އެމްޕީ ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ތޫނު އެއްޗަކުން ޒަރީރަށް ހަމަލާދީފައިވަނީ ރޭ ފަތިހު 05:00 ހާއިރު ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށެވެ.

ފުލުހުން ވިދާޅުވީ މި ހަމަލާއާ ގުޅިގެން އެމްޕީ ޒަރީރަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުންދާ ކަމަށެވެ. ނަމަވެސް ޒަރީރަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް