އަދީބަކީ އުމުރަށް ޖަލުގައި ހުންނަންޖެހޭ މީހެއް: މުޢިއްޒު

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތުގެ މައި މުގޫކަމަށްވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަކީ އުމުރަށް ޖަލުގައި ހުންނަންޖެހޭ މީހެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު ކުރެއްވި ޓުވީޓެއްގައި މުޢިއްޒު ވިދާޅުވީ އަދީބަކީ ބޮޑު މުޖުރިމެއް ކަމަށާއި ދައުލަތަށް އެތައް ފައިސާއެއް ދައްކަން ޖެހިފައިވާ މީހެއް ކަމަށެވެ. 

“ބޮޑު މުޖުރިމެއް. އުމުރަށް ޖަލުގަ ހުންނަންޖެހޭ މީހެއް. ޚިޔާނާތްތެރިވި ފައިސާ ދައުލަތަށް ދައްކަންޖެހޭ މީހެއް.“

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ނަމަވެސް އަދީބު ހުންނަވަނީ ގޭގައެވެ.

އަދީބަކީ އުމުރަށް ޖަލުގައި ހުންނަންޖެހޭ މީހެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވިއިރު, އަދީބުގެ މައްޗަށް 800 އަހަރުގެ ހުކުމެއް ކުރެއްވޭ ވަރަށް ހެއްކާއި ގަރީނާ ހުރިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވެސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިހާރު އަންނަނީ ދައުރު ނިމުމުގެ ކުރިން އަދީބު ދޫކޮށްލުމަށް ވެސް މަޝްވަރާކުރަމުންނެވެ.

Loading

One Response

  1. ދެރައީ މުއިއްޒުކަހަލަ ރަނގަޅު ބޭފުޅުންވެސް މިގައުމު އިސްލާޙުކުރުމަށް ސީދާ ޙަރަކާތުގައި ބައިވެރި ނުވާތީ. އެހެންވެ ރާބޯ ގަންޖާބޯ ދެކުޅިކުޅޭ މީހުންނަށް ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާއިން ޖާގަ ހޯދެނީ. މިއީ އަޅުގަނޑު ދެކޭގޮތް. ހަމަ އެހެންމެ ދީނީ ޢިލްމްވެރީންވެސް އެފަދަ ބަދު އަޚުލާގި މީހުން ފަސްބައިގާ އެލިގެން ކޯލިޝަންތެރަށްވަދެ މަގާމެއް ހޯދުމުގައި އުޅެން ހަދައިގެން ޙައްގާއި ބާތިލުވެސް ބޮލާފޮށާ އެޅީއެވެ. ވަރަށްްގޯސް ހުރިހާކަމެއްވެސް. ޑޮލަރެއްވެސް 17.40 ރިފިޔާ. އެމީހުނަން ބޭނުންވަރަކަށް 15.42 ރުފިޔާ. ސަރުކާރުން ރައްޔަތުން މިވަނީ ވަރަށް ނިކަމެތިކޮށްފާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް