މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

Loading

Facebook
Twitter
WhatsApp

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 12 އިން ފެށިގެން ދ.ކުޑަހުވަދޫ/ދިލްކަޝްވިލާ ޢަލީ ޢާތިފް ސާފީ (30އ) ގެ ޚަބަރެއް ނުވެ އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އޭނާގެ ފޮޓޯ އާންމުކޮށް ފުލުހުންގެ މީޑިއާގައި ވިދާޅުވެފައިވަނީ ޢަލީ ޢާތިފް ސާފީ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ޢާތިފް ހޯދިފައިނުވާ ކަމަށެވެ.
 
އެހެންކަމުން ޢަލީ ޢާތިފް ސާފީ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް