ޒަމާނީ މާރުކޭޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރު ވިދާޅުވީ މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓް ސަރަހައްދުގައި ޒަމާނީ މާރުކޭޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފައިވާ ކަމަށެވެ.
މިއީ މާރުކޭޓު ސަރަހައްދަށް ވެސް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށާއި މި ޕްރޮޖެކްޓް ނިމިގެންދާއިރު ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު އެއް އިމާރާތަކަށް ބަދަލުވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މި އައު މާރުކޭޓުގެ އެތެރޭގައި ޕާކިންގ ފްލޯއެއްވެސް ހަދާނެ ކަމަށާއި އެ ގޮތުން އެ ސަރަހައްދުގެ ޕާކިންގއަށް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.