އެމެރިކާއަށް ދަތުރު ނުކުރުމަށް އެމްނެސްޓީއިން އިންޒާރު ދީފި

Loading

May 11, 2023
profile
Facebook
Twitter
WhatsApp


އެމެރިކާއަށް ދަތުރުކުރުމުގެ ކުރިންނާއި ދަތުރުކުރުމުގެ ތެރޭގައިވެސް ރައްކާތެރިވެ ތިބުމަށް އެމްނެސްޓީ އިންޓަރނޭޝަލުން ޓްރެވަލް އެޑްވައިޒަރީ ނެރެފިއެވެ. 

ބައެއް އިސްލާމީ ގައުމުތަކުގައި އިސްލާމީ ޝަރީއަތާއި އަދި އެގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކުގެ ބިނާކޮށް ހިންގޭ ޝަރީއަތްތަކުގައި ކުށް ސާބިތު ކުރެވޭ ނުރައްކާތެރި ބޮޑެތި މުޖުރިމުން މަރަން ޙުކުމްކޮށް އެޙުކުމް ތަންފީޒު ކުރަމުން ގެންދާތީ ކަންބޮޑުވެ އިންސާނިއްޔަތުގެ ކަރާމާތުގެ ނަމުގައި ވަކާލާތުކޮށް އަޑު އުފުލުމުގެ އެންމެ ކުރީ ސަފުގައި ހުންނަކަމަށް ދައުވާކުރަމުން ގެންދާ އެމެރިކާގެ އަސްލު ހަގީގަތަކީ މިއީއެވެ. 

އަހަރެއްގެ މައްޗަށް ހަމައެކަނި ބަޑީގެ ތުންގަނޑު ކުރިމައްޗަށް ނިކުމެވުން އެއީ އެބައިމީހުންނަށް ކުރެވުނު ބޮޑު ކުށަކަށްވެ ހަމައެކަނި މިއަހަރަށް ބަލާލާއިރުވެސް މިއަހަރު މޭމަހުގެ 1 ވަނަ ދުވަހާ ހަމަޔަށް184 މާސް ޝޫޓިންގ ގައި 13959 އިންސާނުން އެމެރިކާގައި މަރާލާފައިވެއެވެ. 

އޭގެތެރޭގައި 85 ކުޑަކުދިންނާއި 491 ޒުވާނުން ހިމެނެއެވެ. އެވްރެޖް ކޮށް ބަލާނަމަ ގާތްގަނޑަކަށް ގަޑިއަކު 5 މީހުން މަރާލެވެނީއެވެ. 2022 ވަނައަހަރު 44310 މީހުން މިގޮތަށް މަރާލެވުނެވެ. އެއީވެސް ކޮންމެ ގަޑިއިރެއްގެ ތެރޭގައި ގާތްގަނޑަކަށް 5 މީހުންނެވެ. ދުނިޔޭގެ ކޮން އިސްލާމީ ގައުމެއްގައި ޝަރީއަތަށް ކުށް ސާބިތުވެ ޙުކުމް ކުރެވިގެން ގަނޑިއަކު 5 މީހުން މަރާލެވޭތޯ އެމެރިކާއިން ދިރާސާއެއް ހަދާފާވޭތޯ ސުވާލު އުފެދެއެވެ. ހަމަ ޔަގީނުންވެސް މިފަދަބޮޑެތި ނާއިންސާފު ޖަރީމާ ހިންގާފައެއް ނެތެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްގެ އިންޒާރުގައި ބުނެފައިވާގޮތުން އަޅުކަންކުރާ ތަންތަނާއި ސްކޫލްތަކާއި ފިހާރަތަކާއި އަދިވެސް ގިނަމީހުން އެއްވެ އުޅޭ ތަންތަނުގެ ނުރައްކާތެރިކަން ބޮޑުކަމަށާއި އެތަންތަނާއި ދުރުހެލިވުމަށް ބާރު އަޅާފައިވެއެވެ. 

ހަމައެފަދައިން ނައިޓްކްލަބުތަކާއި ކެސިނޯއާއި އަދި ރާބޮއި މަސްތުވާ ތަންތަނުގެ ނުރައްކާތެރިކަމަށް ސަމާލުވުމަށްވެސް އެ އިންޒާރުގައި ބުނެފައިވެއެވެ. މީގެ އިތުރުން ދަތުރުވެރިޔާ ނިސްބަތްކުރެވޭ ގައުމަކާއި ދީނަކާއި މަޒްހަބަކާއި ޖިންސާއި އަދި ނަސްލީ ކުލައިގެމައްޗަށް ބިނާކޮށްވެސް ނުރައްކާތެރިކަން ބޮޑުވެގެންދާ ކަމަށް އިންޒާރުދީފައިވެއެވެ.

ޚުލާސާގޮތެއްގައި ބުނާނަމަ އެއްވެސްމީހަކަށް އެމެރިކާއަށް ގޮސްފައި ސަލާމަތުން އެނބުރި ގައުމަށް އާދެވޭނެކަމުގެ އުންމީދެއް ނެތެވެ. އަދި އެމެރިކާގެ ރައްޔިތުންނަށްވެސް ގެއިން ބޭރަށް ނިކުމެފާ އެނބުރި ގެއަށް އާދެވިދާނެކަމަށް ބެލެވޭކަށް ނެތެވެ.

އެމްނެސްޓީގެ އިންޒާރުގައި އެމެރިކާގެ މައި ސަރުކާރަށާއި އަދި ސަރަޙައްދީ ސަރުކާރުތަކުންވެސް އިންސާނީ ޙައްގުތަކާއި ކަރާމާތް ކަށަވަރުކޮށްދީ އިންސާނުންގެ ދަތުރުފަތުރާއި އައިސްގޮސްވުން ހިމާޔަތްކޮށް ދޭންޖެހޭނެ ކަމަށާއި މިހާތަނަށް މިކަންތައްތައް އެމެރިކާގައި އޮތީ އިމުން މާބޮޑަށް ބޭރުވެފައިކަން ފާހަގަކޮށްފައި ވެއެވެ

Loading

One Response

  1. ދުނިޔޭގެ ހަލާކަކީ އެމެރިކާ. އެމެރިކާގެ ސްޓޭޓްތައް ރޫޅި މިނިވަން ކުދިކުދި ގައުމުތަކެއްހެން ވީމާ ދެން ދުނިޔެ ހަމަޔަކަށް އެޅޭނީ. އެނޫނީ ދެބޯގެރި ދުއްވާ އެހެން ގައުމުތައް ސުންނާފަތިކޮށް އެސަކަރާތެއްގައި އެހެންގައުމުތަށް ތެޅެން ޖެހޭނީ. ތިއީ ނުލަފާ މުނާފިގު ބައެއް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް