ވޯރސެސްޓަރޝަޔަރ ގެ 200 އަހަރުވެފައިވާ މަޝްހޫރު ނިމްފްސަބްރީނާ ބުދުގައި ކޮންމެވެސް ބަޔަކު ކުލަ އުނގުޅައި ހަޑި ކޮށްލައިފިއެވެ. ހިލައިން އެއްޗެހި ހެދުމުގައި މަޝްހޫރު ޖޯން ބޭކަން ހަދާފައިވާ މި ބުދު އޮންނަނީ ކްރޫމް ކޯޓުގައި ހުންނަ ނޭޝަނަލް ޓްރަސްޓް ގައެވެ.
ބުދުގައި ކުލަ ހާކައި ހަޑިކޮށްފައިވުމަކީ ބަލާގަނެވޭނެ ކަމެއް ނޫންކަމަށް ނޭޝަނަލް ޓްރަސްޓުގެ ފަރާތުން ވާހަކަ ދެއްވި ބޭފުޅަކު ބުނެފައި ވެއެވެ. އޭނާ ބުނެފައިވާގޮތުގައި އެތައް މިލިއަން މީހުން ބަލަން އަންނަ އެ ބުދަކީ ކްރޫމްގެ ޕާރކެއްގައި އެ ޓްރަސްޓުގެ ޙަމާޔަތުގައި ބާއްވާފައި އޮންނަ ބުދެކެވެ.
އެ ބުދު ބަލަން އަންނަމީހުން މިހާތަނަށް ފާހަގަކުރެވިފައިވަނީ އަޚްލާގު ރަނގަޅު އަދި އެކަކު އަނެކަކަށް ކަމޭހިތާ ބައެއްގެ ގޮތުގައެވެ.އެހެންވީމާ މިބާވަތުގެ ކަމެއް ހިނގާފާނެކަމަށް އުންމީދެއްވެސް ނުކުރެވުނެވެ.
މިއަހަރުގެ ކުރީކޮޅުގައި ސުންޑަރލޭންޑުގައި ހުންނަ 179 އަހަރު ވެފައިވާ 20 މީޓަރުގެ އުސް ޕެންޝޯ މެމޯރިއަލް ބުދުގައިވެސް ކޮންމެވެސް ބަޔަކު ބޭއަދަބީ އެއްޗެހިތަކެއް ވަނީ ކުރަހާފައެވެ. އެ ކުރެހުންތައް ފޮހުމަށްޓަކައިވެސް ބޮޑު ޚަރަދެއް ކުރަން ޖެހުނު ކަމަށް ނޭޝަނަލް ޓްރަސްޓުން ބުނެފައި ވެއެވެ.
ނިމްފް ސަބްރީނާ ބުދު މިހާރު ސާފުކޮށް ނިމިއްޖެއެވެ.
2 Responses
ތި ސަބުރީނާއަކީ ރަންޑީއެއް ކަމަށް ތާރީޚް ބުނެތެވެ. ވީއިރު ތިބަޔަކު ތިކުލަހޭކުމުގެ ބޭނުކަމަށްވާނީ ހީވާގޮތުން އެ އަންހެންމީހާގެ ބުދަކީ ތިތަނުގައި ބަހަށްޓާވަރަށްވުރެ ދަށުދަރަޖައިގެ އަންހެނަކަށްވީމައެވެ. 200 އަހަރުފަހުންވެއް ބަޔަކަށް ޙަގީގަތް އެނގިދާނެތާއެވެ.
ރަންޑީ ކުޅިއަކީ ވިޔަފާރިއެކެވެ. އޭނާމަރުވީމާވެސް އިސްތިހާރުކޮށްގެން ފައިސާ ހޯދަން މަސައްކަތްކުރުމަކީ އެ ވިޔަފާރި ދެމެހެއްޓުން ކަމުގައިވާނެއެވެ.