އައްޑޫ އިން ގަވާއިދާ ހިލާފަށް ވެލި ނަގާ މީހުން ޖޫރިމަނާކޮށް، ނަން ހާމަކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީގެ އެކި ސަރަހައްދިތަކުން ވެލި ނަގާ މީހުން ޖޫރިމަނާކޮށް އެމީހުން ނަން ހާޟަކުރަން އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން މިގޮތަށް އަމަލުކުރަން ފަށައިފަނީ ވަނީ އެކި ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ވެލި ނެގާ މައްސަލަ ބޮޑުވެފައި ވާތީ އެވެ.

ކައުންސިލުން އިއްޔެ ވަނީ ގަވައިދާ ހިލާފަށް ހިތަދޫން ވެލި ނެގި ދެ މީހެއްގެ ނަން އާންމުކޮށްފަ އެވެ. އަދި އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ޖޫރިމަނާކުރި ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ. އެ މީހުން ޖޫރިމަނާކުރީ ކޮންމެ މީހަކު 4،000ރ. އިންނެވެ.

ކައުންސިލުން ބުނީ އައްޑޫގެ އެކި ސަރަހައްދުތަކުން ވެލި ނަގާ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވި އެކަމުގެ ޝަކުވާތައް ވެސް ބައެއް މީހުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އެހެންވެ ގަވައިދާ ހިލާފަށް ވެލި ނެގުން ހުއްޓާލުމަށާއި އެކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ވެލި ނަގައިގެން މިހާތަނަށް ނަން އާންމުކުރި ދެ މީހުންނަކީ ހިތަދޫ ޑިސެމްބަރުގޭ އިބްރާހީމް އަލީ އާއި ހަމަ އެ ގޭ މުހައްމަދު ޝަރުމީލެވެ.

އައްޑޫގެ އެކި ސަރަހައްދުތަކުން ދޮންވެލި ނެގުމަކީ ނުހުއްޓުވި ދިގުލައިގެން ގޮސްފައި އޮތް މައްސަލައެކެވެ. މީގެ ސަބަބަބުން އެކި ސަރަހައްދުތައް ގިރުމުގެ މައްސަލަ ވެސް އިންތިހާ އަށް ކުރިމަތިވެފައިވެ އެވެ.

ދޮންވެލީގެ އިތުރުން އެކި ބޭނުންތަކަށް އެހެން ބާވަތްތަކުގެ ވެލި ވެސް ނަގައި ވިއްކުމަކީ އާންމު ކަމެކެވެ. މި އައްޑޫ އިން ހިމާޔަތް ކޮށްފައިވާ އީދިގަލި ކުޅި އާއި ކޯއްޓޭގެ ސަރަހައްދުތަކުން ކަޅުފަސް ނަގާ މައްސަލަ ވެސް މި ފަހަކަށް އައިސް ބޮޑުވެފައިވެ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް