މިދިޔަ ހަފްތާގެ ވީކްއެންޑްގައި އެންމެ ފަލަ އެއްސުރުޚީއަކަށް ބައިނަލް އަގްވާމީ މީޑިއާއިން ފެނިގެންދިޔައީ އިނގިރޭސިވިލާތުގެ ޑެއިލީ ޓެލެގްރާފުގެ އެސޯޝިއޭޓެޑް އެޑިޓަރ ކަމިލާ ޓޮމިނޭ ލިއުއްވާފައި ލިއުއްވުމެކެވެ. ލިއުއްވުމުގެ ސުރުޚީގެ ދިވެހި ތަރިޖަމާއެއް އަޅުގަނޑުގެ ފެންވަރުގައި އެއޮތީ ބުނެފައެވެ.
ކަމިލާގެ ލިއުއްވުން ވަރަށް ޚުލާސާ ގޮތެއްގައި އަމާޒު ކުރައްވާފައިވަނީ ދުނިޔޭގެ މަސްރަހުގައި މީގެކުރިން އެމެރިކާ އަދާކުރަމުން ގެންދިޔަ ބާރުގަދަ މަގާމާއި އެހެންނަމަވެސް މިހާރު ފެންނަމުންދާ މަންޒަރު ތަކުގެ މައްޗަށެވެ.
އެކަމަނާގެ ލިއުއްވުން ފައްޓަވަމުން ވިދާޅުވެފައި ވެއެވެ. ވައިޓްހައުސްގެ އަލިގަދަ ދަންމަރުތަކުގެ އަލި ފަނޑުވަމުން ދިއުމާއެކު އެމެރިކާގެ ކޮމާންޑަރ އިންޗީފަކީވެސް ބައިނަލް އަގްވާމީ މައިދާނުގައި ޖޯކަރަކަށް ވެއްޖެކަމެވެ. ދުނިގޭގެ އެއްވެސް ގައުމަކުން އެމެރިކާއާ މެދު ފަރުވާލެއް ނުބަހައްޓާ މިހާލަތުގައި ރައީސް ޖޯ ބައިޑްން އިނގިރޭސި ވިލާތާމެދު ނުރުހުން ފާޅުކުރުމަކީ އިނގިރޭސި ވިލާތުންވެސް މާބޮޑުކަމަކަށް ހަދަންޖެހޭ ކަމެއް ނޫނެވެ.
އޭނާގެ އަމިއްލަ ބޭނުންތަކަށް އަޔަރލޭންޑުގައި ފާއިތުވެގެންދިޔަ ހަތަރުދުވަހު އެއްވެސް މާނައެއްނެތް އަގަތެޅުމާއި ކިއޭ ނުކިޔޭ އެއްޗެއް ނޭންގި އާގަތުމުގައި ހޭދަކުރި ވަގުތުތަކުގައި އޭނާގެ ނާގާބިލު ކަމުގެ ޖާއިޒު ފައިދާ ނަގަމުން ދުނިޔޭގެ ކަންތައްތައް އެހެން ލެވެލަކަށް ކުރިއަރުވަން ގައުމުތަކުން ކުރަމުން ގެންދިޔަ މަސައްކަތްތަކުން އެކަނިވެސް އޭނާއަކީ މިހާރުޖ ބޭނުންމީހެއް ނޫންކަން ހާމަވެގެން ހިނގައްޖެއެވެ.
ސައޫދީ އެރޭބިޔާއާއި އީރާނުން އެއްބަސްވުންތައް ގާއިމު ކުރަމުން ގެންދާއިރު ފަރަންސޭސި ރައީސް މެކްރޯން އެގެންދަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން ފަހަތުން ދުވަމުންނެވެ. އަދި މިދިޔަ ހުކުރުދުވަހު ބްރެޒިލްގެ ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާއާއިއެކު މަސައްކަތް ކުރަމުން އެގެންދަނީ އެމެރިކާ ޑޮލަރު އެއްފަރާތް ކުރުމަށްފަހު އެ ދެގައުމުގެ ފައިސާއިން ބައިނަލް އަގްވާމީ ވިޔަފާރި ތައްވެސް ކުރުމަށެވެ. ނަތީޖާއަކަށް ވެގެންދާނީ ބައިނަލް އަގްވާމީ ވިޔަފާރީގައި ޗައިނާގެ މަގާމު އިތުރަށް ހަރުދަނާ ވެގެން ދިއުމެވެ. މިހާރުވެސް އެފްރިކާގެ ގިނަ ގައުމުތަކަކީ ޗައިނާގެ ރާޒުވާކުޅިބައިގާ މަނާތަކެކެވެ.
