އެމެރިކާއިން ލީކުވެގެން އުޅޭ ލިއެކިއުންތަކުން އެނގިފައިވާ ގޮތުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ޗައިނާގެ މިލިޓްރީބޭސްއެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.
އެ ލިއެކިއުން ތަކުގައި ބުނެފައި ވާގޮތުން ކުރިއްސުރެން ކުރެވެމުން ދިޔަ އެމަސައްކަތަށް 2021 ވަނަ އަހަރު އެމެރިކާއިން ކުރިމަތި ކުރަމުން ގެންދިޔަފިއްތުން ތަކާއިހުރެ އެމިރޭޓްސް އިން އެކަން ހުއްޓުވާލިއެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް އެމަސައްކަތް ފެށިގެން ކުރިއަށް އެބަގެންދާ ކަމަށް ބުނެފައިވެއެވެ.
ވޯޝިންގްޓަން ޕޯސްޓުން ބުނެފައިވަނީ އެ މިލިޓްރީ ބޭސް ޢިމާރާތް ކުރެވެމުންދަނީ އަބޫދާބީގެ ރަށްބޭރުގައި ކަމަށާއި މިއީ އެމެރިކާ ރަކިކޮށްލުން ކަހަލަ ފިޔަވަޅެއް ކަމަށެވެ. އަދި އެ ސަރަޙައްދުގައި ޗައިނާގެ ބާރު ގަދަކުރަމުންދާ މިންވަރާއި އެމެރިކާއާއި ފެޔަށް ޖެހެން ބޭނުންވާ މިންވަރު ރަމްޒުކޮށްދޭ ހެއްކަކަށްވެސް ފުދޭކަމަށެވެ.
އެމިރޭޓްސްގެ އެހެން ސަރަޙައްދުތަކުގައި ޗައިނާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި އަދި މިލިޓްރީގޮތުން ވަރަށް ޙައްސާސް ބައެއް އެތަންތަނުގައި ޗައިނާގެ އޮފިޝަލުން ޙަރަކާތްތެރި ވަމުން ގެންދިއުމަކީ އެމެރިކާއިން ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ލީކުވި ލިއެކިއުންތަކުން އެނގެއެވެ.
އަދި މިކަމަކީ 2030 ވަނަ އަހަރާ ހަމަޔަށް ދާއިރު މެދު އިރުމައްޗާއި އެފްރިކާއާއި އަދި ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ބަނދަރުތަކުގައި ޗައިނާގެ ގްލޯބަލް މިލިޓްރީ ނެޓްވާރކް ގާއިމްކުރުމަށް ހިންގަމުންގެންދާ ޙަރަކާތުގެ ބައެއްކަންވެސް އެ ލިއެކިއުންތަކުން އެނގޭ ކަމަށް ވެއެވެ.
އެތައް ޒަމާނަކަށް ދެމިގެންދިޔަ އެމެރިކާގެ ނުފޫޒު މެދުއިރުމަތިން ކުޑަވެ ކުރީގައި ދުޝްމަނުންގެ ގޮތުގައި ބެލެވެމުން ދިޔަ ގައުމުތަކުމެދުގައި ޗައިނާގެ ސަބަބުން މިހާރު ވަނީ އެކުވެރިކަމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙެއް އުފައްދާފައެވެ. އަދި މިހާރު ޔޫކްރެއިން ހަނގުރާމައަށްވެސް ސުލްޙަވެރި ޙައްލެއް ހޯދާދިނުމަށް ޗައިނާގެންދަނީ މަސައްކަތް ކުރަމުންނެވެ.
މެދިއިރުމަތީގައި ވެއްޓެމުންދާ އެމެރިކާގެ ދައުރަށް ފާޑުކިޔާމީހުން ދެކޭ ގޮތުގައި ޗައިނާއާއި އެމެރިކާގެ ސިޔާސަތަކީ ދިމާ އިދިކޮޅު ދެ ސިޔާސަތެކެވެ. އެމެރިކާއަށްވުރެން ހަތަރުގުނަ ގިނައިން މެދުއިރުމަތީގެ ތެޔޮ ޗައިނާއަށް އެތެރެކުރެއެވެ.
ހިއުމަން ރައިޓްސްއެއް ނެތޭ ކިޔައިގެން ޗައިނާއިން އުނދަގުލެއް ނުކުރާނެއެވެ. އެ ގައުމުތަކުގެ ދާޚިލީ ސިޔާސަތަކާ ޗައިނާއިން ނުބެހޭނެއެވެ. އިރުއިރުކޮޅުން ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެ ކަމުގެ ބިރެއް ނެތެވެ.
އެގައުމުތަކުން ބޭނުން ކޮންމެ ހަތިޔާރެއް ޗައިނާއިން ލިބޭނެއެވެ. ރައީސް ބައިޑްންގެ ފޫހި އަދި ހަމައެކަނި އެމެރިކާއަށް ފައިދާކުރަނިވި ސިޔާސަތާގެން އަވަދިނެތި އުޅޭއިރު ޗައިނާއާއި އަރަބިން އެގެންދަނީ އަސްލު ސިޔާސަތަކީކޮބައިކަން ޙަގީގަތާއެކު ހާމަކުރަމުންނެވެ.
2 Responses
މެދުއިރުމަތީގައި އެމެރިކާގެ ބާރުދައްވުމުން ފަލަސްތީނަށްވެސް މިނިވަންކަންހޯދުމަށްކުރާމަސައްކަތުގައި ކާމިޔާބުވެދާނެކަމަަށްފެނޭ އެމެރިކާގެ ސަބަބުން އިޒްރޭލުންގެ އަނިޔާވެރިކަން ހައްދުންނެއްޓިގެންގޮސްފައިވަނީ .
އެމެރިކާގެ މުނާފިގުކަން އިތުރަށް ބާޒާރު ކުރައްވައި މުސްލިމްގައުމުތައް އެކުވެރިކުރައްވާށި… އާމީން