އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
އެ ހުރިހައި މެންބަރުންގެ އިތުރުން ޕާޓީން ވަކިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވެސް ހިމެނިވަޑައިގަންނަވައެވެ.
ޕާޓީން ވަކިވެވަޑައިގަތް މަޖިލިސް މެންބަރުން:
މަޖިލީހުގެ ނައިބު ރައީސް އީވާ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި).
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) .
ވިލިފުށި ދާއިރާގެ މެމްބަރު ޙަސަން ޢަފީފް.
އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) .
ކުޅުދުށްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް.
މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން.
ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން (ގިޓާ) .
ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޒާހިރު.
މައްޗަންގޯޅި އުތުރު ދާއިރާގެ މުޙައްމަދު ރަޝީދު (ބޯދިގު) .
މީގެތެރެއިން ޙަސަން ލަޠީފާއި އިމްތިޔާޒު ފަހުމީ (އިންތި) އާއި އިލްޔާސް ލަބީބާއި ޔާސިރު ޢަބްދުއްލަޠީފް އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ ތަކުރާރުކޮށް ޕާޓީގެ ވިޕްލައިނާ ޚިލާފަށް އަމަލުކުރައްވާ މައްސަލާގައި ޕާޓީން ވަކިކުރުމުގެ ކުރިން އެންމެ ފަހުގެ ފުރުސަތު އެ މެމްބަރުންމަށް ދިނުމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނިކޮށެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެމްޑީޕީން ވަކިކޮށް, އެއް އަހަރު ވަންދެން ޕާޓީއަށް އަނބުރާ ނުވަދެވޭ ގޮތަށް ނިންމައިފައެވެ.
5 Responses
ތިޔަފިކުރުގެ އާލާތުން ވަކިވީމާ އަލްޙަމްދުލިﷲ
އަދިބާކީ ހުރި އަންނިސޮރު ވަކިކުރޭ އަވަސްއަވަސް
އަދި ބާކީ ހުރި އަންނިސޮރުވެސް ވަކިކުރޭ އަވަސް އަވަސް
އެބަ ރަނގަޅުވޭ. އެހެނަސް ނަޝީދަށް ޓްރަސްޓް ކުރަން ހެޔޮނުވާނެ
ގައުމުގައި ތިބި ހުރިހާ އެލްގީބީޓީ ތަކާއި ހިނދުކޮޅު ގްރޫޕް އެއްވެގެން ސެކިޔުލަރ ޕާރޓީއެއް ހެދުމުން އަހަރުމެންނަށްވެސް ވަރަށް ސާފުކޮށް މިބައިގަނޑު ވަކިވީއެވެ. ތިޔައީ މާރަގަޅު ގޮތެކެވެ. ދެރައީ ތިންހާސްވެސް ހަމަ ނުވާނެތީއެވެ.