ދާދިފަހުން ތައިވާނުގެ ރައީސް ސެންޓްރަލް އެމެރިކާއަށް ކުރެއްވި 10 ދުވަހުގެ ދަތުރުފުޅާ ގުޅިގެން ޗައިނާގެ މިލިޓްރީން އޮތީ ތައިވާން ވަށާލާފައެވެ. މިކަންތައް ހިނގަމުން ދާއިރު އެންމެފަހުގެ ޚަބަރުތަކުން އެނގެމުންދަނީ ރަޝިޔާ އާއި އެމިރެޓްސްގެ ގުޅުންތައްވެސް އާ އުސްމިންތަކަކަށް ހިނގައްޖެ ކަމެވެ.
މެދުއިރުމަތީގެ ގިނަ ގައުމުތަކަކީ ރައީސް ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާއާއި ހުޅަނގުގެ ބައިވެރިންނެވެ. މިހާރު ރައީސަކަށްހުރި މޮޔަ ކަލޭގެއަށް ދެވަނަ ދައުރެއް ނުލިބިއްޖެނަމަ ގަލްފުގެ ގައުމުތަކާއެކު ކުރިން އޮތް އެކުވެރިކަން އަނބުރާ ލިބިދާނެކަމަށް އުންމީދު ކުރެވެއެވެ. އޭނާގެ ރިޕޯޓްގައި ބުނެފާވެއެވެ.
ރައީސް ބައިޑްން އިނގިރޭސި ވިލާތާ ދޭތެރޭ ދެކޭގޮތާމެދު ދުނިޔެއިން ވިސްނާ ފިކުރު ކުރުމުގެ ބޭނުމެއް ނެތެވެ. އޭނާގެ އުފަން ބިން އަޔަރލޭންޑުގެ ރައްޔިތުންގެ ކުރިމަތީގައިވެސް އޭނާއަކީ މާބޮޑު އަގެއް އޮތް މީހެއް ނޫނެވެ. މިފަހަރުވެސް އަޔަރލޭންޑުގެ ހަފްލާއެއްގައި ވާހަކަ ދައްކަމުން ކިޔޭ ނުކިޔޭ އެއްޗެއް ނޭންގިހުރެ ބުނެފައިވަނީ “ އަހަރެންނަކީ އައިރިޝް މީހެކެވެ. އެކަމަކު އަހަރެންނަކީ މޮޔައެއް ނޫނެވެ.“
ރައީސް ބައިޑްން ދެވަނަ ދައުރަކަށް ރައީސްކަމަށް ކުރިމަތިލާން އެމެރިކާގެ ރައްޔިތުންގެ ތެރެއިން %70 ރައްޔިތުން ބޭނުމެއްނުވެއެވެ. އެކަމަކު ދެވަނަދައުރަކަށް ކުރިމަތިލާނެ ކަމުގެ ގަދަބަސް އެން ބީ ސީ ގައި އިހަށްދުވަހުވެސް ބައިޑަން ވަނީ ބުނެފައެވެ. މިހާރު މަޑުކުރަމުން ގެންދަނީ ޕާޓީގެ ތެރެއިން ރަސްމީކޮށް ޢިއުލާން ކުރާނެ ދުވަހަކަށެވެ.
3 Responses
މިދުނިޔޭމަތީގައި އެއްވެސް ވެރިކަމަކީ ދާއިމީ ކަމަކަށް ނުވާނެއެވެ. އަރިއަޅާލީމާ ދެން ވެއްޓޭކަށް ލަހެއް ނުވާނެއެވެ. ރައީސްކަމަށް ދެވަނަ ދައުރަކަށް ބައިޑްން ނުހޮވޭނެޔޭ ބުނާކަށް ނުކެރޭނެއެވެ. ކޮންމެވެސް ބަޔަކަށް ރަނގަޅުކަންތައްތަކެއްވެސް އޭނާ ކޮށްދިފާ އޮވެދާނެއެވެ. އިނގިރޭސި ވިލާތާ ބެހޭ ގޮތުން އޭނާ ކުޑައިމީސްބަހެއް ބުނީމާ އިނގިރޭސީ ރުޅިއަންނާނެއެވެ. އިނގިރޭސީން އިސްތިއުމާރު ކޮށްގެން ގެންގުޅުނު ގައުމުތަކުގެ މީހުން ލިޔަންވެއްޖެއްޔާ ވަރަށް ގިނަ އެއްޗެހި ލިޔެވިދާނެއެވެ.
Mithaa vess huree thikahala moya eh
Qaumu vanee alhuvethi kohfa
މިގައުމުގެ ވާހަކަ ދައްކަންވެއްޖިއްޔާ ކޮޅަކުން ނުލާނެ. އިހަށްދުވަހަކުވެސް ސަންދާނުގައި ނީވޭ އަޑުތަކެއްގެ ވާހަކަ ލިއެފާ އޮތް. އަދި އިވޭ އަޑުތައް ލިއަންވެއްޖެއްޔާ އެހެންކަމެއްކުރާނެ ވަގުތެއް ނުވާނެ.