މާލީ ބައްދަލުވުމަކަށް ނަޝީދު އެމެރިކާގެ ވޮޝިންގޓަނަށް

Loading

Facebook
Twitter
WhatsApp

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމެރިކާގެ ވޮޝިންގޓަނަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބްލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބްލް 20 (ވީ 20) ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވިދާޅުވީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަލްނަރަބަލް 20 ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ ފޮރ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ H.E. Kenneth Ofori-Atta ވަނީ ޚާއްސަ ދައުވަތުގެ ސިޓީއެއް ނަޝީދަށް ފޮނުއްވާފައިވާ ކަމަށެވެ. އެ ގޮތުން ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) އިންނެވެ.

މި ބައްދަލުވުމުގެ މިފަހަރުގެ ޝިޢާރަކީ ”ފްރޮމް އަކްރާ ޓު މަރަކެޝް: އެޑްވޮކޭޓިންގ ފިޓް-ފޯރ- ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް ޑިވެލޮޕްމަންޓް-ޕޮޒިޓިވް ކްލައިމެޓް އެކްޝަން.“ އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އައިއެމްއެފްއާއި ވާރލްޑް ބޭންކް އަދި ސީވީއެފް ގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޖިލީހުން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް