ޕާކިސްތާން ހައިކޯޓުތެރޭގައި ހުންނވަނިކޮށް އިމްރާން ޚާން ޖަހައިގެންފި

Loading

May 9, 2023
profile
Facebook
Twitter
WhatsApp

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަޒީފާއިން ވަކިކުރިފަހުން އެމަނިކުފާނާ ދެކޮޅަށް ހުށައަޅާފައިވާ ދައުވާތަކަކާއި ގުޅިގެން ޕާކިސްތާނުގެ ހައިކޯޓުގައި ހުންނަވަނިކޮށް ފަނޑިޔާރުންނަށްވެސް އެނގުމަކާއި ނުލައި ޕަރަޓުރޫޕާސްގެ ފައުޖެއް ނިކުމެ ހައްޔަރުކޮށްގެން ގެންގޮސްފިއެވެ.

އެމަނިކުފާނު މިހާރު ހުންނެވީ ހައިކޯޓުގެ އިމާރާތުގެތެރޭގައިކަން ނުވަތަ އެހެންތަނަކަށް ގެންގޮސްފިކަން އޮޅުންފިލާނެ ގޮތެއްވެސް ވަނީ ނުވަފައެވެ. އެމަނިކުފާނު ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާން ތަހްރީކޭ އިންސާފު ޕާރޓީގެފަރާތުން ރައްޔިތުންނަށް ގޮވާލަމުން ގެންދަނީ އެމަނިކުފާނު އެގޮތައް ވަގަށް ރަހީނުކުރުމާއި ދެކޮޅަށް މަގުތަކަށް ނުކުތުމަށެވެ.

ެހެންނަމަވެސް ފުލުހުންދީފައިވާ އިންޒާރުގައި ބުނެފައިވަނީ ހަތަރު މީހުންނަށް ވުރެން ގިނައިން އެއްވެއްޖެނަމަ އެބަޔަކާމެދު ހަރުކަށި ގޮތެއްގައި ފިޔަވަޅު އަޅާނެކަމަށެވެ.

ުލުހުންގެ މުއައްސަސާއިން ބުނަނީ އިމްރާން ޚާން ހައްޔަރު ކުރެވުނީ ގަދްރު ޓްރަސްޓްގެ ނަމުން ނަންދެވިފައިވާ ރިޝްވަތުގެ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެހެންނަމަވެސް މަގުމައްޗަށް އެއްވެފައިވާ މީހުންތަކުގެތެރޭގައި ހިމެނޭ ސިފައިންގެ ޚިދުމަތުގައި ކުރިން އުޅެފައިވާ ބައެއް މީހުން ލައިވްކޮށް ބުނަމުން ގެންދަނީ އިމްރާން ޚާން ހައްޔަރު ކުރުމުގައި ބައިވެރިވެފައިވަނީ ސިފައިން ކަމަށެވެ. ހައިކޯޓުގެ ބޭރުގައި ޕީ ޓީ އައިގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު މިހާރު ހިނގަމުންދާ ދެކޮޅުވެރި ކުރިމަތިލުންތައް ލޯކަލް ޓީވީ ތަކުން ގެންދަނީ ދައްކަމުންނެވެ.

އިމްރާން ޚާން ހައްޔަރުކޮށްފައި މިވަނީ ސިފައިންގެ އިސް އޮފިސަރަކު އެމަނިކުފާނު އަވަހާރަކޮށްލަން ރާވަމުން ގެންދާކަމަށް އިމްރާން ޚާން ވިދާޅުވުމާއި ގުޅިގެން ޙަގީގަތެއްނެތް ވާހަކަ ނުދެއްކުމަށް ސިފައިންގެ ފަރާތުން އިންޒާރުކުރިތާ އެއްދުވަސް ފަހުންނެވެ.

މިއިން ދޭހަވަނީ އިމްރާން ޚާން ވެރިކަމަށް ގެނައުމަށް ތާއީދުކުރި މިލިޓަރީން 2018 ވަނައަހަރު އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޕާލަމެންޓުގައި ނެގުން އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން އެ ތާއީދު އަނބުރާ ގެންދިއުމަށްފަހު މިހާރުވެސް ސިފައިންގެ ތާއީދު އެމަނިކުފަނަށް ނެތް ކަމެވެ. 

ޕާކިސްތާނުގެ އިގްތިސާދު މިހާރު ވެއްޓިފައިވާ ފުން ވަޅުގަނޑާއި އެކުގައިވެސް އިމްރާން ޚާން ބާރުއަޅުއްވަމުން ގެންދަވަނީ އަވަސް އާންމު އިންތިބެއް ބޭއްވުމަށެވެ.

ހަފްތާ ބަންދުގައި ލާހޯރުގައި ބޭއްވުނު އެއްވުމެއްގައި އިމްރާން ޚާން ތަކުރާރުކޮށް ވިދާޅުވެފައިވަނީ މިދިޔަ އަހަރު އެމަނިކުފާނު އަވަހާރަކޮށްލުމަށް  ދެވުނު ޙަމަލާގައި ޖެނެރަލް ފައިސަލް ނަސީރު ބައިވެރިވާކަމަށެވެ. ނަސީބު ރަނގަޅުކަމުން ވަޒަން އަރައިފާވަނީ އެމަނިކުފާނުގެ ފަޔަށެވެ. ނަމަވެސް އެ ޙަމަލާގައި ދެމީހަކު ޝަހީދުވެ އެތައްބަޔަކަށް ގެއްލުން ލިބުނެވެ.

ޕާކިސްތާނު ސިފައިންގެ އިންޓަރ ސަރވިސް ޕަބްލިކް ރިލޭޝަންސް އިން ބުނެފައިވަނީ އެވާހަކަތަކަކީ އިމްރާން ޚާން ހަދައިގެން ދައްކަވާ ވާހަކަތަކެއް ކަމަށާއި އެޒާތުގެ ވާހަކަތައް ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިބާވަތުގެ ވާހަކަ ދައްކާ ފަރާތްތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އެޅުމަކީ އެ އޭޖެންސީއަށް އިޚްތިޔާރު ލިބިގެންވާ ކަމެއް ކަމަށެވެ.

ފާއިތުވެގެންމިދާ އަހަރެއްހާ ދުވަހުގެ ތެރޭގައި މިލިޓަރީއާއި އިންޓެލިޖެންސް އޭޖެންސީތަކުގެ ބަހުރުވަ ހުންނަނީ މިގޮތަށް ކަން ފާހަގަކުރެވިފާ ވެއެވެ. ޕާކިސްތާނުގެ ސިޔާސަތުގައި މިލިޓަރީގެ ދައުރުގެ ބާރުގަދަކަން އެއީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ޕާކިސްތާނުގެ މިލިޓަރީއަކީ ދުނިޔޭގެ ނިސްބަތުން ހަވަނައަށް އެންމެ ބިޔަ މިލިޓަރީ ކަމަށް ބެލެވެއެވެ. 

ޕާކިސްތާނު ސަރުކާރުން ހާމަކުރާގޮތުގައި އިމްރާން ޚާން އަވަހާރަކޮށްލަން ދެވުނު ހަމަލާއަކީ އަމިއްލަ ފަރުދަކު ދިން ހަމަލާއެއް ކަމަށާއި އޭނާ އެކަމަށް އިއުތިރާފް ވެފައިވާކަމަށެވެ.

     އިމްރާން ޚާނު ހައްޔަރުކުރުމުން ސަޕޯޓަރުން މުޒާހަރާގައި:

އެހެންނަމަވެސް އިމްރާން ޚާން ވިދާޅުވަނީ އެއީ ދޮގު ޢިއުތިރާފެއް ކަމަށާއި ޙަގީގަތް އޮޅޭގޮތަށް ވާހަކަ ފެތުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލަ ފުލުހުންނަށް ހުށައަޅަން ކުރެއްވި ހުރިހާ މަސައްކަތެއްވެސް ނާކާމިޔާބު ވެފައިވާ ކަމަށެވެ. 

Loading

2 Responses

  1. މިއޮއްކަމެއްދޯ؟ ވަގުންނާއި ޚާއިނުން ސަރުކާލަކާއި ޙަވާލުގެއްޖެނަމަ ދެންވާނޭގޮތް މިފެންނަނީއެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ #އިންޑިޔާ #9ސެޕްޓެމްބަރ ، ސަމާލުވެ ތިބޭތި ދިވެހިން:

  2. ޕާކިސްތާނުގެ ހާލަތާދޭތެރޭ ހަމްދަރްދީ ވަމެވެ. ސަލާމަތީ ބާރުތަކުގެ ތެރެއިން ވެރިކަމަށް އަތްބާނަން ބޭނުންވާނަމަ ޕާކިސްތާނެއް އެހެންތަނެއް ރަނގަޅު މަގަކަށް ނޭޅޭނެއެވެ. މިހާރަނަށް ތިން ފަހަރެއްގެ މަތިން ސިފައިންގެ ވެރިކަން ގެނެސް އެއް ރައީސަކު ދަންޖައްސާ މަރާލި ނަމަވެސް މިއަދުވެސް ޕާކިސްތާނުގެ ހާލަތު ބަދަލު ވިއެކޭ ނުބުނެވޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް