އުކުޅަހަށް ބަނގުރާ ބާލައި ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ ފަޅުން ނެރެން އަމުރުކޮށްފި

Loading

Facebook
Twitter
WhatsApp

އއ.އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް ތުހުމަތުކުރެވޭ ސަފާރީ 24 ގަޑިއިރު ތެރޭގައި އެ ރަށު ފަޅުތެރެއިން ނެރެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

އުކުޅަހު މެޖިސްޓްރޭޓް ކޯޓުން ވިދާޅުވީ އެފަދަ އަމުރެއް ނެރުނީ އެ ރަށު ކައުންސިލުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެގޮތުން ސަފާރީ އެ ރަށު ފަޅުތެރެއިން ނެރެން އަމުރު ނެރުނީ ރޭގައެވެ. 24 ގަޑިއިރަށް ނެރުނު އެ އަމުރުގެ މުއްދަތު މިރޭ 22:00 ގައި ހަމަވާނއެވެ.

އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް އެ ރަށު މީހުން ތުހުމަތުކުރަނީ “ޒެޑް ކްރޫޒް“ ނަމަކަށް ކިޔާ ސަފާރީއަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އުކުޅަހު ބަނދަރުގައި އެ ސަފާރީ އެޅުމުގެ ހުއްދަ އެ ރަށު ކައުންސިލުން ދީފައިވަނީ މި މަހުގެ 02 ވަނަ ދުވަހުއެވެ.

ކައުންސިލުން ހުއްދަދިނީ ސަފާރީ މަރާމާތުކުރަން ބޭނުންވެގެން ކައުންސިލަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެންނެވެ.

އެ ސަފާރީން ރަށަށް ބަނގުރާ ބާލައި އެ ތަކެތި ވިއްކާ ކަމަށް ބުނެ އެކަން ހައްލުކޮށްދިނުމަށް ރައްޔިތުން ކައުންސިލުގައި އެދުނެވެ. ނަމަވެސް ކައުންސިލުން އެކަމާ އަޅައިނުލާކަމަށް ބުނެ ރައްޔިތުންގެ ތެރެއިން ބަޔަކު މިދިޔަ ބުދަ ދުވަހު ވަނީ މުޒާހަރާކޮށްފައެވެ. ޖެހިގެން އައި ދުވަހު ކައުންސިލުގެ އިދާރާއަށް ވަނީ ބޮއްކުރައެއް ވެސް ވައްދައިފައެވެ.

އުކުޅަހު ރައްޔިތުންގެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ވަނީ ސަފާރީ ބަލައި ފާސްކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އުކުޅަހަކީ ގެސްޓުހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ރަށެކެވެ. މީހުން އުޅޭ ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރިއަށް ހުއްދަ ދިނަސް ބަނގުރާ ވިއްކުމަކީ މަނާކަމެކެވެ.

Loading

One Response

  1. ތިކަމާ ޖާބެ އާއި ކުރުސީ ވަރަށް ރުޅިގަދަވާނެއެވެ. ޖާބެ އާއި ކުރުސީ ނަންވާނީ ގިނައީ ހަމަ އެކަހަލަ ރުޅިގަދަވާނެ މީހުނެވެ. ދީނައްޓަކާއި ގޮވި މީހުންތައްވެސް އެ ފައިސާއިން އަރާމުގައި އުޅެވޭތީ މިހާރު ވަރަށް އޯކޭ އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް