ެމިކަލް އެކުލެވޭ ވިލާތަކެއް ޖަރުމަނުގެ ހެމްބާރގުގެ ސިޓީ ސެންޓަރާ ދިމާލަށް އަންނަމުންދާތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ގެތަކުގެ ދޮރާއި ކުޑަދޮރުތައްވެސް ބަންދުކޮށްގެން ތިބުމަށާއި އެސަރަހައްދުން ދުރަށް ދިއުމަށް ފަޔަރބްރިގޭޑުން އިންޒާރު ދެމުން އެބަ ގެންދެއެވެ.
ލަފާކުރެވޭގޮތުގައި އެ ވިލާތައް އުފެދެން މެދުވެރިވެފައިވަނީ ރޯތެންބާރގްސޯރޓް އަވަށުގެ ގުދަނެއްގައި ރޯވުމުގެ ސަބަބުންނެވެ. މިހާތަނަށް އެ އަވަށުންވެސް 140 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިއްޖެއެވެ. އެ އަވަށުގެ ބްރޯޑްކާސްޓަރުން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ ޓްރަކްތައް ހުއްޓާފައިބާއްވާ ސަރަހައްދެއްގައި އިއްޔެ ފަތިހު 4.30 ހާއިރު ގައެވެ.
ފަޔަރބްރިގޭޑުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ސިޓީސެންޓަރުގެ އެއްވެސް ހިސާބެއްގައި މިހާރު ކަރަންޓެއްނެތެވެ. އަދި ދުމުގެ ވިލާތައް ވަރަށް ނުރައްކާތެރި ކަމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވީހާ އަވަހަކަށް ދެވުނު އެންމެ ދުރަކަށް ދިއުމަށް ފުލުހުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.
ގައުމީ ރެއިލްވޭ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިން ދޯޗޭ ބާނުން ހެމްބާގުން ބުޚަން އަށް ކުރާދަތުރުތައް އަލިފާނުގެ ސަބަބުން މިހާރު ވަނީ ހުއްޓާލާފައެވެ. އަދި ހެމްބާރގުން ބަރލިން އަށް ދަތުރުކުރާ ރޭލުތަކުގެ ރޫޓު ބަދަލުވާނެ ކަމަށާއި 90 މިނިޓަށް ދަތުރުތައް ލަސްވާނެ ކަމަށްވެސް އެކުންފުނިން ގެންދަނީ ދަތުރުވެރިންނަށް އަންގަމުންނެވެ.
ފުލުހުންނާއި ފަޔަރބްރިގޭޑް އަދި އިމަރޖެންސީ ޚިދުމަތްތައް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އެބަ ގެންދެއެވެ. އަދި މުޅި ހިސާބުގައި ވިލާތައް ދަނީ ފެތުރެމުންނެވެ.