ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރަޔާ ގުޅިގެން އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ވިއްސާރަ ވާނެކަމަށާއި ކަނޑުތައެް ވަރަށް ގަދަވާނެކަމަށް ބަލައި ޔެލޯއެލާރޓް ނެރެފިއެވެ. ދަތުރުފަތުރު ކުރާ އެންމެގެ ސަމާލުކަަމަށް ވާހާގިނަ ބަޔަކަށް މޫސުމް އެގެންޖެހޭނެއެވެ. ވަރަށް ނުރައްކާތެރި ޙާދިސާތައް މިހާރުވެސް ދަނީ ފެންނަމުންނެވެ.
އެލާރޓްނެރެފައި ވަނީ ރޭގަޑު 7.30ން 11.30 އަށެވެ. މިވަގުތަކުގައި އައްޑޫއާއި ފުވައްމުލަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ކޮޅިގަޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކިށްފައެވެ. އާންމުގޮތެއްގައި ކަނޑުތައް ވަރަށް ގަދަވާނޭކަމަށް ބުނެފާވެއެވެ.
މިވަގުތު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ތޫފާން“މެކާ“ އާއި ގުޅިގެން ކުރާވިއްސާރައެއް ކަމަށެވެ. މި ތޫފާނު މެކާގެ އަސަރު ސީދާ ރާއްޖެއަށް ނުރިނަމަވެސް އެކޮޅިގަނޑުގެ އަސަރު ނުސީދާކޮށް ރާޖެއަށް ކުރަމުންދާކަމަށް ވެއެވެ.
އެހެންކަމާއި އެކު ދަތުރުކުރާ ފަރާތްތަކުން ދަތުރުފަތުރު ކުރުމުގައި ޚާއްޞަ ސާލުކަން ދެއްވުމަށް މެޓުއޮފީހުން ލަފާދެއްވާ އަންގަވާފައި ވެއެވެ.