ރައީސް ޔާމީންގެ އަތްޕުޅުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަތުލެވިދާނެތަ؟

Loading

Facebook
Twitter
WhatsApp

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޔާމީން ޢަބުދުލްޤައްޔޫމު ކަމުގައި ކަނޑައަޅައި, ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އެމަނިކުފާނަށް ރަސްމީކޮށް ޓިކެޓް އަރުވައި ނިންމައިފައެވެ.

ސަބަބުވެރި ވިސްނުމަކުން ވިސްނެވުމަށްފަހު ޔާމީންގެ އިސްތަށިފުޅުގައި 11 އަހަރުގެ ޖަލު ހުކުމެއް އަޅުވައި ހުރަގެއަށް ލީ އޭގެފަހުންނެވެ. އެ ޙުކުމް  އިއްވެވިތާ ދެމަސްފަހުން މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އިސްތިއުނާފު ޝަރީއަތް އަދި ތާވަލުކޮށްފައެއް ނުވެއެވެ. އަދި އެ ސަބަބުވެރި ޙުކުމް ކުރެއްވި ފަޑިޔާރުއަށް ވަނީ ހައިކޯޓަށް ޕްރޮމޯޝަން ދެއްވާފައެވެ. ޖޭއެސްސީގެ ޓީމުގެ ހެޑަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެވެ. 

ޔާމީނުގެ ލީގަލްޓީމުން ވިދާޅުވަނީ ހައިކޯޓުން އެ މައްސަލަ ނިމި, ޖޫންމަހުގެ ކުރީން ޔާމީން އެ ކުށުން ބަރީއަވެވަޑައިގަންނަވާނޭ ކަމަށެވެ. އެހެންކަމަށްވެއްޖެނަމަ ކިތެންމެހާ ވެސް ރަނގަޅެވެ.

ޝައްކެއް ނެތް ގޮތުގައި ރައީސް ޔާމީނަކީ މިވަގުތު ރާއްޖޭގެ ވެރިކަމަށް އިސްކުރުމަށް ރައްޔިތުންގެ އެންމެ ބޮޑު ތާއީދު އޮތް ކެންޑިޑޭޓެވެ. އެމަނިކުފާނު ޖަލަށްލެވުމުގެ ކުރިން ރާއްޖޭގެ ކަންކޮޅުތަކަށް ކުރެއްވި ދަތުރުތަކުން ވަނީ އެކަން ދައްކަވައި ދެއްވައިފައެވެ. އަދި ހަމައެހެންމެ މާލޭގައި އިންތިޒާމު ކޮށްލެއްވި ކޮންމެ އެއްވުމަކުން އަދަދު ދައްކަވާލައްވައި، އެމަނިކުފާނު ވަނީ ވާދަވެރިންނަށް އެމަނިކުފާނުގެ ސަޕޯޓްބޭސް ކަށަވަރުކޮށް ދެއްވައިފައެވެ.

މިއަދު އުފައްދައިގެން އުޅޭ ސުވާލަކީ ރައީސް ޔާމީންގެ އަތްޕުޅުން ޕާޓީ ދަމައިގަންނަން އުޅޭ ވާހަކައާއި ރިޔާސީ ޓިކެޓް އަތުލަން ބަޔަކު މަސައްކަތް ކުރާ ވާހަކައެވެ. އެކަން އެގޮތަށް ކުރެވިދާނެތޯއެވެ. މި ދެންނެވީ ޕާޓީއަތުލެވިދާނެތޯއެވެ؟ އަދި އަރުވާފައި ރިޔާސީ ޓިކެޓް އަތުލެވިދާނެތޯއެވެ. މިއީ ކޮން އަސާސެއްގެ މައްޗަށް ބުރަވެ ތިބެ ޕާޓީގެ އެތެރެ ކޮއިލުން ދައްކާ ވާހަކަ ތަކެއްކަން އެނގޭ ގޮތް ވަނީ ނުވެފައެވެ. އެހެންނަމަވެސް ޕާޓީގެ އެތެރެއިން ސަޕޯޓްކޮށް ޕާޓީގެ ބޭރުން ކަތުރުފަނި އުފަށްދަމުންދާ މިފިތުނާއިގެ ކުޅިގަނޑު ކުޅެން މިވަނީ ފަށާފައެވެ. 

ޕާޓީގެ އަސާސީ ގަވާއިދު ބުނަނީ ކީކޭތޯއެވެ؟ ގާނޫނު ބުނަނީ ކީކޭތޯއެވެ؟ އަދި ރައިސް ޔާމީން ވިދާޅުވަނީ ކީކޭބާވައެވެ؟ ހަމަގައިމުވެސް ރައީސް ޔާމީނުގެ އަތްޕުޅުން ޕީޕީއެމްއަތުލެވޭވަރުގެ ރައްޔިތުންގެ ސަޕޯޓް އޮތް އަދި ޕާޓީގެ މެމްބަރުންގެ ސަޕޯޓް އޮތް ބޭފުޅަކު އެ ޕާޓީގައެއް ނެތެވެ. ފޫ ކަހާފައި ބޮޑުވާން އުޅެފިނަމަ އެ ފެކްޝަނެއް ވާނީ ބާކީއެވެ. މިއީ ޙަގީގަތެވެ.

އެ ޙަގީގަތް އެގޮތަށް އޮތްނަމަވެސް ގަބޫލުކުރަންޖެހޭ އަނެއްޙަގީގަތަކީ ރައީސް ޔާމީނު ސަޕޯޓަރުންނާއި އެކު ސިޔާސީ މަސައްކަތުގައި އުޅުއްވުމާއި ހުރަގޭގައި ހުންނަވައިގެން ވައިފައިކޮށް އޮޕަރޭޓް ކުރެއްވުމާއި ބިމާ އުޑާހާ ތަފާތުވާނެ ކަމެވެ. އަދި ލީޑަރޝިޕްގެ ބޭފުޅުން ޔާމީނުގެ ފޮޓޯދައްކައިގެންވިދާޅުވިއޭ ކިޔުންވައިގެން ވެސް އެ ސަޕޯޓް ބޭސްއެއް ނުލިބޭނެކަމެވެ. އެކަން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުންވެސް އެއޮތީ ދައްކައިފައެވެ. ޔާމީނު މިނިވަންކޮށް ހުންނެވިނަމަ އެގޮނޑި މިވަތު ކާމިޔާބު ކުރެއްވީއްސެވެ. ލީޑަރޝިޕުން ޕީޕީއެމް / ޕީއެންސީގެ މުޅި ޓީމު ބައިވެރިކޮށްގެން ކުޅެން ބިރުގަތުމަކީވެސް ބަލިކަށީ ޢަމަލެކެވެ.

އަދި އޭގެއިތުރަށް ޕާޓީގެ އެތެރޭގެ ކޯޅުންގަނޑަކަށް ޖާގަ ލިބިދާނެފަދަ ތުޙުމަތުގެ ބަސްތައް ލީޑަރޝިޕްގައި ދެކެވެން މިވަނީ ފަށާފައެވެ. އެ ބޭފުޅަކަށް ސަޕޯޓް ހޯދުމުގެ މަގުސަދުގައި ކަމަށް ބެލެވޭ ގޮތަށް އަނެކާއަށް ޝައްކުގެ ނަޒަރަކުން ބަލައި ތިމާއަކީ ރައީސް ޔާމީނަށް އެންމެ ތެދުވެރި ސަޕޯޓަރުކަން ދެއްކުމާއި އަނެކާއަކީ ތިމާހައި އިޚުލާސްތެރި މީހެއްނޫންކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންދާތަން ފެނެއެވެ.

މީގެތެރެއިން ބައެއް ބޭފުޅުންނަކީ ސިއްރިޔާތުގައި ޕާޓީގައި ކަތުރުފަނި އެޅުވިކަމަށް ބުނެވޭ ސިޔާސީ ފަކުރުންނާއިބައްދަލުކުރާ މީހުންވެސް މެއެވެ. މާދިގު ކުރަން ނުހަދައި ސަބްޖެކްޓަށް ޖެހިލާނަމެވެ.

ދަށުކޯޓްގައި މައްސަލަ ހިނގަމުން ދިޔައިރު ވެސް ލީގަލް ޓީމުން ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީން ކުށުން ބަރީޢަ ވެވަޑައިގަންނަވާނޭ ކަމަށެވެ. ނަމަވެސް އެވީ އެއްޗެއްވެ ސަބަބުވެރި ވިސްނުމަކުން ޙުކުމް އެވަނީ ކޮށްފައެވެ. އަދި ރައިސް ޔާމީނަށްވުރެ ބޮޑެތި ”ވަގުންނާއި“ ޙުކުމް ދީފައިވާ ބޮޑެތި ކުށްވެރީން ގޭގައި އަރާމުކުރަން ތިބޭއިރު ޔާމީނު އެހުންނެވީ ހުރަގޭގައެވެ. މިއޮށްފަދަ ރޯދަމަހުވެސް ގެއަށް ބަދަލުކޮށްލަ ދީފައެއް ވެސް ނެތެވެ.

ކަންމިހެން އޮތްއިރު ލޮޮލުން ފެނި ކަންވަމުންދާ ގޮތް އެނގިތިބޭ ޙާލުގައި ރައީސް ޔާމީންގެ ކެންޑިޑެންސީ އިލެކްޝަނުން ގަބޫލުނުކޮށްފާނެ ޙާލަތެއް މެދުވެރިވެދާނެ ކަމަށްދެކެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންގެ ތެރެއިން އެމީހަކަށް އެންމެ ރަނގަޅުކަމަށް ފެންނަ ބޭފުޅަކަށް ސަޕޯޓް ކުރަންވިސްނުމަކީ ޕާޓީއަށާއި ރައިސް ޔާމީނަށް ލަނޑެއްދޭން ރާވާ ރޭވުމެއް ކަމަށް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުބެލެވެއެވެ. ޑިމޮކްރެޓިކް ވެއްޓެއް ޕީޕީއެމްގައިވެސް އުފެއްދޭން ޖެހޭނެކަމަށް ބުނާ މެމްބަރުން މަދެއްނޫނެވެ.

ކުރިން މިދެންނެވުނު ގޮތަށް ބަޔަކު ވިސްނާއި ޚިޔާލު ބަދަލު ކުރުމަކީ ރިޔާސީ އިންތިޚާބު ޕާޓީގެ ކޯލިޝަންއަށްކާމިޔާބު ކުރުމަށް އެޅޭ ހުރަހަކަށް ވެދާނެހެއްޔެވެ.

ރައިސް ޔާމީނަށް ކުރިމަތި ނުލެއްވޭ ޙާލަތެއްގައި ދެން ރައީސް ޔާމީނާއި ޕާޓީއަށް ރަނގަޅުވާނެ ގޮތެއް ޕާޓީގެ މެމްބަރު ވިސްނައި އެވާހަކަ އޭނާގެ ފްރެންޑް ގުރޫޕް ތެރޭގައިދެއްކުމަކީ ޕާޓީއާއި ރިޔާސީ ޓިކެޓް ޔާމީނުގެ އަތްޕުޅުން ދަމައިގަތުމަށް ކުރަން ފެށްޓެވި މަސައްކަތެކޭ ބުނެވޭނެ ހަމައެއް އުސޫލެއް ނެތެވެ.

އެއްޗެއް އޮތްކަމަށް ވަންޏާއި އެއީ ދެވަނަ ދެ އެއްޗެއް ނޫނެވެ. ފިތުނައެވެ. ޝައްކާއި ވަހުމް އެއީ ފިތުނައިގެ ފެށުމެވެ. އެފަދަ ކަމަކަށް ޕާޓީގެ އެތެރެއިން ޖާގަދީ ލީޑަރޝިޕްގެ ބޭފުޅުންނަށް ޝައްކު ޖެއްސުމަކީ ބަލިކަށި އަމަލެވެ. 

މިދިޔަ ހަފުތާގެ ޚަބަރުތަކުން ފެނިފައިވަނީ އާދަމް ޝަރީފޭ، ފިކުރެއްގެ ދިރުމޭ, ޑރ.މުއިއްޒޭ, ކައުންސިލަރެކޭ, ޣައްސާންވިއްޔާ އެއީ މައުމޫނޭ, ސަޢީދު ވިއްޔާ މެޑަމްގެ ރުހުމޭ މިފަދަ ބޭކާރު ވާހަކަތަކެވެ.

ހަދާންކުރަން ޖެހެނީ 2018 ގައި ޕާޓީގައި ކަތުރުފަނި އެޅުވި ގޮތާއި އެކަމުގައި ގިނަ ބޭފުޅުންގެ އަމަލުތައް ހުރިގޮތެވެ. އޭރު އެންމެ އަރިސްކަމަށް ދެއްކިގެން، އެންމެ ވަރުގަދަޔަށް ޔާމީނުވެގެން އުޅުން މީހުން ވެސް އެތިބީ އެހެން ޕާޓީއެއްގެ ކުރީސަފުގައެވެ. އަދި ކޮންމެފަދަ ބަޔަކާ ގުޅިގެން ވެސްރައިސް ޔާމީނާއި ޕީޕީއެމް ބަލިކުރުމަށް ހުވާކޮށްގެނެވެ .

އެމީހުނަށް މިއަދު ދައުލަތުން ބޮޑެތި ވައްކަން ކޮށްފައި ތިބި މީހުންނަކީ ސިޔާސީ ޔާރުންނެވެ. އެ މީހުނަށް ފިރިހެންކުޅި ގުރޫޕްތަކާއި ދީނަށް ފުރައްސާރަކުރާ މީހުނާއި އަދި ޑްރަގްގެ އަހުލުވެރީނަކީ ވެސް ޕާޓުނަރުންނެވެ. އެމީހުން އެތިބީ އެއްވެސް އަސާސެއް ތެދުވެރިކަމެއްނެތް ފިކުރެއްގައި ޣަރަގުވެގެންނެވެ. ނަމަވެސް އިއްޔެ އެމީހުންނަކީ ޔާމީނޭ ޔާމީނޭ ކިޔާ އުޑުން ތަރިބާލާނެކަމަށް ބުނެ އަދި ޔާމީން ދެކެ ލޯބިން ރޮއިހެދި މީހުންތަކެވެ. 

މިއަދުގެ ބޭނުމަކީ ރައީސް ޔާމީން ހުރަގޭގައި ބާއްވައިގެން އެންމެން ގޭންގްއަޕްވެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމެވެ. އިންތިޚާބު ކާމިޔާބުކުރެވުމުން ސަރުކާރުގައި އެއްކަލަ ގުރޫޕްގެ އެންމެނަށް ޝާމިލުވެވުނީއެވެ. ސަރުކާރުގައި ބައިވެރިވެވުމުން ދައުލަތް އަތުޖެހުނީއެވެ. ދެން އެމީހަކަށް ބައިއެޅޭނެހައި ގޮތެއް ބަލައި ދައުލަތް ލޫޓުވަންވީއެވެ. އެއްވެސް ސަރުކާރަކުން ދިވެހި ދައުލަތުން (ޔަޢުނީރައްޔިތުން އަތުން) ކުރާ ވައްކަންތައް ނުބަލާނެކަން އެމީހުނަށް ތަޖުރިބާއިން ކަށަވަރުވެއެވެ.

ދެންނެވޭނީ ރައިސް ޔާމީނަށް ކުރިމަތިނުލެއްވޭ ޙާލަތެއްއަތުވެދާނެ ކަމަށް ބަލައި ޔާމީނުގެ ބަދަލުގައި ޕީޕީއެމް ކޯލިޝަނުން ކުރިމަތިލާނެ މީހެއް ދެއްކެވުން ލަސްވަމުންދާ ދިއުމަކީ ޕާޓީއަށް އަދި ގައުމަށްވެސް އޮތް އެންމެ ރަނގަޅުގޮތެއް ނޫނެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެކަކުވެސް އަމިއްލަ އެދުމާއިހެދި ރުޅިގަދަވާން ހަދާނެކަމެއް ނެތެވެ. 

ޕާޓީގެ ތެރެއިން އެންމެފަހު ވަގުތު ޕްރައިމަރީއަކަށް ގޮސް އިތުރު ފިތުނަޔާއި ޕާޓީގެ ބޭރުން ފައިސާ އޮއްސައިގެން މަދުބައެއްގެ އިންޓްރަސްޓަށް ޖާގަދެވިގެން ނުވާނެއެވެ. ރައްޔިތުންވަނީ ވަރަށް ބިކަ ހާލުގައި ޖެހިފައެވެ. ދައުލަތް ވަނީ އިންޑިއާއަށް ކޮންޕްރޮމައިޒް ކޮށްފައެވެ. ހޯޕަކީ ރައިސްޔާމީނާއި ޕީޕީއެމްކަން ގިނަބަޔަކު ގަބޫލުކުރެއެވެ.

Loading

4 Responses

  1. ޔާމީނު އަކީ ޕީޕީ އެމްއެއް ނޫން ޔާމީނު އުޅެނީ ޕީޕީ އެމް ފޭރިގަނެގެން ﷲ އިރާދަފުޅުން ދުވަހަކުވެސް ބޮޑާ ކިބުރުވެރި ޔާމީނު ވެރިކަމަށް ނާންނާނެ އިންޝާﷲ

  2. Yaameen verikamuha anni ahves jehsee ehaalu mdp ahves jehunee dhevana visnumalah dhaan kusheh kureema hurihaa enmenves gaanoonuga ehvaru vaanee habaru kiyaafa heeevanee alifeh hen ehen kuhverinves roadhamahu jalugathulibee yaameen geyah badhalu kurihyaa emmenves khladheyn jeheynnu

  3. ޔާމީނު ވަގެކެ ވަގެކޭ ގޮވާފަ ވެރިކަމަށް އައި އެމްޑީޕީގެ ޙާލާއިމެދު ކަންބޮޑުނުވާ ދިވެހިން ވަރަށް މަދުވެއްޖެއެވެ. އެމްޑީޕީ އަކީ ވައްކަމާއި ފަސާދައިގެ އަހުލުވެރިންކަމަށްވެ ނިމިއްޖެއެވެ. ކޮންމެ މީހަކަށް ނުވަތަ ބަޔަކަށް ދަޅަދައްކައިގެންވެސް ބޭނުންވަނީ ވެރިކަމަށް އައުމެވެ. އައުމާއިއެކު މެނިފެސްޓޯ ފޫދަށަށް ޖަހައިގެން ހިތައް އެރިހާ ގޮތަކަށް ވެރިކަން ކުރަނީކަން އެނގެއެވެ. އަދި ވައްކަމާއި ޚިޔާނާތަކީ އެމްޑީޕީ ވަރަށް ރުހޭ ފަހި އެއްޗެއްކަން ދައްކުވައިފިއެވެ. ނަޝީދު ސޭޓައި އެކީ އިބޫ ސަންސިޔާމާއި ޖާބިރު އާއި އެކު. ވާވާ. ސަޅި!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް