މާލޭގެ މަގުތައް ބަލަހައްޓަން 78 “މަގުފާރަވެރިން“ ނުކުމެއްޖެ

Loading

Facebook
Twitter
WhatsApp

މާލެ ސިޓީގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް “މަގުފާރަވެރިން“ ގެ ގޮތުގައި 78 މުވައްޒަފުން ނަގައި މަގުތައް ބެލެހެއްޓުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ރޭ އެ މުވައްޒަފުންނާ ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އަލަށް އުފެއްދި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ ބޭނުމަށް މާލެ 08 ޒޯނަކަށް ވަނީ  ބަހާލައިފައެވެ. ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއާއެވެ.

ސިޓީ ކައުންސިލުން ހާމަވެރި ގޮތުގައި 78 މަގުފާރަވެރިންގެ ތެރޭގައި ހިމެނެނީ 60 ފިރިހެނުންނާއި 18 އަންހެނުންނެވެ.

ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ޔުނިޓުގެ މުވައްޒަފުންގެ ޒިންމާއަކީ އާންމުންނަށް އުނދަގޫވާ ގޮތަށް ހުރި ކަންކަން ބަލައި އިސްލާހުކުރުމެވެ. އެ ކަންކަން އިސްލާހު ކުރަނީ އެކަމެއް ރައްދުވާ ފަރާތަކާ ގުޅިގެން ވާހަކަ ދައްކައިގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މުވައްޒަފުންގެ ޒިންމާތަކުގެ ތެރޭގައި މަގުމަތީގައި ކުނިބުންޏާއި ޕެލެޓާއި ބަހައްޓާފައި ހުރޭތޯ ބެލުމާއި މުދަލާއި އެހެނިހެން ތަކެތި ގަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރޭތޯ ބެލުމާއި ޕާކްކުރުމުގެ މައްސަލަތައް ބެލުމާއި ޓްރެފިކް ކަންކަން ބެލެހެއްޓުމާއި އިމާރަތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ފަދަ ކަންކަން ހައްލުކުރަން މަސައްކަތް ކުރުން ހިމެނެއެވެ.

މިކަން އިފްތިތާހު ކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެއީ ބޮޑު ޒިންމާއަކާ އެކު އަލަށް ފަށާ ކަމެއް ކަމަށާއި އެއީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށެވެ.

މޭޔަރ ވިދާޅުވީ ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މާލެ ސިޓީ ކައުންސިލުން މި ބިޔަބޮޑު މަސައްކަތް ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަމަށެވެ. މި ކަމުގެ ސަބަބުން ގިނަ ދިވެހިން ތަކަކަށް ވަޒީފާ ލިބިގެން ގޮސްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އޮޕަރޭޝަންސް މެނޭޖަރު ސައުދީ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އަލަށް ފެށި މަސައްކަތުގެ ސަބަބުން މާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ ތަނަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިއީ މުޅިން އަލަށް ފަށާ ކަމަކަމަށް ވުމުން ހައްލު ކުރަން ޖެހޭ ކަންކަމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށާއި އާ ކަންކަމާ ކުރިމަތިލައްވައި ކައުންސިލުން އަދާކުރުމަށް އަންގާފައިވާ މަސްއޫލިޔަތު އަދާކުރެއްވުމުގައި ދެމިހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Loading

One Response

  1. މީހުންވާނީ ގިނަ. ކުރެވޭ މާބޮޑު ކަމެއް ނުފެންނާނެއެވެ. ކަދުރު ރުށްޖަހާފަ ބޮކިދިއްލާ ބޯގަންވިލާ ޖެހުނީމާ އެވީއެވެ. މަގުތަކުން ސައިކަލް ގަނދު ދުއްވާލެވޭވަރަށް ވުރު އަޑިގަނޑު ގިނަވެސްޖެއެވެ. ވާރޭކޮޅެއް ވެހިލާއިރަށް މަގުމަތީ ޑިންގީ ދުއްވޭނެއެވެ. ކުކުޅައްވުރެ ބިސްތޮށިނުވާށޭ ބުނޭނޫންހެއްޔެވެ. ކޮންމެދިމާލަކަށް ބަލާލިޔަސް ރައްޔަތުންގެ ޓެކްސްފައިސާ ތަޅާބުރުވަނީއެވެ. އެމީހާ އަށާއި އެމީހާގެ ސަޕޯޓަރުންނަށް ފޮނި އަރާމު ދިރިއުޅުމެކެވެ. ދައްކަނީ ރައްޔަތުންގެ ވާހަކައެވެ. މއީ ޢަޖައިބެއްކަހަލަ ރައްޔަތަކު އުޅޭ ގައުމެކެވެ. އަމިއްލަ އަތުން ވައްކަން ކޮށްގެން އޭގެން 10% ދިނަސް ވޯޓްދޭނެއެވެ. ވީމާ ރައީސްމީހާ އެވިދާޅުވާހެން މޮޅުވާނެ ފޮމިއުލާ އޮތީ އޭނަ އަތުގައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް