން ރައްޔިތުންނަށް އުނދަގުލެއް ނުވިއެވެ. ބައެއް އާންމު ރައްޔިތުން ބުނަމުން ގެންދާގޮތުގައި އިދިކޮޅުން އިންތިޚާބު ކާމިޔާބު ކޮށްފިނަމަ ތުރުކީގައި ވެރިކަންކުރާނީ ޕީ ކޭ ކޭ އިންނެވެ. އެއީ ތުރުކީއަށް އޮތް އެންމެ ނުރައްކާތެރި ގޮތްކަމަށެވެ. 

މިއަންނަ މޭ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުގެ އިންތިޚާބު އުރުދުޣާނަށް ކާމިޔާބު ކޮށްދިނުމުގައި ރައްޔިތުންގެ ތެރޭގައިތިބި މި ވިސްނުމުގެ މީހުންގެ ވޯޓު ވަރަށް މުހިންމު ބައެއް އަދާކުރާނެއެވެ. މިސާލަކަށް އިންތޚާބުގައި 5% ވޯޓު ލިބިވަޑައިގެންނެވީ ސިނާން އޮގާނަކީ ރައީސް އުރުޣާނުގެ ސަރުކާރުގައި ކުރިން ބައިވެރިވެފައިވާ ބޭފުޅެކެވެ. އަދި ކިލިޖްދަރޯލޫ އަށްވުރެން މާގާތްގުޅުމެއް ރައީސް އުރުދުޣާނާއެކު ސިނާން ގެންގުޅުއްވާކަމަށްވެސް ބެލެވެއެވެ.                           

ތުރުކީގެ ބައެއް މުޙައްލިލުން ހާމަކުރައްވާގޮތުގައި 1990 އަހަރުން ފެށިގެން ތުރުކީގެ ރައްޔިތުން ގައުމިއްޔަތަށް ވަރަށްބޮޑު އިސްކަމެއް ދެމުންގެންދާކަން އެއީ އިންކާރު ކުރެވެން ނެތް ޙަގީގަތެކެވެ. އާދީއްތަ ދުވަހުގެ އިންތިޚާބުގައި އެ ވިސްނުމުގެ ރައްޔިތުން %22 ވޯޓު ކާމިޔާބު ކުރިއެވެ. ސިނާން އަކީވެސް އެފިކުރުގެ ބޭފުޅެކެވެ. އެހެންވީވާ އިންތިޚާބުގެ ދެވަނަ ބުރުގައި ސިނާންގެ ތާއީދު އިދިކޮޅު ސެކިއުލަރވިސްނުމުގެ ބޭފުޅާއަށް ލިބިދާނެކަމަކަށް ނުބެލެވެއެވެ.                                                               

ކޮންމެއަކަސް އާދީއްތަ ދުވަހުގެ ރެއިންފެށިގެން އިދިކޮޅުމީހުންގެންދަނީ ވޯޓާބެހޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެކަމަކު އެމީހުންގެ ހިތްހަނުޖެހުމަކީ އެމީހުންގެ ތެރޭގައި އޮތް މައްސަލައެއްތޯ ނުވަތަ އެހެން މައްސަލައެއްތޯވެސް މިހާތަނަށް ރައްޔަތުންނަށް ބުނެދޭކަށް ނޭގުނެވެ. ބެލެވޭގޮތުގައި ދެވަނަ ބުރުގައި 55% އަށްވުރެ މަތީ ނަތީޖާއަކުން 2023ގެ އިންތިޚާބު ރައީސް އުރުދުޣާންގެ އޭ.ކޭ ޕާޓީން ކާމިޔަބު ކުރާނެއެވެ.                                    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް