ޗައިނާއާއެކު ގައުމުތަކުން ކުރާ ވިޔަފާރީގައި އެމެރިކާޑޮލަރ ފަހަތަށް

Loading

Facebook
Twitter
WhatsApp

ޗައިނާއިން ޚަބަރުދީފައިވާ ގޮތުގައި މި ދިޔަ މާރޗް މަހުގެތެރޭގައި ޗައިނާއިން ބޭރު ގައުމުތަކާއިއެކު ކުރި ވިޔަފާރީގައި ފުރަތަމަ ފަހަރަށް އެމެރިކާޑޮލަރު ފަހަތަށް ޖައްސާލާފައި ޗައިނާގެ ފައިސާ ޔުއާނަކީ އެންމެ މަގްބޫލް ފައިސާގެ މަގާމު އަތުލެވިއްޖެއެވެ.

ޗައިނާއިން ބޭރުގެ ގައުމުތަކާއިއެކު ޔުއާނުން ކުރި ވިޔަފާރި މިދިޔަ މާރޗް މަހުގެ ތެރޭގައި ފުރަތަމަ ފަހަރު 549.9 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ. ފެބްރުއަރީގައި އެ އަދަދު އުޅުނީ 434.5 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. 

ބޭރުގައުމުތަކާއިއެކު ކުރި ވިޔަފާރީގައި %48.4 ޔުއާން ބޭނުން ކޮށްފައިވާއިރު އެމެރިކާ ޑޮލަރު ބޭނުންކޮށްފައިވަނީ %46.7 އަށެވެ. އަދި ބައިނަލް އަގްވާމީ މާކެޓުތަކުގައި ޔުއާންގެ ބޭނުން ބޮޑުކުރަން ޗައިނާއިން ކުރަމުންގެންދާ މަސައްކަތަށްވެސް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.        

ޔުއާން އަކީ ބައިނަލް އަގްވާމީ މާކެޓުގައި ބޭނުންކުރެވޭ ފައިސާއަކަށް ހެދުމަށްޓަކައި ޗައިނާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސްވިފްޓުގެ ޑޭޓާ ތަކުން އެނގޭގޮތުގައި ޗައިނާގެ ޔޫއާނުން %4.5 ގެ ކުރިއެރުމެއް ހޯދިނަމަވެސް އަދިވެސް ބައިނަލް އަގްވާމީ ވިޔަފާރީގައި އެމެރިކާ ޑޮލަރު ބޭނުންކުރެވޭ ނިސްބަތް %42އެބަހުށްޓެވެ.

އިނގިރޭސިވިލާތުގެ ކުއީން މޭރީ ޔުނިވަރސިޓީގެ އިގްތިސާދީ ސިޔާސަތާބެހޭ ޕްރޮފެސަރ ޕައޯލާ ސުބާޗީ ވިދާޅުވެފައިވަނީ ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ ފިޔަވަޅުތަކެއް ވަރަށް ގިނަ ގައުމުތަކުން އަޅަމުން އެބަ ގެންދާކަމަށެވެ. 

އޭގެތެރެއިން ބައެއްގައުމުތަކުން ދެކޭގޮތުގައި ބައިނަލް އަގްވާމީ ވިޔަފާރީގައި ވީހާވެސް ގިނަ ފައިސާއެއް ބޭނުންކުރުން ބުއްދިވެރިއެވެ. ސަބަބަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނީ ކޮންގައުމަކަށްކޮންވަގުތެއްގައި ކަމެއް ބުނަން ނޭގޭތީއެވެ.                                          

ސައޯ ޕާލޯގެ މަޝްހޫރު ޓެންޑެންސިއާސް ކޮންސަލްޓޯރިއާގެއިކޮނޮމިސްޓް އަލެސަންޑަރާ ރިބޭރޯ ދެކިވަޑައި ގަންނާވާގޮތުގައި އެމެރިކާ ޑޮލަރަކީ އިގްތިސާދީ ބޭނުންތަކަށްވުރެން ބޮޑަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވެމުންދާ އެއްޗެކެވެ. އަދި ކޮންމެ ވިސްނުމެއްގައި ބުންޏަސް ދުނިޔޭގެ ގިނަ މަރުކަޒީ ބޭންކު ތަކުގައި ރިޒާވް ފައިސާއެއްގެ ގޮތުގައި އެމެރިކާ ޑޮލަރު ބޭނުންކުރުން މިހާރު މަދުވަމުންދާ ކަމަށް އެއްބަސްވާން ޖެހެއެވެ.  

Loading

One Response

  1. އެމެރިކާ ޑޮލަރަށް އޭގެ ޒައިޒު އެނގުން ވަރަށް ބޭނުންތެރިއެވެ. އޭރުން ބައިޑަން ހަމަ ޑަންލާފަ ވެއްޓިދާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް