ޒުވާން ފިރިހެންކުއްޖެއް ކައިރީގައި މަގޭ ދޫ ބޯލާށޭ ބުނުމަކީ ފާފައެއް ނޫންކަމަށް

Loading

Facebook
Twitter
WhatsApp

މީގެ ކުޑަދުވަސްކޮޅެއް ކުރިން ޓިބެޓުގެ ދީނީ ލީޑަރ ދަލާއިލާމާގެ ދޫ ބޯލަން ކުޑަފިރިހެން ކުއްޖަކު ކައިރީ ބުނުން ދިފާއުކޮށް ޓިބެޓް ސަރުކާރު އިން އެގްޒައިލްގެ ވެރިޔާ ޕެންޕާ ސެރިންގް މިދިޔަ ބުރާސްފަތި ދުވަހު ނިއުދިއްލީ  ގައި އޮތް އިޙްތިފާލެއްގައި ވާހަކަ ދައްކައިފިކަމަށް ޚަބަރުދީފިއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ބުދު ދީނުގެ އެންމެއިސް މޮންކް ފިރިހެން ކުއްޖަކަށް ދޮނެއްދީ އޭނާގެ ދޫ ބޯލަ ދިނުމަށް ބުނި ބުނުން މީޑިއާއިން ގެންދަނީ ނުބައިމާނައެއްގައި ތަރުޖަމާ ކުރަމުންނެވެ. އޭނާގެ ވާހަކާގައި އިތުރަށް ހާމަކޮށް ދީފައިވަނީ ހިޒް ހޮލިނަސް ( ދަލާއިލާމާ ) ގެ މުޅި އުމުރު ހޭދަކުރައްވަމުން ގެންދަވަނީ އިއްފަތްތެރިކަމާއި އެކުގައި މުގައްދަސް ދިރިއުޅުއްވުމެކެވެ. 

ސެރިންގެ ވާހަކައިގާ ދަލާއިލާމާގެ މުޅި ދިރިއުޅުއްވުމަކީ ދުނިޔަވީ ހުރިހާ އުފަލަކުން އެއްކިބާވެފައިވާ މާތް ދިރިއުޅުއްވުމެކެވެ. ޝަހްވާނީ އުފަލެއް އެބޭފުޅާއަކަށް އިޙްސާސެއްވެސް ނުކުރެވޭނެއެވެ. އެހެންނަމަވެސް މިއަދު މުޅި ބައިނަލް އަގްވާމީ މީޑިއާގައި އެބޭފުޅާއާ ދިމާލަށް ނުކިޔާ ހުތުރު އެއްޗެއްނެތެވެ. 

އެފަދަ ހަޑިހުތުރު ބަހުން މީޑިއާގައި އެބޭފުޅާއަށް މުޚާތަބް ކުރެވިގެން ދާއިރު އެބޭފުޅާއަށް އީމާންވާ އެތައް ބައެއްގެ އިޙްސާސް ތަކާއިމެދު އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ.                                    

މީޑިއާއަށް ލީކުވެފައިވާ ވީޑިއޯއިން ފެންނަނީ 87 އަހަރުގެ ދީނީ ލީޑަރ ދަލާއިލާމާގެ ނިތްކުރި ފިރިހެން ކުއްޖެއްގެ ނިތްކުރީގައި ޖައްސައިގެން އިނދެ ފިރިހެންކުއްޖާގެ ތުންފަތުގައި ދޮންދިނުމާއެކު އޭނާގެ ދަތްދޮޅީގައި ފިރުމަމުންގެންދާ މަންޒަރެވެ.އަދި ކުޑައިރުކޮޅެއް ފަހުން ދަލާއިލާމާގެ ދޫ ބޭރަށްނެރެ ދޫ ބޯލާ ދިނުމަށް އެކުއްޖާގެ ކިބައިން އެދެއެވެ.                                                           

ސެރިންގ ބުނާގޮތުގައި ދަލާއިލާމާއަކީ ބައެއްފަހަރު އެގޮތަށް ސަމާސާ ކުރައްވާބޭފުޅެކެވެ. މިފަހަރުގެ ހާދިސާގައި އެކުއްޖާގެ މައިން ބަފައިންގެ ކިބައިން ދަލާއިލާމާ މައާފަށް އެދިވަޑައިގެންފާ ވެއެވެ. ސީ އެން އެން އިން ބުނާ ގޮތުގައި ސެރިންގ ތުޙުމަތުކުރަނީ މިއީ ޗައިނާއިން ފަތުރައިގެން އުޅޭ ވީޑިއޯއެއް ކަމަށެވެ. އެހެންނަމަވެސް ޗައިނާއަށް އެކުރާ ރުޙުމަތަށް ބާރުއަޅާނެ އެއްވެސް ހެއްކެއް އޭނާ ދައްކާފައެއް ނުވެއެވެ.     

Loading

2 Responses

  1. މިހާރު ފާފަކުރާމީހުން އުޅޭތަ ؟ ދަލާއިލާމާ އެދުނީ އޭނާއަށް ކަމެއް ކޮށްދިނުމަށް. އެއީ އޭނާގެ މިނިވަންކަން. ކޮށްދިނުމާ ނުދިނުން އެއީ އެހެންކަމެއް. މިއީ ނޫންތަ މިހާރުގެ ފަލްސަފާއަކީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް