ކުށްކުރާ މީހާ ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމުން މުޖުތަމަޢަށް     ލިބޭ ގެއްލުން އަގު ކުރެވޭވަރަށްވުރެ ބޮޑު

Loading

Facebook
Twitter
WhatsApp

  ކުށްކުރާ މީހާ ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަނީ އެމީހާ މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމުން މުޖުތަމައަށް ގެއްލުން ވާނެކަމަށް ޕީޖީއިން ބުނާތީ އެވެ.

     ކުށް ކުރި މީހާ ކުރި ކުށާއި އެކުށުގެ ބާވަތަށް ބެއްލެވުމެއް ނެތި ފަނޑިޔާރު ކުށްކުރި ފަރާތް ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް އަމުރު ކުރައްވަނީ ޕީޖީގެ ފަރާތުން ކަނޑައަޅާފައި ހުންނަ ވަކީލު ވިދާޅުވާތީއެވެ.

    ކަން މިހެން ހުރިނަމަވެސް ކުށްކުރި ފަރާތް ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމުން ޖަމާޢަތަށް ލިބޭ ގެއްލުން މާ ބޮޑެވެ. އެހެނީ އެތަކެއް ދުވަހަކު އެ އަނިޔާލިބިފާ ޝަރިޢަތަށް ސާބިތުކޮށްނުދެވިފައިވާ ކޭސްތައް މަދެއްނޫނެވެ.

   ޑުރަގާއިބެހޭ މައްސަލަތަކުގައި ކުށްކުރި ފަރާތުން މިސާލަކަށް ކޮށްފައި ވަނީ މަސްތުވާބާވަތެއް ގިނަޢަދަދަކަށް އަތުން ނުވަތަ އޭނާ އުޅޭ ތަކުން ފެނިގެންކަމުގައި ބުނެއެވެ.

    މިދެންނެވި މަސްތުވާތަކެތީގެ މައްސަލައިގާ ހައްޔަރު ކުރެވިފައިވާ ފަރާތުން އެ މަސްތުވާ ބާވަތުން ވިޔާފާރި ކުރާކަން ނުވަރަ ކުރިކަން ޝަރީއަތަކަށް ސާބިތެއް ނުދެވިފާ އެބަހުށްޓެވެ.

މިފަދަ ކޭސްތަކުގައި މަސްތުވާތަކެތީގެ މައްސަލައިގާ ހައްޔަރު ކުރެވިފައިވާ ފަރާތުގެ ޢާއިލާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ފަނޑިޔާރު މަނިކުފާނު ނުބައްލަވައެވެ. އެނގޭކަށް ބޭނުމެއްވެސް ނުވެއެވެ. 

    މިސާލަކަށް މަސްތުވާތަކެތި ގިނަ ޢަދަދަކަށް އަތުން ނުވަތަގެއިން ފެނިގެން ޝަރީޢަތް ނިމެންދެން ޖަލުގައި ބަހަށްޓަށް ފަނޑިޔާރު އަމުރު ކުރެއްވި ފަރާތަކީ ކުޑަ ކުޑަ ދެކުދިންނާއި އަނބަކާއި ނުކުޅެދޭ މުސްކުޅި މަޔަކާއި މުސްކުޅި ކާފައަކު ބަލަހައްޓާ މީހަކަށް ވެއްޖެނަމަ އެމީހަކު ޝަރީޢަތް ނިމެންދެން ޖަލުގައި ހުންނަން ޖެހޭނަމަަ މުޖުތަޢުގެ ޙާލަކީ ކޮބައިކަން މައްސަލަ ބައްލަވާ ފަނޑިޔާރަށް އެނގިވަޑައި ނުގަތުމަކީ ހިތާމަހުރި ދެރަކަމެކެވެ. 

    މާލޭގެ ޖަލަކީ ޝަރީޢަތް ނިމެންދެން ޖަލަށް ލެވޭ މީހުން ބައިތިއްބާ ޖަލެވެ. މިޖަލުގައި ޝަރީޢަތް ނުނިމި 4 ނުވަ 5 އަހަރުވެފައިވާ އެތައްފަރާތެއް އެބަތިބިކަން ދަންނަ ވެރިއަކު އެބަހުރިތޯއެވެ؟ ޝަރުޢީނިޒާމު ހަރުދަނާކޮށް ނާއިންސާފު ނައްތާލުމަށް ވަޢުދުވެ އުފެދުނު ސަރުކާރުން މިފަދަ އަނިޔާތަކާއިދޭތެރޭ ވިސްނާލަން ޖެހޭނެއެވެ.

    ދިމާވާ ކޮންމެވެސް މައްސަލައަކާއި ގުޅިގެންނާއި ކުށުން ބަރީއަވުމަށް ކުށް ކުރި ފަރާތަށް އިތުރު ފުރުޞަތު ދިނުމުގެ ގޮތުން މައްސަލަ ލަސްވަނީކަމަށްވެސް ބުނެއެވެ.

މިގޮތަށް ޖަލުގައި ހުރެގެން ކުށުން ބަރީޢަ ވުމުގެ ފުރުޞަތު ކުށްކުރި ފަރާތަށް އޮންނަނީ ގެއްލިފައެވެ.

    އަނެއްކޮޅުން ގޮޅިއެއްގެ ތެރޭގައި އެތަކެއް ކުށްވެރީންނާއިއެކު، (ތިމާއަދި ކުށްވެރިއަކަށް ނުވާހިދުމެ)އަސާސީ ގިނަގުނަ ޙައްގުތަކެއް ގެއްލިގެންގޮސް އެތަށްއަހަރެއް މާޟީއާއާއި އެކުވެ ދާއިރު ދުޅަހެޔޮޞިއްޙަތުންވެސް ކުށްކުރި މީހާ މަޙްރޫމު ވެދެއެވެ.

    ގޮޅިތެރޭގައި ޒަމާންތަކެއް ވަންދެން އޮތުމުގެ ސަބަބުން ޖެހެން ނުވާ އެތައްބައްޔެއް ޖެހޭކަމަށް ގިނަބަޔަކު ބުނެއެވެ.ބަންދު ކޮށްފައި ތިބޭ ބަޔަކު ޑޮކްޓަރުން ދެއްކުމުގައި ފަސްހަމަސް ހޭދަވާކަމަށް ވެސް ބައެއް ބަންދުމީހުން ބުނެއެވެ.

  

    ޖަލަށް ލެވޭ މީހުންނަކީ ވެސް އިންސާނުންނެވެ. ކުށްކުރެވެނީވެސް އިންސާނުންނަށެވެ. 

    ކަން މިހެން ހުރުމާއިއެކު ޖަލުތަކުގެ ޙާލަތާއި އެތާނުގައި އިންސާނުން ދިރިއުޅޭ ދަތި އުންދަގޫ ޙާލަތާއިމެދު ވިސްނާ ވަޑައިގެން ސަރުކާރުގެ ކޮންމެވެސް މުވައްސަސާއަކުން ތެދުވަން ވެއްޖެކަމަށް ދެކެމެވެ.

    ވާނުވާ ޖެހުމަކީ އިންސާނިއްޔަތަށާއި މުޖުތަމައަށް ހުރި ނުރައްކަލެކެވެ. ކުށްކުރި މީހާ ބަލަންޖެހިފައިވާ އަނބިންދަރިން މައިން ބަފައިން މުޖުތަމަޢުގެ އެހީއަށް އެދި ގޮވަނީއެވެ. ސަލާން ޖަހަނީ ވައްކަންކުރަން މަޖުބޫރުވަނީއެވެ. އަދި މިނޫންވެސް އެތައްކަމެއް ކުރަން މަޖުބޫރު ވަނީއެވެ. 

ވީމާ ވާނުވާ ޖެހުމުގައި ވަރަށް އިންސާނިއްޔަތުކަމާއި އެކު ވިސްނަން ޖެހެއެވެ. އަދި އެހާފަސޭހަކޮށް ޕީޖީއޮފީހުން އަންނަ މީހަކު ހަމަ އެދިލުމުން ވާނުވާޖަހާފައ ފުރިބާރުވެފައިވާ ހުރަގެއަކަށް އެއްލާލުން ހުށްޓުވަންޖެހެއެވެ.

މިއީއަކީ މައުމޫނުގެ އަނިޔާވެރި ވެރިކަމުގައި އާދަމް ޒާހިރުއާއި ޢަބުދުއްލާ ރިޔާޒް ލައްވާ އޭންގަލަށް ނަގައި ކަރުތާފެނަށް ފައްތައިގެން ޝަރީއަތް ކުރަންޖެހޭ ޒަމާނެއް ނޫނެވެ. އެ އަނިޔާވެރިކަން ނިމެއްޖެކަމަށް ގަބޫލުކުރީމެވެ. އެނަސް….. ؟

– ނިމުނީ – –

Loading

2 Responses

  1. އަޖައިބު އަންތަރީސް ވޭ
    އޭނަ އެކުށްކުރަނީ މަސްތުވާތަކެތި ވިއްކަނީ! ވިޔަފާރިކުރަނީ! ބޭނުން ކުރަނީ ! ﷲ ކނޑައެޅިގެން ޙަރާމްކުރައްވައިފާ ވާކަމެއްކަން ނޭގިބާ? އޭނަގެއާއިލާއާއިއެއްވަރަށް އެހެންޢާއިލާ ތަކުގެ ތެރެއަށް
    އެތަކެތި ވެއްދުމުން ލިބެނީފައިދާ ބާ?
    އެކަމުގެސަބަބުން ކިތަޢާއިލާ ނުރައްކަލަށް ހުށައެޅޭބާ?
    ވަރަށް ފޭރާންދަށް ދެކޮޅު ނުޖެހޭ ކޮސް ލިއުމެއްކަން ފާހަގަކުރެވޭ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް