މާދަމާ ( އާދީއްތަ ދުވަހު ) ތުރުކީގެ ރިޔާސީ އިންތިޚާބަށް ވާދަކުރަން ނިންމަވާފައިވާ އިދިކޮޅު އެއް ކެންޑީޑޭޓަކު އެބޭފުޅާގެ ނަން އަނބުރާ ގެންދަވައިފިއެވެ.
އޭ އެފް ޕީ އިން ބުނެފައިވާގޮތުގައި އިދިކޮޅު ކެންޑިޑޭޓް މުޙައްރަމް އިންޗޭ ރިޔާސީ އިންތިޙާބުގައި ވާދަ ނުކުރައްވަން ނިންމެވީ އެބޭފުޅާގެ އޮރިޔާން ވީޑިއޯއެއް އިސްރާއީލުން ހާމަކުރުމާއި ގުޅިގެންނެވެ.
މިކަމާގުޅިގެން މުޙައްރރަމް ވިދާޅުވީ އެބޭފުޅާގެ ކެންޑިޑެސީ އަނބުރާ ނެގީ އަބުރު ކަތިލަން ބަޔަކު މަސައްކަތްކުރާތީ ކަމަށެވެ. އިސްރާއީލުގެ އޮރިޔާން ވެބްސައިޓްގައި އެހުރީ އެހެންމީހެއްގެ ބޮލުގެ ބަދަލުގައި އަހަރެންގެ ބޯ ޖަހާފައި ކަމަށެވެ.
އެބޭފުޅާ ވާދަނުކުރަން ނިންމެވުމަކީ އިދިކޮޅު މައި ކެންޑިޑޭޓް ޖަމާލު ކިލިޗްދަރޯގްލޫ އަށް ލިބުނު ވަރަށް މޮޅު ފުރުސަތަކަށް ވާނެއެވެ. މީގެ ކުރިން މުޙައްރަމްގެ ސަބަބުން އިދިކޮޅު ވޯޓުތައް ބެހެވިގެން ދާނެކަމަށް އޮތީ ބެލެވިފައެވެ. އިޒްރޭލުން މިއިންތިޚަބަށް ނުފޫޒްފޯރުވުމަށްޓަކާ ސަޕޯޓްކުރަނީ ޖަމާލް އަށެވެ. އެހެނީ އުރުދުޣާން އަކީ ވަރަށް ފައުޅުގައި އިޒްރޭލަށް ގޮންޖައްސަވާ ފަލަސްތީނަށް ސަޕޯޓްކުރާ އަދި އެންމެގިނަ ފަލަސްތީނުގެ ރެފިއުޖީންއަށް ގެދޮރުދީ ކާންދީން ބަލަހަށްޓަވާ ޒަޢީމުކަމަށް ވާތީއެވެ.
އިންތިޚާބުގެ ފޯކަސް އަމާޒުވެފައިވާ ދެކެންޑިޑޭޓުންނަކީ މިހާރުގެ ރައީސް އުރުދުޣާނާއި އިދިކޮޅު ލީޑަރ ޖަމާލް ކިލިޗް ދަރޯގްލޫ އެވެ. އިދިކޮޅު ފަރާތްތަކުން ގެންދަނީ މުޙައްރަމް އިންޗޭ ގެ ކެންޑިޑެސީ އަބުރާގެންދިއުމުން އުފާފާޅުކުރަމުންނެވެ.
އިންޗޭއަށް ދައުވަތު ދެމުން ޖަމާލު ކިލިޗްދަރޯގްލޫ ވިދާޅުވެފައިވަނީ ޒާތީ ތައައްސަބު އެއްފަރާތްކޮށްފައި އަހަރެމެންނާއި ގުޅިގެން އެކުގައި މަސައްކަތްކުރަން އައުމަށެވެ.
އަންކާރާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވީ އިންޗޭއަށް އިންތިޚާބުގައި ވާދަނުކުރެވޭގޮތް މެދުވެރިވުމުން ހިތާމަކުރައްވާ ކަމުގައެވެ.
ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އިދިކޮޅު ލީޑަރ 47 އިންސައްތައިގާ އުޅުއްވާއިރު ރައީސް އުރުދުޣާން އުޅުއްވަނީ 44 އިން ސައްތައިގައެވެ.

ކޮންމެގޮތެއްގައިވެސް ދެވަނަ ބުރަކަށް ދާންޖެހޭނެކަމާއި ދެތެރޭ ޝައްކެއް ނެތެވެ.މިދިޔަ 30 އަހަރުގެ ތެރޭގައި ތުރުކީ ދުނިޔޭގެ ސަފުތައި ހޯދާފައިވާ ކުރިއެރުމާއި އަމިއްލަވަންތަކަން ޒުވާނުންނަކަށް އެނގޭކަމަކަށް ނުވެއެވެ. ޒުވާނުން އެދެނީ ބަދަލަކަށެވެ. އަދި މިހާރު ދުނިޔޭގައި ކިޔަމުން މިދާ ޑިމޮކްރެސީގެ ދަށުން އެމީހަކު ކިޔާރު ކުރާގޮތަކަށް ”މިނިވަންކަމާއިއެކު“ އުޅުނަދޭނެ ލިޑަރއެއްކަމަށް މިހަފްތާގެ ޕޮލްއިން ދައްކާވައިވެއެވެ.
![]()
