ޔާމީންގެ ގޮޅީގައި ކެމެރާ ހަރުކުރުން: ލާއިންސާނީ އަމަލެއް

Loading

Facebook
Twitter
WhatsApp

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމް ހުންނަވާ ގޮޅީގައި ކެމެރާ ހަރުކޮށްގެން ބަލަމުންދާކަމަށް ބުނާ މައްސަލައިގައި ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން ނިދިިކުރައްވާ ކޮޓަރިއާއި ވަދެވަޑައިގަންނަވާ ފާހާނާއާއި ހޯލުގައި ކެމެރާ ހަރުކޮށް ފޯނަށް އެޕްލިކޭޝަން އަޅައިގެން ބަލަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކެމެރާގެ މަންޒަރުތައް ވަގުތުން ބެލޭ ގޮތަށް ހޯމް މިނިސްޓަރު އިމްރާންގެ ފޯނަށް އެކްސެސް ދީފައިވާ ކަމަށާއި ރައީސް ޔާމީން އުޅުއްވާ ގޮތް އިމްރާން އޭނާގެ އެކުވެރިންނާއެކު ކޮފީ މޭޒުތަކުގައި ތިއްބަވައިގެން ބައްލަވާކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މުހުތާޒު ވިދާޅުވީ 2 އަހަރާއި 05 މަސްދުވަހު ފާހާނާގައި ހުންނައިރު ފެންނަ ގޮތަށް ކެމެރާ ހަރުކޮށްފައިވާ ގޮޅިއެއްގައި އޭނާ ވެސް ހުންނެވިން ކަމަށާއި މިހާރު މިބާވަތުގެ އަމަލުތައް ހިންގުމަކީ މާޒީއަށް އިއާދަވުން ކަމަށެވެ.

“މިއީ ތެދު މައުލޫމާތަކަށްވާނަމަ ފާހާނާގައި ހަރުކޮށްފައިވާ ކެމެރާ ވީއެންމެ އަވަހަކަށް ނެގުމަށް ގޮވާލަން.“ މުހުތާޒު ވިދާޅުވިއެވެ.

ކެމެރާ ހަރުކޮށްފައިވާކަމަށް ބުނާ މައްސަލައިގައި ސިފައިންގެ ކުރީގެ އިސް ބޭފުޅެއްކަމަށްވާ ކާނަލް އަޙްމަދު ފަޔާޒް (ޕާޕާ) ވިދާޅުވީ މީ ކަނޑައެޅިގެން ލާއިންސާނީ އަމަލެއް ކަމަށާއި އެއީ އެންޓި ޓޯޗަރ ގާނޫނާ ވެސް ޚިލާފުކަމެއް ކަމަށެވެ. 

ކެމެރާ ހަރުކޮށްފައި ހުންނަނީ މިއަދު އެކަނި ނޫން ކަމަށާއި ހިތާމައަކީ މިވާހަކަ ދައްކާފައި އައި ސަރުކާރުން ވެސް އެކަން ތަކުރާރުކުރާތީ ކަމަށް ވެސް ޕާޕާ ވިދާޅުވިއެވެ.

Loading

3 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް