ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ސްޓޭންޑް ސަރުކާރުން ބަދަލުކުރެއްވީ 500 މިލިއަން ޑޮލަރުގެ ޑީލެއް ހައްދަވައިގެން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ތުހުމަތު ކުރައްވައިފިއެވެ.
ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި މިދިޔަ އޮކްޓޫބަރުމަހުގެ 20 ވަނަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ވިދާޅުވި ގޮތުގައި މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖެއިން ގަބޫލުކޮށް, އެ އަހަރުގެ އޮގަސްޓު 22 ގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލަފުޅަށް ނުނިންމެވޭނެ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާއިރު, ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބޮންޑާ ވަނީ ރައީސް ފޮނުއްވި ސިޓީ ހާމަކުރެއްވުމަށް ގޮވައިލައްވައިފައެވެ. އެއާއެކު ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވިއެވެ.
ބޮންޑާ ވިދާޅުވީ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ފަނަރަވަނަ އަތޮޅު ކަމަށާއި އެ ތަން ވިއްކައިލީ ފަސް ސަތޭކަ މިލިއަން ޑޮލަރުގެ ޑީލެއް ހައްދަވައިގެން ކަމަށެވެ. އަދި އެކަން ތަހުގީގު ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“ރައްޔިތުންގެ މަޖިލީހަށް ސިއްރުން ވަގަށް ސިޓީދީގެން ތިބި ބައެއްގެ ވާހަކަ މި ދައްކަނީ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި 2010 ވަނަ އަހަރު ރައީސް ނަޝީދު ފާސްކޮށްފައި އ.ދ އަށް ހުށަހަޅާފައި އޮތް ލިޔެކިޔުންތަކެއް ބާތިލުކޮށް, ސިއްރުން, ރައްޔިތުންނަށް ސިއްރުން ސިޓީ ފޮނުވައިގެން. ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްއަށް ފޮނުވާފައި އޮތް ސިޓީ އަނބުރާ ގެންނަންޖެހޭނެ ނޫންތޯ؟
“މި ފަހަރު ރިޔާސީ އިންތިޚާބުގައި ރައީސް އިބޫ ޞާލިޙަކަށް ވޯޓެއްނުދޭނެ ފޯޅަވަހީގެ ސިޓީ، ސިއްރު ސިޓީ؛ ޢަބްދު الله ޝާހިދުގެ ޑީލް، ފަސް ސަތޭކަ މިލިއަން ޑޮލަރުގެ މައްސަލަ ރައްޔިތުންނަށް ހާމަނުކޮށްދެނީސް.“ ބޮންޑާ އިތުރަށް ވިދާޅުވިއެވެ.
ބޮންޑާ ވިދާޅުވި ގޮތުން މި ސަރުކާރު ހިންގަމުން އަންނަނީ ގޯދީ ރާޖާ ސަރުކާރު ހިންގި ގޮތަށެވެ.
“ޤާސިމް އިބްރާހީމް ބުނަނީ ތިމަންނަ ފޯޅަވަހީގެ މައްސަލަ އަނބުރާ ގެންނާނަމޭ. އެ ސިޓީ ގެންނާނަމޭ. ރައްޔިތުން ތިބީ ވޯޓުދޭން ފޯޅަވަހި ސިޓީ އަނބުރާ ގެންނަ މީހަކަށް, ގެންނަ ފަރާތަކަށް.“ ބޮންޑާ ވިދާޅުވިއެވެ.
މި މައްސަލައިގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ މިހާރު ވެސް ދަމަހައްޓަމުން ދަނީ މިކަމުގައި އެންމެ ކުރިން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުންއައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި މި މައްސަލައިގައި ވެސް އަދި ޚާރިޖީ ދާއިރާއާގުޅޭ އެހެން ކަމެއްގައި ވެސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައެއް ނޯންނާނެ ކަމަށާއި ދެން ވެސް މި ސަރުކާރުން އެފަދަ ގެއްލުމަކަށް ޖާގައެއް ނުދޭނެ ކަމަށެވެ.
މި މައްސަލައިގައި ޝާހިދު ވިދާޅުވަނީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްކަމަށް ބުނެ 2017 ގައި މޮރިޝަސްއިން އދ. އަށް ގާރާރެއް ހުށަހެޅި ކަމަށާއި ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ގާރާރުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ގަރާރަށް އޭރު ރާއްޖެއިން ވޯޓުދިނީ ދެކޮޅަށް ކަމަށާއި ނަމަވެސް އެ މައްސަލަ ރާއްޖެއާ ދެކޮޅަށް ފާސްވި ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެއެވެ. އެ ގޮތުން އެ މައްސަލަ އިސްތިއުނާފު ކުރަން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އޭރުގެ ސަރުކާރު އޮތީ ހަނުކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި ޗާގޯސް މައްސަލައިގައި ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުގައި އިޚްލާސްތެރިކަމެއް އޮތް ނަމަ އޭރު އިންޓަނޭޝަނަލް ކޯޓަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އޭރު އެ ކަން ނުކުރެއްވުމުން ރާއްޖެއަށް ފުރުސަތު ގެއްލުނީ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ މި މަހުގެ 28 ވަނަ ދުވަހު ނިންމަން ވަނީ ހަމަޖައްސާފައެވެ.
4 Responses
Selling and they will sell their whife and kids
އަޅުގަނޑުގެ އިލްތިމާސަކީ އަދި އާދޭހަކީވެސް އެންމެ ފުރަތަމަ ރައްޔިތުން ގައުމަށް އިޚްލާސްތެރިވުން. އާދަނު ގޯތީ އިބްރާހިމް ކުރިމަތިލީމާ މަޖިލީހުގެ މެމްބަރުކަން. ހަސަނުގޯތީ އައިސަ ކުރިމަތިލީމާ ކައުންސިލަރކަން. ވޯޓު ހޯދަން ކޮންމެ މީހަކު އަޔަސް ފައިސާ ހުރެއްޖެއްޔާ ކުރުނީސްކުރުން. މިކަންތައްހުޓުވާފައި ދެން ސިޔާސީ މީހުންގެ ފަސްބައިގާހުރި ކިލާތަކުގެ ވާހަކަ ދައްކަމާ. ކުރިމަތީގައި މިއޮތީ ރައްޔިތުންގެ ފުރުސަތު. ހެޔޮގޮތުގައި ބޭނުންކުރަމާ.
ރައްޔަތުން ވޯޓް ވިއްކާފަ ކޮންމެ މީހަކު ދިވެހި ދައުލަތް ހިންގަން އިސްކުރާހާ ހިނދަކު ރައްޔަތުންނަށް ސަލާމަތެއް ނުވެވޭނެއެވެ. ވީމާ ރައްޔަތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް އެފައިސާ ބަހާއިރު ނެގުން އޯކޭ އެވެ. ނަމަވެސް ނަގައިފާ ވޯޓް ވިއްކާނުލާ ވެރިކަމާއި ޙަވާލުވަން ވޯޓް ދެއްވަންވާނީ އެކަމަށް އެންމެ އެކަށީގެންވާ ތަޢުލީމީ ތަޖުރިބާކާރު މީހަކަށެވެ. އެނޫންގޮތަކަށް ގައުމު ހަމަ މަގަށް ނޭޅުވޭނެއެވެ. ރައްޔަތުމީހާއަށް ފައިސާފޮއްޗެއްދިނީމާ ވޯޓްވިއްކާލުމަކީ ރާއްޖެވިއްކާލިޔަސް ހެޔޮކަމަށް ވިއްކާލާ ވޯޓެއްކަން ޝައްކެއްނެތެވެ. ފުރަތަމަ ނަފުސު އިސްލާޙުކުރަމާ ބަހީއެވެ.!
މ…. ނ. ونتو ن