މިއަދުގެ ދިވެހިގައުމު ހިންގުންތެރިކަމުގެ ޙާލަތު

Loading

Facebook
Twitter
WhatsApp

މިއަދު  ދިވެހިރާއްޖެ މިއޮތީ ކޮވިޑްގެ އަދިރި ޙާލަތެއްގައިކަން އެންމެންވެސް ހެކިވޭ، އަދި ސަރުކާރުގެ ހުންގާނުގައި ހުންނެވި އިބްރާހިމް މުޙައްމަދު ޞާލިޙް އަކީ ވަރަށް ގިނަ ދިވެހިން ވޯޓް ދީގެން އަދި އެމް.ޑީ.ޕީގެ ފުރިހަމަ ރުހުމާއެކުވެރިކަން ލިބިވަޑައިގެން ހުންނެވި ވެރިޔަކަށް ވުމާއެކު އެދުވަހު ޞާލިޙަށް  ތާއިދު ކުރި އާންމުން ތިބީ ވަރަށްވެސް އުފަލުންނެވެ.

ނަމަވެސް ވީ ވަޢުދާ ކުރަންބުނި  ކަންކަން ފަނުފުލުންގޮސް ސަރުކާރުގެ ދުވެލިވެސް ކަހަނބުގެ ދުވެއްޔަށް ވަނީ ބަދަލުވެފައިކަމުގެ ސަކުވާތައް މިވަނީގިނަވެފައެވެ. ވަރަށްވެސް ދެރައެވެ. މިދުވެލީގައި ސަރުކާރު ހިނގާނަމަ އިދިކޮޅު ރަޖީމުގެ ބައިގަޑު ގެންދާނީ އޭގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ. އެއީ ސަރުކާރަށް ދެމިއޮތުން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވާނެ ކަމެއްކަން ޔަގީނެވެ. އަދި ކުރީގެ ވެރިކަން ދިވެހިރާއްޖޭގައި ފެއިލްވެފާވާގޮތަށް ބަލާނަމަ އެއީ ވަރަށް ބޮޑު މުސީބާތަކަށް ވެދާނެ ކަމެކެވެ. އެހެނީ ޕްރެޝަރުގައި އަބަދު މަސައްކަތްކުރަން ޖެހޭނަމަ ފޯކަސް ގެއްލިދެއެވެ. އަދި އަތުންފައިންވެސް ނޭނގިތިބެމެ ގޯސްހެދެމުން ދޭމެއެވެ.  މިސާލަކަށް އިދިކޮޅު މިހާރު އެހިންގާ ހަރަކާތްތައް އެގޮތަށް ހިންގަމުންގެންދާނަމަ އެގޮވެލިތަކުގައި ބައިވެރިވާނެ މީހުން މިވަގުތު ގިނަވާނެއެވެ. އެއީ ޞާލިޙުގެ ވަޢުދުފުއްދުމަށް ދިންސުންގަޑި ހަމަވެ އެކަމުގެ ނަތީޖާ ނުދެއްކި އަދި ކޮވިޑުގެ ކަންތަކުގާ އިސް ވެރިން ގޮތުގާ ތިބި ފަރާތްތަކުން ނަގާފައިވާ ނާޖާއިޒު ފައިދާއާ ނަފާ ހިންގާފައިވާ ކަރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ވެރިޔާވެސް އެކަންކަން ކުރަމުންދިޔައިރުވެސް އެކަންކަން ހުއްޓުވަން އެކަން ދެކެވިފައި ނުވާތީއާއި މީހުންގެއްލުވާ އަދި މަރާފައިވާ ފަރާތްތަކާ ބައިވެރިވެ އެކަންހިންގިކަން ކަމިޝަންގެ ރިޕޯޓުން އެބުނި ކަށަވަރުބައިގަޑުގެ މައްޗަށް ސިޔާސީ ނުފޫޒު އިދިކޮޅަށް ކުޅޭފަރާތްތަކުން ފޯރުވާލެއް ވަރުގަދަކަމުން އެފަދަކަންކަމަށްވެސް ފުރިހަމަ އިންސާފު ޞާލިޙަށް ހޯދާނުދެވުންވެސް އެއީ އެގޮވާ ގޮވެލިފަތީގައި އަދި ހިންގާ އެއްވުންތަކުގައި ފޯރިހިފާނެ ސަބަބުކަމުގައި  ހިމެނެއެވެ.

އަދި މިވަގުތު މި ސަރުކާރުގެ މަތީފަޑީގައި ކުރީގެ ސަރުކާރާއި ގުޅިގެން ކަރަޕްޝަނުގެ ޢަމަލުހިންގި އެތައްބަޔަކު ތިބި އިރުވެސް އެބައިމީހުންވެސް ޒީރޯ ޓޮލެރެންސްގެ ދަށުންވެސް ބަދަލުނުކުރެވުންވެސް ކަމީވެސް އެމްޑީޕީގެ މިކޯލިޝަން ސޯލިޙުގެ ސަރުކާރުދެކެ ނުރުންފާޅުކުރަން ފުރުސަތުލިބުން ޙައްގުކަންކަމެވެ. މިހުރިހާ ކަމެއް އަދި އަމުދުން ކޮވިޑްގެ ސަބަބުން ގިނަބަޔެއްގެ ޢާންމުދަނީ ގެއްލި ނިކަމެތިކަން އިޙުސާސްވެފައިވާ މިދަނޑިވަޅުގައި މިދިމާވީ ރައީސް ޞާލިޙު ވެރިކަމާ ޙަވާލުވެ ހެޔޮ ބަދަލުތަކެއް ގެންނަންވީ ވަގުތު އެކަންނުކުރެވި ދިއުމުންނާ ކުރީގެ ސަރުކާރުން ބޮޑެތި ޚިޔާނާތް ހިންގާފާތިބި މިވެރިން ރާވައިގެން ޞާލިހަށް އޮޅުވާލައި ދެމުންގެންދާ ޙަގީގަތާއި ޚިލާފު ގިނަ ނަޞޭހަތް ޞާލިޙްތައް ގަބޫލުކުރުމެވެ.

ވެރިކަންކުރަން ފެއްށުމާއިއެކކު އަވަހަށް މޫނެއް ކަނދުރާއެއް ބެއްލެވުމެއްނެތި އެވިދާޅުވި ޒީރޯ ޓޮލެރެންސްގެ ދަށުން  އެކަންކަން ކުރެއްވިނަމަ ސަރުކާރުހިންގަން ވަރަށް ފަސޭހަވެ ރައްޔިތުންގެ ބޮޑޫ ސަޕޯޓެއް ޞާލިހަށް ލިބި ދެވަނަ 5 އަހަރަށްވެސް އެމްޑީޕީ އިން ރައީސް ޞާލިޙަށް ލިބިވަޑައިގަތީސްކަން ކަށަވަރެވެ. ނަމަވެސް މިހާރު މަސްރަހުން ފެންނަގޮތުން އެކަން އެގޮތަކަށްނުވާނެކަމަށް ޚޮދު އެމްޑީޕީގެ މެޖޯރެޓީވެސް މިވަނީ ބުނަންފަށާފައެވެ. އަދި ހަމަ އެހެންމެ މިފަސް އަހަރުގެ ވެރިކަމުގެ ދައުރު  ނިންމާލެވޭނެކަމާއި މެދު އެއުރެން އެބަ ސުވާލު އުފަށްދައެވެ. ސަބަބެއް ނެތިއެއްނޫނެވެ. ސަބަބުތައް ކޮވިޑްގެ ނިކަމެތި ޙާލާއިއެކު ވަރަށްގިނަވެއްޖެ އެވެ. ވެރިކަމަށް އައުމަށް އެޖެންޑާ19 ވީ ވާޢުދުތަކުން މަދު މިންވަތެއްވެސް ޢަމަލީ ސިފައިގާ ނިންމާލެވޭނޭކަމުގެ  އުންމީދެއް ނެތެވެ.

ވުމާއެކު އަޅުގަނޑު އެޖެންޑާ19 އަށާއި ރައީސް ޞާލިޙަށް ދަންނަވާލަން ބޭނުންވަނީ ރައީސް ނަޝީދާއި އެމް.ޑީ.ޕީގެ މެމްބަރުންނާއި ގުޅުނު ކޯލިޝަންގެ ވެރިންނާއި ގިނަ ރައްޔިތުން މަނިކުފާނަށް ދިންވެރިކަން އިތުރު އަޒުމަކާއެކު ވަކިބައެއްގެ ލާބަޔާއި މަންފާއަށް ނުބައްލަވާ ތިވިދާޅުވަމުން ގެންދަވާ ޒީރޯ ޓޮލެރެންސްގެ ދަށުން ހަމަޔަކަށް އަޅުވައި ވެރިކަމުގެ ސްޕީޑު މަތީ ގައަރަކަށް ޖައްސަވައި ވެވަޑައިގެން ވަޢުދުތައް ފުއްދުމަށް ގެންނަންވަން ބޭނުންފުޅުވާ ބަދަލެއް ގެންނަވައި ރައްޔަތުން މާޔޫސްނުވާނޭ މިންގަޑަށް ނަތީޖާދައްކަވަން މިވަނީ މަޖުބޫރުވެފައެވެ. މަރުތަކުގެ މައްސަލަތަށް ވެރިކަމާއި ޙަވާލުވެވަޑައިގަންނަވާތާ އެއްމަސްދުވަހުގެ ތެރޭގައި ކޮޅެއްގައި ޖައްސަވަންވަނީ ވިދާޅުވެފައެވެ. ގޯތިގެދޮރުގެ މައްސަލައާއި ބޯހިޔާވެހިކަން އެއް އަހަރުދުވަހުގެ ރެތޭގައި ނަތީޖާދައްކަވަން ވަޢުދުވެނެވެ. ކުރީސަރުކާރުގެ ބޮޑެތި ޚިޔާނާތްތެރިން އިންސާފުގެ ކުރިމައްޗައް ގެންނަވައި އިންސާފު ގައިމުކުރެވޭނެކަމަށް ވަޢުދުވެވުނެވެ. ރައީސް ޔާމީނު ނޫންމީހެއް އެފަދަ ޢަމަލެއް ކުރެވިކަމަކަށް އަދި ނުވެއެވެ. މާލޭ ރައްޔަތުންނަށް ބޯހިޔާވެހިކަން ލިބެން ގޯތިލިބެން އުންމީދުކުރި ގުޅީފަޅުވެސް ކުރީސަރުކާރުންސުރެ އުންމީދުކުރި ރައްޔިތުން މިވަނީ ރުޅިގަދަވެފައެވެ އެމްޑީޕީ ޝުއެއިބު ވިޅުވަނީ ވީ އެންމެހާ ވަޢުދުތަށް ބޮލާލާ ޖަހާފިކަހަލައެވެ.ވީމާ މިއީ ފަސްއަހަރުގެ ވެރިކަމެއް ސާލިޙު ރައިސަކު ނިންމާލުމަށް ރަނގޅު ސިގުނަލްތަކެއް ނޫނެވެ. މިގޮތައް މިޙަގީގަތް ލިޔެލަން ޖެހުނީ އަހުރެންނަކީ އެޖެންޑާ19 ގެ ވަޢުތައް ބޮލަށްލައިގެން ދުވެ އެއީ ޔަގީނުންވެސް ކުރެވޭނެކަމެއްކަމުގައި ގަބޫލުކޮށް އެ ވަޢުދުތައް ދަންނަހާ ރައްޔަތުންނަކައި ޙިއްސާކުރި ރައްޔަތުމީހެއްކަމަށްވާތީއެވެ. އޯކޭ ޒާހިރު ވިދާޅުވެފައިވާހެއް ޚިޔާލަކީ ތަފާތުއެއްޗެކެވެ. މީ މަގޭ ޚިޔާލެވެ.

Loading

One Response

  1. ތީ ތަކަން އޮންނަގޮތެވެ. ވޯޓު ބޭނުންވެގެން އުޅޭއިރު ނުނިދާ އެންމެން ސައްލާކޮށްގެން ރައްޔަތުންގެ ބޯކާލައިގެން ވެރިކަން އަތުލެވޭނެ ހުރިހާ ރައިވަތަކާއި އުކުޅުތައްރާވާނެއެވެ. އެއަށް މިކިޔަނީ ރިއާސީ މެނިފެސްޓޯއެވެ. ދެން ވަޢުދު ފުއްދާނެގޮތެވެ. އެންމެ އަޑުހަރުކޮށް ގޮވާނީ މިހާރު ސަރުކާރުގައި ތިބީވަގުންނޭ އެވަގުންތައް ދުރުނުކޮށް ރައްޔަތުމީހާއަށް ނޭވާލެވޭނެގޮތެއްވެސް ނެތ! ގައުމު ވިއްކާލައިފިއެވެ. މިފަހަރު ޗައިނާގެ ބޭސްއެއް ހެދުމަށެވެ. އޭގެ އިތުރަށް ފާފު އަތޮޅުވެސް ސައުދީއަށް އެވިއްކާލީއެވެ. ރައްޔަތުން ނިކުމެ މިކަންކަން ނުހުއްޓުވައިފިނަމަ ގައުމު ފުނޑޭނެވާހަކައެވެ. އޭގެ ކުރިން އިންޑިއާގެ ޖީއެމްއާރު ރާއްޖޭގެ ވައިގެ މައިދޮޮރު ހިފިވާހަކައާއި އެކަމުގެ ނުރައްކަލުގެ ވާހަކައެވެ.
    މިހާރު މިވީކިހިނެއްތޯއެވެ. އޭރު ގޯސްވި ހުރިހާކަމެއް މިހާރު ރަނގަޅުވީނުންތޯއެވެ. އަދި ހަމަ ކޯލިޝަންނެއްގެ ތެރެއިން އައިސްމެ އެމްޑީޕީގެ ކުޅިސަމާސަ އަށް ނުރުހިއްޖެނަމަ ސަރުކާރާ ދައުލަތާއި އިދިކޮޅުވީކަމަށް ސިއްޕެމެން އެދަނީ ބުނަމުންނޫންހެއްޔެވެ. ޙައިރާންވަނީ ކަން ތިލިިޔުންތަކުގައި ބުނާހެއް ވެފައި ވަމުންދާއިރު ވެރިކަން ލިބުމުން މިބައިގަނޑަށް މިވަނީކިހިނެއްހެއްޔެވެ. ދެން މިހާރު އިދިކޮޅުމީހުންގެ ލަވަޔަކީ ކުރީގައ އެމްޑީޕީ ގެ ލަވަތަކެވެ.
    މި ނުތާހިރު ޕޮލިޓިކްސް އިން ގައުމު ސަލާމަތްވާނީ ޢިލްމީ ބޭފުޅުންނާއި އަދި އަމިއްލަޔަށް އޮރިޔާމުން މަަގުމަތީ އުޅެން ނުކެރޭނެ އަޚުލާގީ މީހުނާއި ﷲއަށް ބިރުވެތިވެ އަމިއްލަ ދުނިޔެވީ މަންފާއަށް ނުހެއްލޭނެ ބައެއް މަސައްކަތްކޮށް ވަކަރުގޭ ކުދިންގެ ބާރުނޯންނާނޭ ސަރުކާރެއް ބިނާކުރެވިގެނެވެ.
    ނަމަވެސް މިއީ މިހާރު ދުނިޔެ މިހިނގާ އޮއިވަރަށް ބަލާއިރު ފަސޭހަކަމެއް ނޫނެވެ. އެހެންވެ ގިން ބޭފުޅުން ބޭނުންވަނީ ކޮންފޯޓް ޒޯންގައިތިބެގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެލާށެވެ. އަނެކުންގެ ޙާލާމެދު ވިސްނުމެއްނެތިއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް