ސާރބިއާގެ ވެރިރަށް ބެލްގްރޭޑްގެ ސްކޫލެއްގެ 7 ވަނަ ގްރޭޑްގައި ކިޔަވަމުންގެންދާ ކުއްޖަކު ބަޑިޖަހަން ދަސްކޮށްލުމުގެ ބޭނުމުގައި އެ ސްކޫލްގެ 8 ކުދިންނާއި ސެކިއުރިޓީ ގާރޑް މިއަދު މަރާލައިފިއެވެ.
ފުލުހުން މަޢުލޫމާތުދީފައިވާގޮތުގައި މިހާދިސާ ހިންގާފައިވަނީ ރާކާރުގެ މެދުތެރޭގައި ހުންނަ އިލެމެންޓަރީ ސްކޫލެއްގައެވެ.
އެ ހިސާބުގައި ހުންނަ ހައިސްކޫލެއްގައި ކިޔަވަމުންގެންދާ އަންހެން ދަރިވަރަކު ޓީވީ އާރ ޓީ އެސް އަށް މަޢުލޫމާތު ދީފައިވާގޮތުގައި ތިންފަހަރު ބަޑީގެ އަޑު އޭނާއަށް އިވުނެވެ. ކުދިންތައް ބިރުން ދުވަމުން ގެންދިޔަތަން ދުށީމެވެ. މައިން ބަފައިން އައިސް ގޮތްހުސްވެފާތިބި މަންޒަރު ދުށީމެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އޮޅުންފިލުވަން މަސައްކަތްކުރަމުން ގެންދާކަމަށް ފުލުހުން ބުންނެވެ.
މި ހަފްތާގެ ތެރޭގައި އޮކްލަހޯމާސިޓީގެ ސްލީޕްއޯވަރ އެއްގައި ނިދާލަން މަޑުކޮށްލި 7 މީހަކުވެސް މަރާލާފާ ތިއްބާ ފެނިއްޖެއެވެ. އޭގެތެރޭގައި ކުޑަ ތިންކުއްޖަކާއި އެކުދިންގެ މަންމަވެސް ހިމެނެއެވެ. އެތަނުން 15 އަހަރުގެ އަންހެންކުއްޖެއްގެ ބޮލުގައި ބަޑިއެއްގެ ވަޒަނުން ޒަޚަމްވެފާ ހުޢްޓެވެ.

މިމައްސަލަވެސް ފުލުހުންގެންދަނީ އިތުރު ހެކިހޯދުމަށްޓަކައި ބަލަމުންނެވެ.ނަމަވެސް އެއްވެސް ގޮތެއްގައި މިއީ ޓެރެޒިޒަމްގެ ޢަމަލެއްގޮތުގައި ރިޕޯޓްކުރެވިފާވެސް ނެތެވެ. މި ޓެރެރިޒަމްގެ އަނިޔާވެރި ޢަމަލު ހިންގާފައިވަނީ ކްރިސްޓިއަނުން ކަމަށްވުމުން އެގޮތަށް ރިޕޯޓް ނުކުރެވެނީކަމަށް ބުނެވިދާނެއެވެ.
![]()

2 Responses
މުސްލިމު ނަމެއްކިޔާ މީހަކު ކުރިކަމެއްނަމަ ހުރީސް ކަމެއް. ހުރިހާ ބޮޑެތި މީޑިއާ ތަކުގައިވެސް ބްރޭކިން ނިވްސް އަށްވީސް. މުނާފިގުން ޢާއިލާތަކެއް ތިއީ. ދެރައީ ދިންވެހިންވެސް ތި އަނިޔާވެރި މުނާފިގުންފެނުނީމާ އެވަރެއް ނެތިގެން އުޅޭތީއެވެ.
މިގޮތަށް ހަފްތާއެއްގެ ތެރޭގައި ކިތައްމީހުން ހުޅަނގުގެ ތަހްޒީބު ގައުމުތަކުގައި މަރާލެވޭހެއްޔެވެ. އެމީހުންގެ ކުށަކީ ބަޑިޖަހާހިތްވާ މީހެއްގެ ބަޑީގެ ތުންގަނޑުގެ ކުރިމަތިން ފެނުމެވެ. ދެންފަހުން އޭނާވެގެންދާނީ ސިކުނޑީގެ އުނިކަން ހުންނަ މީހަކަށެވެ. ހަގީގަތަކީވެސް އެއީއެވެ. ހުޅަނގުގައި ސިކުނޑީގެ އުނިކަން ނެތް މީހަކު ވަރަށް މަދުވާނެއެވެ.